Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަޝިޔާގެ ރައީސް ޕޫޓިން

އަންނަމަހު ދެކުނު އެފްރިކާގައި އޮންނަ "ބްރިކްސް" ސަމިޓުގައި ޕޫޓިން ބައިވެރިވެ ވަޑައެއްނުގަންނަވާނެ

"ބްރިކްސް" ގްރޫޕަކީ އެންމެ ކުރިއަރާފައިވާ ހަތް ގައުމު ގުޅިގެން އުފައްދާފައިވާ ޖީސެވަން ގްރޫޕްފަދަ ގްރޫޕެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 ޖުލައި 2023 | ބުރާސްފަތި 00:27
ރަޝިޔާގެ ރައީސާއި ދެކުނު އެފްރިކާގެ ރައީސް

ރަޝިޔާގެ ރައީސާއި ދެކުނު އެފްރިކާގެ ރައީސް

އަންނަމަހު ދެކުނު އެފްރިކާގައި އޮންނަ "ބްރިކްސް" ސަމިޓުއި ރަޝިޔާގެ ރައިސް ޕޫޓިން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް، ދެކުނު އެފްރިކާއިން ބުނެފިއެވެ. "ބްރިކްސް" މި ނަން އުފެދިފައިވަނީ މިގްރޫޕްގައި ހިމެނޭ 5 ގައުމު، ބްރެޒިލް، ރަޝިޔާ އިންޑިޔާ، ޗައިނާ އަދި ސައުތު އެފްރިކާ މި ގައުމުތަކުގެ ނަން ފެށޭ އަކުރުންނެވެ.

ސަމިޓަށް ދެކުނު އެފްރިކާއަށް ވަޑައިނުގެންނެވިނަމަވެސް ވީޑިއޯ ލިންކް މެދުވެރިކުރައްވައި، ސަމިޓުގައި ކުރެވޭ މަޝްވަރާތައް ބައްލަވަމުން ގެންދަވާނެއެވެ. ޕޫޓިންގެ ބަދަލުގައި "ބްރިކްސް" ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނީ ޚާރިޖީ ވަޒީރު ސަރގެއި ލަވްރޯވްއެވެ.

"ބްރިކްސް" ގްރޫޕަކީ އެންމެ ކުރިއަރާފައިވާ ހަތް ގައުމު ގުޅިގެން އުފައްދާފައިވާ ޖީސެވަން ގްރޫޕްފަދަ ގްރޫޕެކެވެ.

ރަޝިޔާއިން އިސްވެ ޔޫކްރެއިނަށް އަރައި ހިންގަމުން ގެންދާ އުދުވާނުތަކާ ގުޅިގެން ރައީސް ޕޫޓިން ހައްޔަރުކުރުމުގެ އަމުރެއް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ނެރެފައެވެ. އެހެންކަމުން ޕޫޓިން ރަޝިޔާ ނޫން އެހެން ގައުމަކަށް ވަޑައިގަންނަވާ ހިސާބުން އައިސީސީގެ އެރެސްޓް ވޮރަންޓަށް އަމަލު ކުރެވޭނެއެވެ.

ދެކުނު އެފްރިކާއަކީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ސިގްނޭޓަރީ ގައުމަކަށް ވުމުން، އައިސީސީގެ އަމުރުތަކަށް އެގައުމުންވެސް އަމަލުކުރަން ޖެހެއެވެ. ނަމަވެސް ޕޫޓިން ހައްޔަރުކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއް ވެގެންދާނީ ރަޝިޔާއާ ދެކޮޅަށް ސީދާ ހަނގުރާމަ އިއުލާންކުރުން ކަމަށާއި، ސަމިޓަށް ޕޫޓިން ވަޑައިގެންފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ ވަނީ ވިދާޅުވެފައެވެ.

ޕޫޓިން ސަމިޓަށް ވަޑައިނުގަންނަވަން ނިންމެވި ނިންމެވުމަށް، ރަޝިޔާއަށް ސަޕޯޓްކުރާ ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. އެފަރާތްތަކުން ބުނާގޮތުގައި ދެކުނު އެފްރިކާއިން ޕޫޓިންއަށް ހިމާޔަތް ދެވެން ޖެހޭނެއެވެ.

އަނެއްކޮޅުން ދެކުނު އެފްރިކާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ދަ ޑިމޮކްރެޓިކް އެލަޔަންސުން ވަނީ، ޕޫޓިން ސަމިޓަށް ވަޑައިގެންފިނަމަ ހައްޔަރުކުރުމަށް މަޖްބޫރުކުރުމަށް ގޮވާލައި، ކޯޓަށްވެސް ގޮސްފައެވެ. ނަމަވެސް ރާމަފޯސާ ވަނީ މަގާމުގައި ހުންނެވި ރައީސަކު ހައްޔަރުކޮށްފިނަމަ އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ވިދާޅުވެ، އެކަމަށް ތާއީދު ނުކުރައްވާނެކަން އަންގަވާފައެވެ.

ޔޫކްރެއިން ހަނގުރާމަޔާ ބެހޭގޮތުން އެފްރިކާގެ ގައުމުތައް ވަނީ ދެބައިވެފައެވެ. އަދި ރަޝިޔާ ކުށްވެރިކޮށް އދ.ން ނެރޭ ރިޒޮލިއުޝަންތަކަށް ބައެއް ގައުމުތަކުން ތާއީދުކޮށްފައެއްވެސް ނުވެއެވެ.

ދެކުނު އެފަރިކާގެ ގަވަނިންގ ޕާޓީ އެފްރިކަން ނެޝަނަލް ކޮންގްރެސްއަށް އެންމެ ގިނައިން ފައިސާގެ އެހީ ވަނީ، އދ.ން ދަތިކުރުމުގެ ފިޔަވަޅު މިހާރު އަޅާފައިވާ ރަޝިޔާގެ މަހުޖަނު ވިކްޓަރ ވެކްސެލްބަރގް ކަމަށް ވެއެވެ.  

ވްލަޑިމިއަރ ޕުޓިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު