Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުއްގިރި ހިޔާނަތް

ޔާމީނަށް ޑޮލަރު މާރުކުރަން ދިން ޗެކުގައި އޮތީ ކްރިކް ރިޒާގެ ނަން: ހެކިވެރިޔާ

މި އަޑުއެހުމުގައި ކަނެކްޝަންގެ މައްސަލަ ތަކުރާރުކޮށް ދިމާވާތީ އެކަމުގެ ކަންބޮޑުވުން ޝަރީއަތުންވެސް ފާޅުކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ޖުލައި 2023 | ބުރާސްފަތި 08:13
ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގެ އަޑުއެހުމެއް

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގެ އަޑުއެހުމެއް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ލަންކާ ރައްޔިތެއްކަމަށްވާ ސިރިތާ ކުމާރުގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

އޭނާއަކީ އޭރު ސަން ކުންފުނީގައި ޑިރެކްޓަރ އޮފް ފައިނޭންސްގެ މަޤާމު ފުރަމުންދިޔަ ފަރާތެވެ.

ހެކިވެރިޔާ ބުނީ، ކުންފުނީގެ މާލީ މުއާމަލާތްތަކާ ގުޅޭ ކަންކަން އޭރު ބަލަހައްޓަމުން ގެންދިޔައީ އޭނާ ކަމަށެވެ.

އޭނާ ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޑޮލަރު މާރު ކުރެއްވުމަށް ބޭނުންވާކަމަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ގުޅުއްވާފައި އޭނާ ގާތުގައި ވިދާޅުވި ކަމަށެވެ.

އަދި އެކަން ހަމަޖެއްސުމަށް ސަން ކުންފުނީގެ ޑިރެކްޓަރ އޮފް ޕަރޗޭސިންގ، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފާއެކު މީހަކު ފޮނުއްވާނެކަމަށް ސިޔާމް އޭނާ ގާތުގައި ވިދާޅުވިކަމަށް އޭނާ ހެކިބަސް ދެމުން ބުންޏެވެ. 

މައުރޫފާއެކު އައީ ކްރިކް ރިޒާ ކަމަށާއި، ޗެކްގައި އޮތީ ކްރިކް ރިޒާގެ ނަންކަމަށްވެސް ހެކިވެރިޔާ ބުންޏެވެ. އެ ޗެކަކީ ޔާމީނަށް ދޭ ޗެކެއްކަމަށް އޭނާ ގާތުގައި މައުރޫފު ވިދާޅުވިކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

އެއީ މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ޗެކެއް ކަމަށާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ޗެކް ޖަމާކުރީ ސަން ކޮންސްޓްރަކްޝަންގެ ޑޮލަރު އެކައުންޓަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އެއަށްފަހު ސަން ކޮންސްޓްރަކްޝަންގެ އެކައުންޓުން ސަން އިންވެސްޓްމަންޓުގެ އެކައުންޓަށް އެ ފައިސާ ފޮނުވި ކަމަށާއި، އެކަން އެހެން ކުރީ ސަން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެކްސްޖޭންޖް ލައިސެންސް ނެތުމުންކަމަށް އޭނާ ބުންޏެވެ.

ޔާމީނަށް ދޭ ޗެކަށްވާ ރުފިޔާ ޔާމީނުގެ ފަރާތުން ނަގުދު ފައިސާއިން އެއްކޮށް ލިބުނުކަމަށް ކްރިކް ރިޒާ ރަސީދެއްގައި ސޮއި ކުރެއްވި ކަމަށް ހެކިވެރިޔާ ބުންޏެވެ. އެ ފައިސާ ދެއްވީ ޔާމީނުކަމަށް މައުރޫފު ވަނީ ހެކިވެރިޔާ ގާތުގައި ވިދާޅުވެފައެވެ.

ވުމާއެކު، ސަން އިންވެސްޓްމަންޓަށް ޔާމީނުގެ ފަރާތުން ފައިސާ ލިބުނުކަމަށްވެސް ރަސީދު ތައްޔާރުކޮށް ސޮއި ކުރުވާފައިވާނެކަމަށް ހެކިވެރިޔާ ބުންޏެވެ.

މި އަޑުއެހުމުގައި ކަނެކްޝަންގެ މައްސަލަ ތަކުރާރުކޮށް ދިމާވާތީ އެކަމުގެ ކަންބޮޑުވުން ދޭތެރެ ދޭތެރެއިން ދިފާއުންވެސް ފާޅުކޮށްފައިވެއެވެ. ޝަރީއަތުންވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.

ވުމާއެކު، އެގޮތަށް ހެކިބަސް ކުރިއަށް ގެންދަން ޝަރީއަތަށްވެސް ދަތިކަން ފާހަގަ ކުރައްވައި ގާޒީ ވަނީ އެ ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރެވޭނެތޯ ސުވާލު ކުރައްވާފައެވެ.

ދައުލަތުން ވަނީ އާދިއްތަ ދުވަހު އޭނާ ހާޒިރު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ވުމާއެކު، މި އަޑުއެހުން ވަނީ ކުރުކޮށްލާފައެވެ.

ދައުލަތުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަޙުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއްކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

ފުއްގިރިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު