Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. އިޔާޒް އާއި ޑރ. ޝަހީމް

ޑރ. އިޔާޒްގެ އަނބިކަނބަލުން ވަރިކުރާކަށް ނުބުނަން، އަނބިމީހާ ކޮންޓްރޯލް ނުވާ ކަމަށް ވިދާޅުވަނީ އިޔާޒް: ޑރ ޝަހީމް

18 ސެޕްޓެމްބަރު 2024 | ބުދަ 09:52

މިނިސްޓަރުން ފެންވަރު އިލްމްވެރިން ފިރިކަލުންނަށް ގުޅާ ވަރިކުރަން ވިދާޅުވިކަން އިޔާޒްގެ އަނބިކަނބަލުން ވަނީ ހާމަ ކުރައްވާފައި

ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2024 | ބުދަ 09:52
އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަދި ޑރ މުހައްމަދު އިޔާޒް

އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އަދި ޑރ މުހައްމަދު އިޔާޒް

ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުން ވަރިކުރަން ވިދާޅުނުވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، "ޑރ އިޔާޒަށް ސީދާކޮށް ނުގުޅާތާ ކިތަންމެ ދުވަހެއް ވެއްޖެ،" ކަމަށެވެ.

"އަޅުގަނޑަށްވެސް ނޫހުން މި ފެންނަނީ އަޅުގަނޑު ޑރ. އިޔާޒް އަށް ގުޅާފައި، އަޅުގަނޑު ބުންޏޭ،" ޝަހީމް ވިދާޅުވިއެވެ.

އަނބިކަނބަލުން ވަރިކުރަން ޑރ. އިޔާޒް އަށް ދަންނަވަންވީ ކީއްވެތޯ ސުވާލު ކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، އަނބިމީހާ ކޮންޓްރޯލް ނުވާ ކަމަށާއި ބުނާބަސް ނާހާ ވާހަކަ މީސްމީހުންގެ ގާތުގައި ޑރ. އިޔާޒް ދައްކަވަމުން ވަޑައިގަންނަވާ ކަމަށެވެ.

"އެހެން ވެއްޖެއްޔާ ދެން މީހަކު ބުނެދާނެ، ޑރ. އިޔާޒް އަކީ ނުލާހިކު މާތް ބޭފުޅެއް، އެކަހަލަ ބަސްނާހާ ކުއްޖަކާ އެކީ އުޅޭކަށް ނުވާނޭ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އޭގެ މާނައަކީ އަދި ސަރުކާރުގެ ފަރާތުން އޭނަ އަށް އަންހެނުން ވަރިކުރަން އެންގުން ނޫން ކަމުގައެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވިއިރު ޑރ. އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން "މިނިސްޓަރުންގެ ލެވެލްގައި ތިއްބެވި އިލްމްވެރިން" ފިރިކަލުންނަށް ގުޅާ ވަރިކުރަން ބުނެފައިވާ ކަން ވަނީ ހާމަކޮށްފައިވެއެވެ.

ޝަހީމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އަނބިކަނބަލުން ފުލުހުންގެ ހައްޔަރުގައި ހުރި އިރު އަދާލަތު ޕާޓީގެ ޖެނެރަލް ކައުންސިލް މެމްބަރު މުހައްމަދު ޝިފާން މެދުވެރިކޮށް މިނިސްޓަރ ޝަހީމް އޭނާގެ އަނބިކަނބަލުން ޝާދިޔާ ވަރިކުރަން އެންގެވި ކަމަށެވެ.

"އަޅުގަނޑު އަންހެނުން ބަސް ޤަބޫލު ނުކުރާ ވާހަކަ މީހުން ގާތު ދައްކާ ކަމަށް ބުނެވެސް ހެއްދެވީ ބޮޑު ބުހުތާނު ދޮގެއް. ﷲގެ ރަޙްމަތުން އަޅުގަޑު އަންހެނުންނަކީ ވަފާތެރި ކިޔަމަންތެރި އެއް،" ޑރ. އިޔާޒް ޝަހީމް ދެއްކެވި ވާހަކައަށް ރައްދުދެއްވަމުން ވިދާޅުވިއެވެ.

ޑރ. އިޔާޒްއިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
19 މާރިޗު 2025

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި

19 މާރިޗު 2025
ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި
05 ފެބުރުއަރީ 2025

އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި

05 ފެބުރުއަރީ 2025
އުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނާތްތެރިވި އަލް މަޝްޢަރު ގްރޫޕަށް ދައުވާކުރަން ފޮނުވައިފި
31 ޖެނުއަރީ 2025

މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން އިތުރުވާތީ، އެކަން ރެގިއުލޭޓްކުރާނެ ގަވައިދެއް ހަދަނީ

31 ޖެނުއަރީ 2025
މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން އިތުރުވާތީ، އެކަން ރެގިއުލޭޓްކުރާނެ ގަވައިދެއް ހަދަނީ
23 ނޮވެމްބަރު 2024

ޒަމާނީ ފިޤުހީ މައްސަލަތަކުގައި ހުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރަން ޖެހޭ: މިނިސްޓަރު ޝަހީމް

23 ނޮވެމްބަރު 2024
ޒަމާނީ ފިޤުހީ މައްސަލަތަކުގައި ހުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރަން ޖެހޭ: މިނިސްޓަރު ޝަހީމް
05 އޮކްޓޯބަރު 2024

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

05 އޮކްޓޯބަރު 2024
މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް