Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ އަށް ރައީސް ވަޑައިގަތުން

ލީޑަރެއްގައި ގައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފަޔަކީ މުރާލިކަން، އެކަން ރައީސްގެ ކިބައިން ފެނިގެންދޭ: ޝާހިދު

ރައީސަކީ ހީވާގި، އަދި ކަންކަން ކުރެއްވުމުގައި އަޒުމު ވަރުގަދަ ބޭފުޅެއް ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޖުލައި 2023 | ބުރާސްފަތި 18:00
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ޝާހިދު ވާހަކަފުޅުދައްކަވަނީ

އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ޝާހިދު ވާހަކަފުޅުދައްކަވަނީ

ލީޑަރެއްގެ ގައިގައި ހުންނަން ބޭނުންވާ ސިފައަކީ މުރާލިކަން ކަމަށާއި، އެ ސިފަ ރައީސްގެ ކިބައިގައި އެބަހުރި ކަމަށް، ބޮޑުތިލަދުންމަތީ ކެމްޕޭން ކޯޑިނޭޓަރު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވަނީ، ރައީސަކީ ހީވާގި ބޭފުޅެއް ކަމަށާއި ކަންކަން ކުރެއްވުމުގައި އަޒުމު ވަރުގަދަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

ބޮޑުތިލަދުންމަތި މިއަދު ދެކެމުންދަނީ އައު ސޮފުހާއެއް ކަމަށާއި، ކޮންމެ ރަށެއްގައިވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ބޮޑުތިލަދުންމަތި، ބޮޑުތިލަދުންމަތީގެ ގޮތުގައި ދެއްކެވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ތައުރީފުކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހަކީ ހިބަރާއި ފެމުނަށް ނޫނެކޭ ބުނާ ދުވަސް ކަމަށެވެ. އަދި އެ ދުވަހު ނިކުމެ ވޯޓް އަޅާނީ އުފާވެރި އަމާން ރާއްޖެއަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވަނީ އެއްބުރުން ރައީސަށް މިފަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސަކީ ކަންތައްތައް ޕްލޭންކުރައްވައިގެން، ރާއްވަވައިގެން ހިންގަވަން ކެރިވަޑައިގަންނަވާ، ކަންތައްތަކުގެ ދުރާއި ގާތް ބައްލަވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2017

ރާއްޖެ، އދ. ގައި 52 އަހަރު: ޖަޒީރާ ގައުމެއްގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވޭ!

22 ސެޕްޓެމްބަރު 2017
ރާއްޖެ، އދ. ގައި 52  އަހަރު: ޖަޒީރާ ގައުމެއްގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވޭ!
18 އޯގަސްޓު 2017

ސައިކަލަކުން ބިދޭސީއެއްގެ ގައިގައި ޖެހި ފިހާރައިގެ ބިއްލޫރިގަނޑުގެ ތެރެއަށް!

18 އޯގަސްޓު 2017
ސައިކަލަކުން ބިދޭސީއެއްގެ ގައިގައި ޖެހި ފިހާރައިގެ ބިއްލޫރިގަނޑުގެ ތެރެއަށް!
21 ޖުލައި 2017

"ގާނޫނު އަސާސީ އުވިފައިވާ ކަމަށްތޯ ތިޔަ ބައްލަވަނީ؟" ރައީސް މައުމޫނުގެ މުހިންމު ސުވާލެއް!

21 ޖުލައި 2017
"ގާނޫނު އަސާސީ އުވިފައިވާ ކަމަށްތޯ ތިޔަ ބައްލަވަނީ؟" ރައީސް މައުމޫނުގެ މުހިންމު ސުވާލެއް!
18 ޖުލައި 2017

ޤާސިމް ހިތުގެ ސްކޭނެއް ހެދުން މުހިންމު : ޑޮކްޓަރުން

18 ޖުލައި 2017
ޤާސިމް ހިތުގެ ސްކޭނެއް ހެދުން މުހިންމު : ޑޮކްޓަރުން
30 ޖޫން 2017

އަދީބަށް ސިއްހީ ފަރުވާ ނުދިނުމަކީ އެންމެ މުހިންމު ހެކި މަރާލުން: ނަޝީދު

30 ޖޫން 2017
އަދީބަށް ސިއްހީ ފަރުވާ ނުދިނުމަކީ އެންމެ މުހިންމު ހެކި މަރާލުން: ނަޝީދު
28 އެޕްރީލު 2017

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް
06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު