Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމުގައި އާއްމުވި އަނިޔާވެރިކަން

2013 އިން 2018 އަށް ގައުމުގައި އާއްމުވި އަނިޔާވެރިކަމުން ގައުމު މިންޖުކޮށްދެއްވީ ރައީސް ސާލީހު: ޑރ.އިޔާޒު

ކޮންމެ ކަމަކަށް ފާޅުގައި ބަހެއް ނުބުނުން އެއީ އެކަމަށް އެއްބަސްވުމެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ޖުލައި 2023 | ބުދަ 12:35
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް

2013 އިން 2018 އަށް ގައުމުގައި އާއްމުވި އަނިޔާވެރިކަމާއި ނާމާންކަމުން ގައުމު މިންޖުކޮށް، އަމާންކަމާއި އުފާވެރިކަމުގެ މިސްރާބަކަށް ރާއްޖެ ގެންގޮސްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ބައެއް ފާޑުކިޔުންތަކަށް ރައްދުދެއްވައި ޑރ.އިޔާޒު ވިދާޅުވީ ގައުމުގަައި ހިނގާ ހުރިހާކަމެއް އެނގުން ލާޒިމެއް ނޫން ކަމަށާއި، ކޮންމެ ކަމަކަށް ފާޅުގައި ބަހެއް ނުބުނުން އެއީ އެކަމަށް އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކު ކުރިނަމަވެސް ރަގަޅުކަމެއްނަމަ އެކަން ބަލައިގަންނަ ކަމަށާއި، ގޯސްކަމެއްނަމަ އެކަން ކުއްވެރި ކުރާ ކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

2013 އިން 2018 އަށް ގައުމުގައި އާއްމުވި އިންތިހާ ދަރަޖައިގެ އަނިޔާވެރިކަމާއި ނާމާންކަމުން ގައުމު މިންޖުކޮށް، އަމާންކަމާއި އުފާވެރިކަމުގެ މިސްރާބަކަށް ރައީސް ސާލިހުގެ ޤިޔާދަތުގެ ދަށުން ގައުމު ދަތުރުކޮށްފައިވާކަން ފާހަގަކުރައްވައި ޑރ. އިޔާޒު ވިދާޅުވީ މިއަދު ނޫސްވެރިންނަށް ޖެހިލުމެއްނެތި ބޭނުން ސުވާލެއް ސީދާ ރައީސް އާއި ކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އެއްވެސް ނިއުސްކޮންފަރެންސެއްގައި ޖަވާބުނުދެއްވި ކޯފާ އިސްކުރައްވާތަން ނުފެންނަ ކަމަށް ޑރ އިޔާޒު ވިދާޅުވިއެވެ. ޑރ. އިޔާޒު ވިދާޅުވީ ފެންނަނީ ވަރަށް ހަމަޖެހިވަޑައިގެން ހާސްކަމެއްނެތި ޖަވާބުދެއްވާ މަންޒަރު ކަމަށާއި، ނިމިގެން ހުރިހާ ނޫސްވެރިންނާއި ސަލާމްކޮށްލައްވާ ސެލްފީ ނަންގަވާތަން ކަމަށެވެ. އަދި ވިދާޅުވީ މިއީ ކުރީގެ ރައީސުން ފަރާތުން ނުފެންނަ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޑރ.އިޔާޒު ވިދާޅުވީ މާތްﷲގެ އިރާދަފުޅާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ސާލިހު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި، އަދި ދެވަނަ ދައުރުގައި އުފާވެރި އަމާން ރާއްޖެއެއް ގާއިމްކުރެވޭނެ ކަމަށެވެ. އަދި އަދާލަތު ޕާޓީ އަކީ އިސްލާހަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި، އިސްލާހު ކުރަަންހުރި ކަމެއްނަމަ އެކަމަށްޓަކައި ކުރަންޖެހުނު މަސައްކަތްތައް ކުރައްވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒްރައީސް ސާލިހު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މިނިސްޓަރ ޝަހީމްގެ ޒާތީ ވާހަކަތަކާ އެކު، ޑރ އިޔާޒުގެ ސިޓީއެއް ރައީސް މުޢިއްޒު އަށް

މިނިސްޓަރ ޝަހީމްގެ ޒާތީ ވާހަކަތަކާ އެކު، ޑރ އިޔާޒުގެ ސިޓީއެއް ރައީސް މުޢިއްޒު އަށް

19 ސެޕްޓެމްބަރު 2024
ޑރ. އިޔާޒްގެ އަނބިކަނބަލުން ވަރިކުރާކަށް ނުބުނަން، އަނބިމީހާ ކޮންޓްރޯލް ނުވާ ކަމަށް ވިދާޅުވަނީ އިޔާޒް: ޑރ ޝަހީމް

ޑރ. އިޔާޒްގެ އަނބިކަނބަލުން ވަރިކުރާކަށް ނުބުނަން، އަނބިމީހާ ކޮންޓްރޯލް ނުވާ ކަމަށް ވިދާޅުވަނީ އިޔާޒް: ޑރ ޝަހީމް

18 ސެޕްޓެމްބަރު 2024
ރައީސް މުއިއްޒު "އިސްރާއީލް އައުޓް" ޖައްސަވައިގެން ނުކުންނަވާކަށް ނުވޭތޯ: ޑރ އިޔާޒް

ރައީސް މުއިއްޒު "އިސްރާއީލް އައުޓް" ޖައްސަވައިގެން ނުކުންނަވާކަށް ނުވޭތޯ: ޑރ އިޔާޒް

31 އޯގަސްޓު 2024
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު