Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

މާޒިޔާ މެޗަކީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ އެނބުރިދާނެ މެޗެއް: ނިޒާމްބެ

ނިޒާމްބެ ބުނީ، މެޗުގެ ކޮންމެ ސިކުންތެއްގައި ވެސް ކޮންސަންޓްރޭޝަން އެއް ފެންވަރެއްގައި ހިފަހައްޓަން ޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖުލައި 2023 | ބުދަ 08:45
ޕްރެޒިޑެންޓްސް ކަޕްގައި ބުރުން މާޒިޔާ ބަލި ކުރި މެޗަށްފަހު ނިޒާމްބެ ނޫސްވެރިންނާ ވާހަކަ ދައްކަނީ

ޕްރެޒިޑެންޓްސް ކަޕްގައި ބުރުން މާޒިޔާ ބަލި ކުރި މެޗަށްފަހު ނިޒާމްބެ ނޫސްވެރިންނާ ވާހަކަ ދައްކަނީ

ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗަކީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ އެނބުރިދާނެ މެޗެއް ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މާޒިޔާ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ، އެ މެޗަކީ ދެ ޓީމަށް ވެސް ފައިދާ ނެގެން ހުރި ކަންތައްތަކާއެކު، ކުޅެވޭނެ މެޗެއް ކަމަށެވެ. ވާދަވެރި ދެ ޓީމު ކުޅޭ މެޗެއްގައި ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ އެނބުރިދާނެކަން ފާޖަގަކޮށް ނިޒާމްބެ ބުނީ، މެޗުގެ ކޮންމެ ސިކުންތަކީ ވެސް ކޮންސަންޓްރޭޝަން އެއް ފެންވަރެއްގައި ހިފަހައްޓަން ޖެހޭނެ ކަމަށެވެ. ބްރޭކަށްފަހު ބުރުން ކުޅުނު ވާދަވެރި މެޗުގައި ލިބުނު ނަތީޖާއާއެކު، ޓީމުގެ ކުޅުންތެރިން ތިބީ ނަފްސާނީ ގޮތުން ވެސް ވަރަށް ފިޓުކޮށް ކަމަށް ނިޒާމްބެ ބުންޏެވެ. މާޒިޔާ އަކީ މިވަގުތު ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމުކަމަށާއި، ބުރުން ނިކުންނަނީ އެ މެޗަށް އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް ވެސް ނިޒާމްބެ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ނިޒާމްބެ ބުނީ މާޒިޔާ އަކީ ފަސޭހަ ގޮތަކަށް ނަގަން ޖެހޭ ޓީމަކަށްވުރެ، ވަރަށް ސީރިއަސް ޓީމެއް ކަމަށެވެ. އެ މެޗަށް ކުރިމަތިލާއިރު މާޒިޔާ އަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށް ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް އެ ޓީމުގެ ކޯޗު ބަދަލުވުމަކީ، މާޒިޔާ ކުޅުމުގެ މުޅި ވައްޓަފާޅި އަށް ބަދަލު އަންނާނެ ކަމެއްގެ ގޮތުގައި ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ. ނިޒާމްބެ ބުނީ ބުރުގެ ކުޅުންތެރިންނަށް ވިސްނައިދީފައި ވަނީ، ދަނޑު މަތީގައި ހަަމަޖެހިގެން ކުޅެން ކަމަށެވެ.

ބުރަށް އައި ބަދަލެއްގެ ގޮތުގައި ނިޒާމްބެ ފާހަގަ ކުރީ ކުޅުންތެރިންނަށް އައި ބަދަލެވެ. ޚާއްސަކޮށް ބެންޗުން އަރަން ތިބި ކުޅުންތެރިންނަކީ ވެސް މިހާރު ރަނގަޅު ފެންވަރުގައި ކުޅެވޭނެ ކުޅުންތެރިން ކަމަށާއި، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އެކަން ފެނުނު ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ ބްރޭކުގައި ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން ނުލިބުމުން ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައި ކަމަށެވެ.

މި ސީޒަނުގައި މާޒިޔާ ބަލި ކުރި ހަމައެކަނި ޓީމަކީ ވެސް ބުރެވެ. ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި ބުރުން ވަނީ މާޒިޔާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޕްރިމިއާ ލީގުގައި ބުރުން މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

ދިވެހި ޕްރިމިއާ ލީގު 2023މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންބުރު ސްޕޯޓްސް ކްލަބްމުޙައްމަދު ނިޒާމް (ނިޒާމްބެ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު