Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހަވަންދޫ އަށް ވައުދުގެ ދިގު ލިސްޓެއް

އިހަވަންދޫ އަށް ރައީސް ޞާލިހުގެ ވައުދުގެ ދިގު ލިސްޓެއް - މަސް ގަންނަ މަރުކަޒާއި، ބަނދަރު އަދި ހައުސިންގެ ވައުދު ހިމެނޭ

އިހަވަންދޫ އަކީ މަސްވެރި ރަށެއް ކަމަށާއި އެއީ މާލެއިން އުތުރުގައި މަސްވެރިކަން ކުރާ އުޅަނދުތައް އެންމެ ގިނަ ރަށް ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ޖުލައި 2023 | ބުދަ 19:31
އިހަވަންދޫ ޖަލްސާ

އިހަވަންދޫ ޖަލްސާ

އިހަވަންދޫގައި 50 ޓަނުގެ ބްރައިން ފްރީޒް ކުރެވޭ، 1000 މެޓްރިކްޓަންގެ ކޯލްޑް ސްޓޯރޭޖާއި އެކު މަސް ގަންނަ މަރުކަޒެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އިހަވަންދޫގެ އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ބުދަދުވަހުގެރޭ ވާހަކަދައްކަވަމުންނެވެ.

އިހަވަންދޫ އަކީ މަސްވެރި ރަށެއް ކަމަށާއި އެއީ މާލެއިން އުތުރުގައި މަސްވެރިކަން ކުރާ އުޅަނދުތައް އެންމެ ގިނަ ރަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެ ހިސާބަށް އެކަންކަން ދިޔައީ އެ ދާއިރާ އަށް އަޅާނުލުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ސިނާއަތް ޕްރައިވެޓް ސެކްޓަރ އަށް އެއްކޮށް ދޫކޮށްލުން ރަނގަޅު ނޫން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އިހަވަންދޫގެ މަސް މަރުކަޒުގެ މަސައްކަތް ލަސްވީ އެ ރަށުގެ ބިން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއި އެކު މަސް ގަންނަ މަރުކަޒުގެ މަސައްކަތް ފެށި، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މަސް ގަންނަ ބަނދަރު ޤާއިމްކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރައްވަނެ ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ އެ މަސައްކަތް ނިމޭ އިރު އެތަނުގައި ސްލިޕްވޭ އަކާއި ދޯނި ފަހަރު އެހެލެވޭނެ އިންތިޒާމްގެ އިތުރުން އެމްޓީސީސީގެ ސޭލް ސެންޓަރެއް ޤާއިމްކުރައްވަނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިހަވަންދިއްޕޮޅަކީ އެމަނިކުފާނުގެ ޗާޓުގައި ކުލަ ގަދަ ތަނެއް ކަމަށެވެ. ބޮޑުތިލަދުންމަތީގެ މާޒީ ހަނދާން ނުނެތޭނެ ކަމަށާއި އެ ސަރަހައްދަކީ ފުދުންތެރި ތަނަވަސް ބަޔަކު ދިރިއުޅުނު ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ސަރަހައްދުގެ ރައްޔިތުންގެ މަސައްކަތުން އަމިއްލަ އިގްތިސާދެއް ތަރައްޤީކުރިކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު އަނެއްކާވެސް ކުރާ މަސައްކަަތަކީ އެ މާޒީ ބޮޑުތިލަދުންމައްޗަށް ގެނެސްދިނުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ގައްލަންދޫ ކަނޑު ހުރަސްކުރުމަކީ އިހަވަންދޫގެ ރައްޔިތުންނަށް ދިމާވި އެންމެ ބޮަޑު ދަތިކަން ކަމަށާއި ހޯރަފުށީގެ އެއާޕޯޓުގެ ސަބަބުން އެ މައްސަލަ ހައްލުވެފައިވާ ކަމަށެވެ. މިހާރު މާލެ ދާން ގައްލަންދޫ ކަނޑު ހުރަސްކުރަން ނުޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އަދިވެސް އިހަވަންދޫ އަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި ސިއްހީ ޚިދުމަތް ހޯދުމަށް ގައްލަންދޫ ކަނޑު ހުރަސްކުރަން ނުޖެހޭނެ ގޮތެއް ހަދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ރަށުގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށީ އެ ވިސްނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލް އަށް ފައިސާ ހޯދާ ޓެންޑަރކުރި ކަމަށާއި އެ މަސައްކަތް ލަސްވަނީ ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކޮށް ނުދީ އޮވެގެން ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކޮންޓްރެކްޓް ބާތިލް ނުކޮަށް އެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ބައްލަވާ ކަމަށެވެ. އެ ކޮންޓްރެކްޓް އުވާލައިފި ނަމަ މާ ބޮޑަށް ގެއްލުން ވާނެ ކަމަށާއި، މި ޖުލައި މަސް ނިމި އޮގަސްޓް މަހުގެ ތެރޭގައި އޮގަސްޓް މަހުގެ ތެރޭގައި އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރުން ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރަށަށް ކޮށްދެއްވަން ހުރި އިތުރުކަންކަމުގެ ތެރޭގައި ދިގުފަރުގައި ޓުއަރިޒަމްގެ މަސައްކަތް ކުރުމާއި، ހައުސިން މަޝްްރޫޢު އަކާޢި، މަސް ވެލޫ އެޑްކޮށްގެން ގަތުމާއި، މަސްވެރިން އެދޭ ގޮތަށް ފަސޭހައިން ވަދެ ނުކުމެ އުޅެވޭނެ ފަދަ ބަނދަރެއް ހެދުމަށްޓަކާ ނެރުގެ ޓެކްނިކަލް ސްރވޭ އެއް ހެދުމަށް ފަހު އެ މަސައްކަތް ކުރިއަށް ގެންދެވުމާއި، މަގުގެ މަސައްކަތްތައް ހުރި ކަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ހއ. އަށްއިހަވަންދޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގާކުނޑި އަޅައިގެން އިހަވަންދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ފަށައިފި!

ގާކުނޑި އަޅައިގެން އިހަވަންދޫ ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ފަށައިފި!

06 ނޮވެމްބަރު 2025
ވައުދު ވަނީ ޕްލޭން ކުރެވި ބަޖެޓް ވެސް ކުރެވިފައިވާ ކަންކަމަށް: ރައީސް

ވައުދު ވަނީ ޕްލޭން ކުރެވި ބަޖެޓް ވެސް ކުރެވިފައިވާ ކަންކަމަށް: ރައީސް

28 ޖެނުއަރީ 2025
އިހަވަންދޫ ކައިރީގައި ހިނގި ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

އިހަވަންދޫ ކައިރީގައި ހިނގި ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

28 އޮކްޓޯބަރު 2023
ރައީސް، ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފި

ރައީސް، ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފި

20 ޖުލައި 2023
ކުރީގެ ސަރުކާރުތަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިންނަމަ، ކެލާ ވާނީ ރާއްޖޭގެ އެންމެ ފުދުންތެރި އެއް ރަށަށް - ރައީސް

ކުރީގެ ސަރުކާރުތަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިންނަމަ، ކެލާ ވާނީ ރާއްޖޭގެ އެންމެ ފުދުންތެރި އެއް ރަށަށް - ރައީސް

20 ޖުލައި 2023

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު