Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ހއ އަތޮޅަށް ކުރައްވާ ދަތުރުފުޅު

ކުރީގެ ސަރުކާރުތަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިންނަމަ، ކެލާ ވާނީ ރާއްޖޭގެ އެންމެ ފުދުންތެރި އެއް ރަށަށް - ރައީސް

އެ ރަށުގައި ޓުއަރިޒަމަށް ބިން ދޫކޮށް، ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ޖުލައި 2023 | ބުރާސްފަތި 11:46
ރައީސް ތަކަންދޫގައި ވާހަކަފުޅުދައްކަވަނީ

ރައީސް ތަކަންދޫގައި ވާހަކަފުޅުދައްކަވަނީ

ކުރީގެ ސަރުކާރުތަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިންނަމަ, ކެލާ ވާނީ ރާއްޖޭގެ އެންމެ ފުދުންތެރި އެއް ރަށަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ހއ. ކެލާގައި ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ކެލަޔަކީ ބޮޑު، ރީތި ރަށެއް ކަމަށާއި އެ ރަށް އިގްތިސާދީ ގޮތުން ކުރި ނާރައި އޮޮތީ ކުރީގެ ސަރުކާރުތަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދީފައި ނުވާތީ ކަމަށެވެ. ކެލާގެ ތަރައްގީއަށް ކުރަން ހުރި ގިނަ ކަންކަން ކޮށްދެއްވަން ގިނަ ވައުދުފުޅުތަކެއް 2018 ވަނަ އަހަރު ވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރެއިން ގިނަ ކަންކަން ނިމިފައިވާކަމަށާއި، އަދިވެސް އިތުރު މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ކެލާގައި ޓުއަރިޒަމަށް ބިން ދޫކޮށް، ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެލާގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގެ ބަނދަރުގެ ފޭސް 2ގެ މަސައްކަތް ނިމުނުނަމަވެސް، އެ ބަނދަރުގެ ތޮށިގަނޑު އުސްކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މަސްމާރުކޭޓު ނިމިފައިވާ ކަމަށާއި، ދަނޑުވެރިކަމާއި، ފުޓްބޯޅަ ދަނޑުފަދަ މަސައްކަތްތައް ކުރިއަށް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މަލްޓިޕަރޕަސް ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ކޮށްދެއްވާނެ ކަަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ކަންކަން ކުރެވޭނީ އަމާން މާހައުލެއް އޮވެގެން ކަމަށެވެ. އަދި 2023ގެ ރިޔާސީ އިންތިޚާބު އަންނައިރު އެކަންކަމާމެފު ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ. ކެލާގެ ނިންމުން ކުރިއެކޭ އެއްގޮތަށް މި އަހަރުވެސް ރަނގަޅުވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ، ބޮޑުތިލަދުންމައްޗަށް ތަރައްގީ ގެންނަވަނީ ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރުމުގެ ވިސްނުންފުޅުގައި ކަމަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޤަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުންރައީސް ހއ. އަށް

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2025

ވައުދު ވަނީ ޕްލޭން ކުރެވި ބަޖެޓް ވެސް ކުރެވިފައިވާ ކަންކަމަށް: ރައީސް

28 ޖެނުއަރީ 2025
ވައުދު ވަނީ ޕްލޭން ކުރެވި ބަޖެޓް ވެސް ކުރެވިފައިވާ ކަންކަމަށް: ރައީސް
20 ޖުލައި 2023

ރައީސް، ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފި

20 ޖުލައި 2023
ރައީސް، ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފި
20 ޖުލައި 2023

ތަކަންދޫ ރައްޔިތުންގެ ވިސްނުން ވަރަށް ސާފު، 2018ގައި ތަކަންދޫން އަޅުގަނޑަށް ވޯޓު ދިނީ ދަތި އުނދަގުލާއި ބިރުވެރިކަމުގައި - ރައީސް

20 ޖުލައި 2023
ތަކަންދޫ ރައްޔިތުންގެ ވިސްނުން ވަރަށް ސާފު، 2018ގައި ތަކަންދޫން އަޅުގަނޑަށް ވޯޓު ދިނީ ދަތި އުނދަގުލާއި ބިރުވެރިކަމުގައި - ރައީސް
20 ޖުލައި 2023

ވެރިކަންތައް ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން، އެކަން ބަދަލުކުރަން ޖެހޭ - ރައީސް

20 ޖުލައި 2023
ވެރިކަންތައް ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން، އެކަން ބަދަލުކުރަން ޖެހޭ - ރައީސް
20 ޖުލައި 2023

ރައީސުލްޖުމްހޫރިއްޔާ ހއ. މާރަންދުއަށް ވަޑައިގެންފި

20 ޖުލައި 2023
ރައީސުލްޖުމްހޫރިއްޔާ ހއ. މާރަންދުއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު