Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ފުރަތަމަ ފިޔަވަހި ސެޕްޓެމްބަރަށް ނިންމާލެވޭނެ: އާޒިމް

21 ޖުލައި 2023 | ހުކުރު 11:30

އިންޑަސްޓްރިއަލް ޒޯނަކީ ރައްޔިތުންނަށް މުހިންމު މަޝްރޫއެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 ޖުލައި 2023 | ހުކުރު 11:30
ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތް ކުރިއަށްދަނީ

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތް ކުރިއަށްދަނީ

ގދ. ތިނަދޫގައި ހަދަމުން އަންނަ އިންޑަސްޓްރިއަލް ޒޯންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ހުވަދު އަތޮޅުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅުގައި ތިނަދޫއަށް ވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން، އެ ރަށުގައި ހަދާ އިންޑަސްޓްރިއަލް ޒޯނަކީ ރައްޔިތުންނަށް މުހިންމު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ކުރަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތިނަދޫ އިންޑަސްޓްރިއަލް ޒޯނުގެ މަސައްކަތް ކުރަމުންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަން ފާހަގަކޮށް އާޒިމް ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކަން ޖެހޭ ބިމުގެ ބޮޑުބައި ހިއްކައި، ރިވެޓްމަންޓު ޖެހުމަށްފަހު ޑޮމެސްޓިކް އަދި ކީވޯލްގެ ބޮޑުބައެއްގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އިންޓަނޭޝަނަލް ކީވޯލް ޖެހުމަށް ބޭނުންވާ ޝީޓްޕައިލް ތިނަދޫއަށް ގެނެސް މި މަހުގެ ތެރޭގައި އިންޓަރނޭޝަނަލް ޕޯޓުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އިންޑަސްޓްރިއަލް ޒޯން ބޮޑުކުރުމަށް ހިއްކަން ޖެހޭ ބައި ވެސް ވަރަށް އަވަހަށް ހިއްކައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީއާ މިފްކޯއިން ފަހުން ހަވާލުކުރި އިމާރާތްތަކުގެ މަސައްކަތް ވެސް އެ ކުންފުނިން ހަވާލުކޮށްފައިވާ ތާރީހަށް ނިންމުމަށް މަސައްކަތް ކުރާނެއެވެ.

ތިނަދޫ އިންޑަސްޓްރިއަލް ޒޯނާ ގުޅޭގޮތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނެއް ހަދަން ނިންމީ ހުޅަނގު މޫސުމުގައި އެ ރަށަށް އުދަ އަރައި ޖެޓީގައި ހުންނަ އޮޑިދޯނި ފަހަރަށް ބޮޑެތި ގެއްލުންވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށެވެ. މި މަޝްރޫއަކީ ތިނަދޫގެ އިގްތިސާދަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށަން ނިންމާފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ރަށުގެ ރައްޔިތުން ޕިކްނިކް އައިލެންޑެއް ބޭނުންވާ ކަމަށެވެ. އެ އައިލެންޑް ހެދުމުގެ މަސައްކަތް ކުރުމުގެ ކުރިން އީއައިއޭގެ މަސައްކަތް ކުރަން ޖެހޭއިރު އެކަމަށް ދެތިން މަސް ދުވަސް ނަގާނެ ކަމަށާއި އެ މަސައްކަތް އަވަސް ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް