Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގޮވާން ބޭރުކުރުން

ގޮވާން: ރަޝިއާއިން މުޅި ދުނިޔެއާ ދެކޮޅަށް ބެހެއްޓި އެންމެ ފަހުގެ "ހަތިޔާރު"؟

ގޮވާން ބޭރު ކުރުމަށް އެކުލަވާލި އެއްބަސްވުން އިޔާދަ ނުކުރުމަށް ރަޝިއާއިން ނިންމި ނިންމުމާ ގުޅިގެން އެމެރިކާއިން ވަނީ ފާޑުކިޔާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 ޖުލައި 2023 | ހުކުރު 12:14
ޔޫކްރެއިން ކަނޑުގެ ސަރަހައްދުގައި ގޮވާން ބަލާ އައިސްތިބި ބޯޓްތައް

ޔޫކްރެއިން ކަނޑުގެ ސަރަހައްދުގައި ގޮވާން ބަލާ އައިސްތިބި ބޯޓްތައް

ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ނޭދެވޭ އަސަރެއް އެންމެ ބޮޑަށް ފޯރި އެއް ދާއިރާއަކީ އަސާސީ ކާބޯތަކެތީގެ ދާއިރާއެވެ. ޔޫކްރައިންއަކީ ބައިނަލްއަޤުވާމީ ބާޒާރަށް ގޮވާމުގެ ސަޕްލައިގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ އެއް ޤައުމަށް ވާ އިރު، ޔޫކްރައިންއަށް ރަޝިއާއިން ކުރިމަތި ކުރަމުންދާ އެކި ކަހަލަ ފިއްތުންތަކާއެކު ދުނިޔޭގެ ގޮވާމުގެ ބާޒާރަށްވެސް ވަރުގަދަ ލޮޅުންތަކެއް އެރިއެވެ. މިއީވެސް އެފަދަ ޙައްސާސީ ދަނޑިވަޅެކެވެ.

ހަނގުރާމައިގެ ތެރޭގައި ޔޫކްރައިން މަގުން ބައިނަލްއަޤުވާމީ ބާޒާރަށް ގޮވާން އެކްސްޕޯޓް ކުރުމަށް މީގެ އަހަރެއް ކުރިން އެކުލަވާލި އެއްބަސްވުމުގެ މުހުލަތު ހަމަވި ނަމަވެސް، އެ އެއްބަސްވުން އިޔާދަ ނުކުރާނެ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ. ރަޝިއާ ސަރުކާރުގެ ނިންމުމާއެކު މުޅި ދުނިޔެ ނުތަނަވަސް ކަމެއްގެ ތެރެއަށް ވައްޓާލިއެވެ. ވަކިން ޚާއްޞަކޮށް، ފަޤީރު ޤައުމުތަކަށް އޮތް ނުތަނަވަސްކަން ވަކިން ބޮޑެވެ.

ސީދާ ހަނގުރާމަ ކުރަނީ ރަޝިއާއާއި ޔޫކްރައިންގެ އަސްކަރީ ބާރުތަކާ ދެމެދުގައި ކަމަށް ވީ ނަމަވެސް، ހަނގުރާމައިގެ ކަންކަމުގައި އެންމެ ގަދައަށް ވާހަކަ ދައްކާ ޤައުމަކީ އެމެރިކާ ކަމާ މެދު ދެބަސްވާނެ މީހަކު މަދު ވާނެއެވެ. ބްލެކް ސީ ސަރަޙައްދުން ގޮވާން ބޭރު ކުރުމަށް އެކުލަވާލި އެއްބަސްވުން އިޔާދަ ނުކުރުމަށް ރަޝިއާއިން ނިންމި ނިންމުމާ ގުޅިގެން އެމެރިކާއިން ވަނީ އެކަމަށްވެސް ފާޑުކިޔާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕަރޓްމަންޓް ނުވަތަ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، މެޓް މިލަރ ވިދާޅުވާ ގޮތުގައި، ރަޝިއާއިން ދަނީ، ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ކާބޯތަކެތި ބޭނުން ކުރަމުންނެވެ. ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުން ދަތުރު ކުރަމުން ދާ ކަނޑު ބޯޓުފަހަރަށް ރަޝިއާއިން އެކި ކަހަލަ އިންޒާރުތައް ދެމުންދާތާ ވިދިވިދިގެން 2 ދުވަސް ވެފައި ވާ ކަމަށްވެސް މިލަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ބްލެކް ސީ ހުރަސްކޮށް ޔޫކްރައިނުން ބޭރު ކުރާ ގޮވާން ބަރުކޮށްގެން ދަތުރު ކުރަމުންދާ ކަނޑު ބޯޓުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށް ނުދެވޭނެ ކަމަށް، ރަޝިއާއިން ވަނީ ބުނެފައެވެ. އޭގެ މާނަ، އެންމެނަށްވެސް ސާފުކޮށް އެނގޭނެ ކަމަށް މިލަރ ވަނީ ވިދާޅުވެފައެވެ. މކަން މިހެން އޮތް އިރު، މިއަދު ފެނިގެންދަނީ ރަޝިއާގެ އިންޒާރުތައް ދެގުނަ ވަރުގަދަ ކުރާ މަންޒަރު ކަމަށްވެސް މިލަރ ވަނީ ވިދާޅުވެފައެވެ. ރަޝިއާއިން ދަނީ ޔޫކްރައިނުން ގޮވާން ބޭރު ކުރާ މައި ބަނދަރު ހިމެނޭ އޮޑެއްސާއަށް އަމާޒުކޮށް، ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ކަން މިހެން އޮތް އިރު، ގޮވާން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމުގެ މައްސަލާގައި ހުޅަނގުގެ ޤައުމުތަކުން ޙަޤީޤަތް އޮޅުވާލަމުން ދާ ކަމަށާ، އެކަން ކުރަނީ ހުޅަނގުގެ ޤައުމުތަކުގެ ޒާތީ ފައިދާއަށް ކަމަށް ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން ވަނީ ތުހުމަތު ކުރައްވާފައެވެ. ރަޝިއާއިން ކަނޑައަޅާފައި ވާ ހުރިހާ ޝަރުތެއް ފުރިހަމަ ކުރާ ހިސާބުން، އެ ވަޤުތުން ވަޤުތަށް އެއްބަސްވުން އިޔާދަ ކުރާނެ ކަމަށްވެސް ޕޫޓިން ވަނީ އިޝާރާތް ކުރައްވާފައެވެ.

ޖުލައި 17 ވަނަ ދުވަހު ރަޝިއާ ސަރުކާރުން ވަނީ އަސްވަދު ކަނޑު ނުވަތަ ބްލެކް ސީ ސަރަޙައްދު ހުރަސްކޮށް ޔޫކްރައިނުން ގޮވާން އެކްސްޕޯޓް ކުރުމަށް އެކުލަވާލި އެއްބަސްވުމުން އެ ޤައުމު ވަކިވާން ނިންމާފައި ވާ އިޢުލާން ކޮށްފައެވެ. ސަބަބެއް ކަމުގައި ބަޔާން ކުރީ، ރަޝިއާގައި ހައްދާ ގޮވާމާއި އެ ޤައުމުގައި އުފައްދާ ގަސްކާނާގެ އެކްސްޕޯޓް ވިޔަފާރި ހެޔޮ ފާލަކަށް އެޅުވުން ކަމަށެވެ. އެ އަމާޒަކީ އަދި ހާސިލު ނުވެ އޮތް އަމާޒެއް ކަމަށެވެ. ފަޤީރު ޤައުމުތަކާ ހިސާބަށް، އެކަށީގެންވާ މިންވަރެއްގެ ގޮވާމުގެ ސަޕްލައި ދަތުރު ކޮށްފައި ނުވާ ކަމުގެ ޝަކުވާއަކީވެސް ރަޝިއާއިން ކުރާ ޝަކުވާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު