Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއްގިރި ޚިޔާނާތް

ސައޫދީގައި ދިވެހި އެމްބަސީ ހުއްޓައި، ކޮންސިއުލޭޓް މެދުވެރިކޮށް ހެކިބަސް ނަގަން ދިފާއުން އިއުތިރާޒުކުރޭ

ޖިއްދާގައި ހުންނަ ކޮންސިއުލޭޓް މެދުވެރިކޮށް ދައުލަތުގެ ހެކިވެރިއެއްކަމަށްވާ މުހައްމަދު ޝިފާއު ހާޒިރުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖުލައި 2023 | ބުރާސްފަތި 07:01
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގެ އަޑުއެހުމެއް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލައިގެ އަޑުއެހުމެއް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވަނީ، ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކޮންސިއުލޭޓް މެދުވެރިކޮށް ދައުލަތުގެ ހެކިވެރިއެއްކަމަށްވާ މުހައްމަދު ޝިފާއު ހާޒިރުކޮށްފައެވެ.

Advertisement - newsAdvertisement

ނަމަވެސް ދިފާއުން ވަނީ ސައޫދީގައި އެމްބަސީ ހުއްޓައި ކޮންސިއުލޭޓް މެދުވެރިކޮށް ހެކިބަސް ނަގާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ އެކަމަށް އިއުތިރާޒު ކޮށްފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވަނީ އެމްބަސީއެއް ނުވަތަ ހައިކޮމިޝަނެއްގެ ވާހަކަކަމަށް ދިފާއުން ބުނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 148 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ހެކިބަސް ދޭ މީހަކު ހުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިޝަނެއް ގާއިމުވެފައިވާ ގައުމެއްގައިނަމަ، ހެކިބަސް ނަގާނީ އެ މީހަކު އެތަނަކަށް ހާޒިރުކޮށް، އެމްބަސީ ނުވަތަ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމަށްވުރެ މަތީ މަގާމެއްގައި ހުރި މީހެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހު ކަމަށެވެ.

ދިފާއުން ހުށައެޅި ނުކުތާއަކާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ކޮންސިއުލޭޓަކީވެސް ހައިކޮމިޝަނެއް ނުވަތަ އެމްބަސީއެއްގޮތަށް، ރާއްޖޭގެ ގާނޫނު ހިނގާ ތަނެއްކަމަށެވެ. ކޮންސިއުލޭޓަކީ ހައިކޮމިޝަނުގެ ބައެއްގެ ގޮތުގައި ގާއިމުވެފައި ހުންނަ އިދާރާތަކެއްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ކޮންސިއުލޭޓުތައް ގާއިމުކޮށްފައިވަނީ ޚިދުމަތް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން ހައިކޮމިޝަންތަކުގެ ބްރާންޗުތަކެއްގެ ގޮތުގައި ކަމަށެވެ.

ކޮންސިއުލޭޓުގެ ފަރާތުން ވާހަކަދެއްކެވި ފަރާތަކީ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމަށްވުރެ މަތީ މަގާމެއްގައި ހުރި މީހެއްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޝަރީއަތުންވެސް ވަނީ މި ހެކިވެރިޔާގެ ހެކިބަސް ކޮންސިއުލޭޓު މެދުވެރިކޮށް ނުނެގުމަށް ނިންމަވާފައެވެ.

މުހައްމަދު ޝިފާއުއަކީ ކާކު؟

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އެމްއެންޑީއެފްގައި އެސްޕީޖީގައި، އޭރު ނައިބުރައީސް އަހުމަދު އަދީބުގެ ސެކިއުރިޓީ ބެލެހެއްޓުުމުގައި ހަރަކާތްތެރިވި އޮފިސަރު އަހުމަދު އާމިރު ވަނީ އޭރު އެމްއެމްޕީއާރްސީގައި އޮތް މީޓިންގއަކާ ގުޅޭގޮތުން ހެކިބަސް ދީފައެވެ. އެ މީޓިންގގައި ޝިފާއު ބައިވެރިވިކަމަށް ހެކިވެރިޔާ އެ ދުވަހު ބުނެފައިވެއެވެ.

އެ ދުވަހު ލޮބީގައި މަޑުކޮށްގެން ހުއްޓައި އޭނާގެ ދަބަސް ގެނެސްދިނުމަށް އަދީބު އެދުނު ކަމަށާއި، މީޓިންގ ރޫމަށް ވަތްއިރު ކްރިކް ރިޒާއާއި، މައުރޫފާއި، މުހައްމަދު ޝިފާއު ކިޔާ މީހަކާއި، ސާލިމް ކިޔާ މީހެއް (މީދޫ ދާއިރާގެ މެމްބަރު ސިޔާމްގެ ކޮއްކޮއެއް) އަދި އަބްދުﷲ ޒިޔަތު އެ ބައްދަލުވުމުގައި ތިބިކަމަށް އެ ދުވަހު ހެކިބަސް ދިން ހެކިވެރިޔާ ބުންޏެވެ.

ކްރިމިނަލް ކޯޓްއެމްއެމްޕީއާރްސީ ޚިޔާނާތް

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު