Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ މުޙައްމަދު އިޔާޒް

މިނިސްޓަރ ޝަހީމްގެ ޒާތީ ވާހަކަތަކާ އެކު، ޑރ އިޔާޒުގެ ސިޓީއެއް ރައީސް މުޢިއްޒު އަށް

ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމްގައި ހުންނަވައިގެން ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވަޑައިގަތްކަމަށް ބެލެވޭ ވާހަކަތަކެއް މިނިސްޓަރ ޝަހީމް ދައްކަވާފައިވާ ކަމަށް ޑރ އިޔާޒް ވިދާޅުވި

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2024 | ބުރާސްފަތި 07:31
އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް އަދި ޑރ މުހައްމަދު އިޔާޒު

އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް އަދި ޑރ މުހައްމަދު އިޔާޒު

އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ދީނީ އިލްމުވެރިޔާ ޑރ އިޔާޒްގެ ޒާތީ ވާހަކަތަކެއް ދައްކާފައިވާތީ، އެކަން ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ޑރ އިޔާޒް ރައީސް ޑރ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ބުރާސްފަތި ދުވަހު ޑރ އިޔާޒް ރައީސް މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 18 ސެޕްޓެމްބަރު 2024 ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްކޮންފަރެންސެއްގައި، އިސްލާމިކް މިނިސްޓަރ ޝަހީމް، ދައުލަތުގެ ނިޝާން ޖެހި ޕޯޑިއަމްގައި ހުންނަވައިގެން ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވަޑައިގަތްކަމަށް ބެލެވޭ ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި، މިފަދަ އަމަލަކީ މިނިސްޓަރެއްގެ ހައިސިއްޔަތުން ކުރެއްވުން އެކަށީގެންނުވާ، އަދި އިސްލާމީ އަޚްލާޤާއި ދިވެހި މުޖުތަމަޢުގެ އާދަކާދައާ ޚިލާފް އަމަލެއް ކަމުގައި ދެކޭ ކަމަށެވެ.

Advertisement - newsAdvertisement

ޤައުމީ ނިޝާންޖެހި ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވަން ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވަނީ ރަސްމީ ހައިސިއްޔަތަކުން ރަސްމީ ވާހަކަފުޅު ދެއްކެވުމަށް ކަމަށް ފާހަގަކުރައްވަމުން، މި ކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުޤީޤް ކުރަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ޑރ އިޔާޒްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

"ރަސްމީ ވާހަކަތަކުގެ ބޭރުން ތިމާ އާއި އަނެކާއާ ދެމެދު އޮތް ޒާތީކަމެއްގެ ކަންތައް ތަކެއްގައި، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މީޑިއާ މެދުވެރިކޮށް ތިމާގެ ޒާތީ ޕީއާރު ރަނގަޅުކުރަން މަސައްކަތްކުރުމަކީ މަޤާމުގެ ނުފޫޒު ނަމަގޮތުގައި ބޭނުންކޮށްގެން ތިމާއަށް ފައިދާހޯދަށް އުޅުމުގެ ޖިނާއީ ކުށެއް. އެހެންކަމާއެކު، މިކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ތަހުޤީޤްކުރައްވަން ޖެހޭ ބާވަތުގެ ކަމެއް ކަމެއްކަން ފާހަގަކުރެވޭ،" ޑރ އިޔާޒް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ.

މިނިސްޓަރ ޝަހީމްގެ މިއަމަލު ކުށްވެރިކުރައްވައި، މުސްތަޤްބަލުގައިވެސް މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިނިސްޓަރގެ މައްޗަށް އެކަށީގެންވާ ފިޔަވަޅު އަޅުއްވާ ދެއްވުމަށް ޑރ އިޔާޒް އިތުރަށް ވިދާޅުވެފައިވެއެވެ.

ޑރ އިޔާޒް ރައީސް މުއިއްޒަށް މިސިޓީ ފޮނުއްވާފައި މިވަނީ ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ އިޔާޒްގެ އަނބިކަނބަލުންނަށް ކުޑައިމީސްވާ މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ.

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވެފައިވަނީ ޑރ އިޔާޒުގެ އަނބިކަނބަލުން ކޮންޓްރޯލް ނުވާ ކަމަށާއި ބުނާބަސް ނާހާ ވާހަކަ މީސްމީހުން ކައިރީގައި މީސްމީހުންގެ ގާތުގައި ޑރ. އިޔާޒް ދައްކަވަމުން ވަޑައިގަންނަވާ ކަމަށާއި، އެހެންކަމަށްވާނަމަ އެފަދަ ބަސްނާހާ ކުއްޖަކާ އެއްކޮށް ނޫޅެން މީހަކު ބުނެދާނެ ކަމަށެވެ.

އެހެންވެއްޖިއްޔާ ދެން މީހަކު ބުނެދާނެ ދޯ ޑރ. އިޔާޒަކީ ނުލާހިކު މާތް ބޭފުޅެއް, އެކަހަލަ ބަސްނާހާ ކުއްޖަކާ އެއްކޮށް އުޅޭކަށް ނުވާނޭ. އޭގެ މާނައަކީ ސަރުކާރުގެ ފަރާތުން އެންގީއެކޭ ނޫން އަންހެނުން ވަރިކުރަން," ނޫސްވެރިޔާއަށް ޖަވާބުދެއްވަމުން މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރ ޝަހީމްގެ އެ ވާހަކަތަކަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ދަނީ މިނިސްޓަރަށް ފާޑުކިޔާ ނުރުހުން ފާޅުކުރަމުންނެވެ.

ޑރ. އިޔާޒްއިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު