Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ހއ އަށް ކުރައްވާ ދަތުރުފުޅު

ދިއްދޫ ބިން ހިއްކައި ނިމޭއިރު، އެއާޕޯޓަކާއި ޕިކްނިކް އައިލެންޑެއް އެޅިގެން ދާނެ - ރައީސް

ރައީސް ވިދާޅުވީ ރާއްޖެއަށް ބަދަލުތަކެއް ގެނައުމަށް ކުރި މަސައްކަތުގެ އެންމެ ކުރީގައި ދިއްދޫ މީހުން ހަރަކާތްތެރިވި ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޖުލައި 2023 | ބުރާސްފަތި 17:52
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ދިއްދޫ ބިން ހިއްކައި ނިމޭއިރު، އެއާޕޯޓަކާއި ޕިކްނިކް އައިލެންޑް އެޅިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ހއ. ދިއްދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވަނީ ދިއްދޫގައި އަޅާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ނިމެމުންދާކަމަށް ވިދާޅުވެފައެވެ. ދިއްދޫގައި ދެވަނަ ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އެ ރަށަށް ވަރަށް އަވަހަށް އާރްޓީއެލްގެ ޚިދުމަތް ތައާރަފްކޮށްދެއްވާނެ ކަމަށާއި، އަދި އެ ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ޕްލޭނެއް އެބައޮތްކަން ފާހަގަކުރައްވައި ރައީސް ވަނީ، އުންމީދު ކަނޑާނުލުމަށް އެދިވަޑައިގެންފައެވެ.

2018 ވަނަ އަހަރު ކެމްޕެއިން ދަތުރުތައް ކުރިއިރު ރަށްތަކުން އިވުނު ވާހަކަތައް ވަރަށް ރަނގަޅަށް ހަނދުމަފުޅު ހުރިކަމަށް ރައީސް ވިދާޅުވިއެވެ. ރަށްރަށުގައި ޒުވާނުން ކުޅެލާނެ ދަނޑެއް ނެތް ވާހަކައާއި، ލަފައި ފުރުން ދަތިވުމާއި، ބިމުގެ މައްސަލަތަކާއި، ސާފު ފެން ނެތް ވާހަކައާއި، ކަރަންޓު ނުލިބޭ ވާހަކައާއި، ގޭގެ ހުންނަ ސަރަހައްދުގައި އިންޖީނުގެތައް ހުރުމާއި، މަލްޓިޕަރޕަސް ހޯލްގެ ވާހަކަ ތަކުރާރުކޮށް އިވިވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއަދު ރިޔާސީ އިންތިޚާބެއްގެ ކެމްޕެއިންގައި ރަށްރަށް ވަޑައިގައިގަންނަވާއިރު، ފެނާއި ނަރުދަމާގެ ވާހަކައާއި ކަރަންޓުގެ ދަތިކަމުގެ ވާހަކަ އެއްވެސް ރަށަކުން އިވިވަޑައިނުގަންނަވާ ކަމަށާއި، އިންޖީނުގެތައް ބަދަލުކުރުމުގެ ވާހަކަވެސް އިވިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވަމުންދާ ވައުދުތައް ފުއްދާކަމަށާއި، އެފަދަ އަޑުތައް މިއަދު އިވިވަޑައިނުގަންނަވަނީ އެހެންވެގެން ކަމަށެވެ. އެގޮތުން ރާއްޖޭގެ 141 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދާކަމަށް ރައީސް ވިދާޅުވިއެވެ. 150 ރަށުގެ އިންޖީނުގެ ބަދަލުކޮށް، އާ އިންޖީނުގެތައް ބަހައްޓައި، ނެޓްވޯރކް އަޅަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ސްކޫލް ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލްގެ ވާހަކަ އިވެނީ މަދު ރަށަކުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން 1578 ކްލާސްރޫމާއި 85 މަލްޓިޕަރަސް ހޯލް އަޅައި ނިންމާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ދަރިންނަށް މަތީ ތައުލީމް ނުލިބުމުގެ ޝަކުވާވެސް މިހާރު އިވިވަޑައިނުގަންނަވާ ކަމަށާއި، 18000 ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބަދަލުތަކެއް ގެނައުމަށް ކުރި މަސައްކަތުގެ އެންމެ ކުރީގައި ދިއްދޫ މީހުން ހަރަކާތްތެރިވި ކަމަށެވެ. މިއަދުވެސް ދިއްދޫ ޒުވާނުންގެ ކިބައިން ފެންނަނީ އެ ރޫހުކަމަށް ވިދާޅުވިއެވެ. އެ ވިންދާއި މަންޒަރު ދިއްދޫއިން ފެންނަކަމަށާއި، އެކަމާ އުފާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ވާދަވެރި ސިޔާސީ ހަރަކާތްތަކަކީ އެމްޑީޕީން ވަކާލާތުކުރި ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު