Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ - ޔޫކްރެއިން ހަނގުރާމަ

ބްލެކް ސީން ދަތުރުކުރާ އާންމު ބޯޓުތަކަށް ރަޝިއާއިން ހަމަލާދިނުމުގެ ބިރު އެބައޮތް: އެމެރިކާ

ޖުލައި 18 އަދި 19 ވަނަ ދުވަހު ރަޝިއާއިން މިސައިލް އަދި ޑްރޯން ހަމަލާ ދީފައިވާކަން އޭނާ ފާހަގަކުރެއްވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 ޖުލައި 2023 | ބުރާސްފަތި 16:10
ބްލެކް ސީން ދަތުރުކުރާ އާންމުންގެ ބޯޓުތަކަށްވެސް ރަޝިއާއިން ހަމަލާދިނުމުގެ ބިރު އެބައޮތް ކަމަށް އެމެރިކާިއން ބުނެފި

ބްލެކް ސީން ދަތުރުކުރާ އާންމުންގެ ބޯޓުތަކަށްވެސް ރަޝިއާއިން ހަމަލާދިނުމުގެ ބިރު އެބައޮތް ކަމަށް އެމެރިކާިއން ބުނެފި

ބްލެކް ސީން ދަތުރުކުރާ އާންމުންގެ ބޯޓުތަކަށްވެސް ރަޝިއާއިން ހަމަލާދިނުމުގެ ބިރު އެބައޮތް ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ވައިޓް ހައުސްއިން މިހެން ބުނެފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން، ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓުކުރުމަށް ރަޝިއާއިން އަޅަމުންދާ ހުރަސްތަކުގެ ތެރެއިން، އެސަރަހައްދުން ދަތުރުކުރާ އާންމުންގެ އެހެން ބޯޓުތަކަށްވެސް ރަޝިއާއިން ހަމަލާ ދީފާނެކަމުގެ ބިރު އެބައޮތް ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑަމް ހޮޖް ވަނީ، ރަޝިއާއިން ޔޫކްރެއިންގެ ބަނދަރުތައް ކައިރީގައި އިތުރު ސީ މައިންތައް އަޅާފައިވާކަމުގެ މައުލޫމާތު އެމެރިކާގެ އޮފިޝަލުންނަށް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެސަރަހައްދުން އާންމުންގެ ބޯޓުތަކަށް ރަޝިއާއިން ހަމަލާދީ، އެ ހަމަލާތަކުގެ ތުހުމަތު ޔޫކްރެއިން އަސްކަރިއްޔާގެ ބޮލުގައި އެޅުވުމަށް މަސައްކަތްކުރާނެ ކަމަށް މިކަމުން ހެކިދޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ވަނީ ބްލެކް ސީ ހުރަސްކޮށް، ޔޫކްރެއިންގެ ބަނދަރުތަކަށް ގާތްކުރާ ހުރިހާ ބޯޓުފަހަރަކީވެސް އަސްކަރީ ސާމާނު ހިފައިގެން އަންނަ ބޯޓުގެގޮތުގައި ބެލެވޭނެކަމަށް އިއުލާނުކޮށްފައި ކަމަށްވެސް ހޮޖް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ގޮވާން އުފުލަމުންދިޔަ ބޯޓުތަކަށް، ޖުލައި 18 އަދި 19 ވަނަ ދުވަހު ރަޝިއާއިން މިސައިލް އަދި ޑްރޯން ހަމަލާ ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަޝިއާއިން އެގައުމުގެ ގޮވާމުގެ އެކްސްޕޯޓަށް ހުރަސް އަޅަމުންދާކަައަށް އަނެއްކާވެސް ޔޫކްރެއިނުން ވަނީ، ބުދަ ދުވަހު ތަކުރާރުކޮށްފައެވެ. އަދި ރަޝިއާގެ ހަމަލާތަކަށް ޖެހިލުންނުވެ، ގޮވާން އެކްސްޕޯޓްކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް ޔޫކްރެއިނުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

އޮރިއާން ކާޑުގެ މައްސަލައެއްގައި އިންޑޮނީޝިއާގެ ހަރުކަށި ޝެއިޚެއްގެ ނަން އާންމުކޮށްފި

30 މެއި 2017
އޮރިއާން ކާޑުގެ މައްސަލައެއްގައި އިންޑޮނީޝިއާގެ ހަރުކަށި ޝެއިޚެއްގެ ނަން އާންމުކޮށްފި
26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
11 މެއި 2017

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
02 މެއި 2017

ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

02 މެއި 2017
ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
22 އެޕްރީލު 2017

ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި

22 އެޕްރީލު 2017
ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު