Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީ ހިންގުން

3.8 މިލިއަން ރުފިޔާގެ މައްސަލައެއްގައި ހިންގި މާރާމާރީއެއް

އެކަކު ދޫކޮށްލާފައިވަނީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ޝަރުތުކޮށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖުލައި 2023 | ބުދަ 06:05
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

3.8 މިލިއަން ރުފިޔާގެ މައްސަލައެއްގައި ހިންގި މާރާމާރީއަކާ ގުޅިގެން ބަންދުކޮށްފައި ތިބި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި އުމުރުން 34 އަހަރުގެ ފިރިހެނަކާއި، 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 34 އަހަރުގެ މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އޭނާ ބަންދުގައި ހުންނަތާ 55 ދުވަސް ވަނީ ވެފައެވެ.

މި ޙާދިސާ ހިނގާފައިވަނީ އޭނާއާއި އަނިޔާ ލިބުނު ފަރާތާ ދެމެދު ހިނގާފައިވާ މަދަނީ މުއާމަލާތަކާއި ގުޅިގެން ކަމަށާއި، އޭނާގެ މައްޗަށް ތޫނު ހަތިޔާރު ޤާނޫނާއި، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ތުހުމަތުކޮށްފައިވާއިރު، ހުށަހެޅިފައިވާ ހެކިތަކުން އޭނާއާއި ކުށާ ގުޅުވާލެވޭ ހެކި ބަލިކަށިކަމަށް ކޯޓު އަމުރުގައި ބުނެއެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އަނިޔާ ލިބުނު ފަރާތް ބުނާ ބުނުން ފިޔަވައި ދެން ހުރި ހެކިތަކަކީ ކުށާއި ގުޅުވާލެވޭ ސީދާ ހެކިތަކެއް ނޫން ކަމަށެވެ.

އޭގެ އިތުރުން، އޭނާގެ އަތުން 3.8 މިލިއަން ރުފިޔާ އަނިޔާ ލިބުނު ފަރާތް ނަގާފައިވާކަމަށް ބުނެފައިވާއިރު، އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅިފައިވާކަމަށް އެ ފަރާތުން ބުނެއެވެ. އަދި އެ މައްސަލަ ސިވިލް ކޯޓަށް ހުށައެޅުމުން އަނިޔާ ލިބުނު ފަރާތް ގުޅައި އިންޒާރު ދީފައިވާކަންވެސް އޭނާ ވަނީ ތަހުގީގުގައި ބުނެފައެވެ.

އޭނާ ދޫކޮށްލާފައިވަނީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ޝަރުތުކޮށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 27 އަހަރުގެ މީހާ 7 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާ ބަންދުގައި ހުންނަތާ 70 ދުވަސްވެފައިވާއިރު، މި މައްސަލަ ހަފްތާއެއްގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާނެކަމަށް މައްސަލައިގެ ތަހުގީގު އޮފިސަރު ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު