Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޮޑުތިލަދުންމަތީގެ ތަރައްޤީ

ވިސްނުމަކީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްްޤީކުރުން - ރައީސް ޞާލިހު

ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތަށް ފަހު ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ޖުލައި 2023 | ބުދަ 05:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު ހޯރަފުށީގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު ހޯރަފުށީގައި

ވިސްނުމަކީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްްޤީކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ހއ.ހޯރަފުށީ ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ވަޑައިގަންނަވާ ކޮންމެ ރަށަކުން ތަރައްޤީގެ ބަދަލުތައް ފެނިވަޑައިގަންނަވާ ކަމަށެވެ. ތަރައްްޤީ އަކީ އަބަދުވެސް މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ބަދަލުކޮށްލާ އެއްޗެއް ކަމަށާއި، ހޯރަފުށި އޮތީ ކިރިޔާ ދިރިއުޅެން ކަމުދާ ރަށެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ވޭތުވެދިޔަ 70 އަހަރު ދުވަހުގެ ތެރޭގައި އެ ރަށަށް މާބޮޑު ކަމެއް ކޮށްދީފައި ނެތް ނަމަވެސް މި 5 އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެ ރަށުން އެ މަނިކުފާނަށް ވޯޓު ދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. ހޯރަފުށީ އެއާޕޯޓަކީ މި ވެރިކަމުގައި އަޅަން ފަށާ ނިންމި ފުރަތަމަ އެއާޕޯޓްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެފަދަ އިތުރު އެއާޕޯޓްތަކުގެ މަސައްކަތްތައް ރާއްޖޭގައި މިހާރު ކުރިއަށްދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މަސައްކަތްތައް ކުރައްވަނީ ތަސައްވުރެއް އޮވެގެން ކަމަށާއި އެއްވެސް ރަށެއް އަނެއް ރަށާއި ތަފާތު ނުކުރައްވާ ޚިދުމަތްތައް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހޯރަފުށީގެ ތަރައްޤީއާމެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ފުޓްބޯޅަ ދަނޑު ނިމިފައިވާ ކަމަށެެވެ. މީގެ އިތުރުން ރައީސް ވަނީ އެ ރަށުގައި ނިމިފައި ހުރި ރަށްރަށުގެ އިތުރުން، އެހެން މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ދައުރުގައި ނިންމަވާދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައެވެ. ކުރިއަށް އޮތް ދައުރުގައި އެ ރަށުގައި ރޯހައުސް އާއި ފްލެޓް އަޅާނެ ރަށްތަކުގެ ތެރޭގައި ހޯރަފުށި ހިމެނޭ ކަމަށާއި އެ ރަށުގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތަށް ފަހު ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. އަދި އެ ހާލަތާއެކު ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. ހަމައެކަނި މާދަމާ ފެންނަ މީހަކަށް ތަރައްޤީ ނުގެނެވޭނެ ކަމަށާއި އެކަން ކުރެވޭނީ ތަސައްވުރެއް އޮވެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ހޯރަފުށީ ދާއިރާރައީސް ހއ. އަށް

ކޮމެންޓް

އިތުރަށް ކިޔާލަން

ވައުދު ވަނީ ޕްލޭން ކުރެވި ބަޖެޓް ވެސް ކުރެވިފައިވާ ކަންކަމަށް: ރައީސް

ވައުދު ވަނީ ޕްލޭން ކުރެވި ބަޖެޓް ވެސް ކުރެވިފައިވާ ކަންކަމަށް: ރައީސް

28 ޖެނުއަރީ 2025
ރައީސް، ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފި

ރައީސް، ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައިފި

20 ޖުލައި 2023
ކުރީގެ ސަރުކާރުތަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިންނަމަ، ކެލާ ވާނީ ރާއްޖޭގެ އެންމެ ފުދުންތެރި އެއް ރަށަށް - ރައީސް

ކުރީގެ ސަރުކާރުތަކުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިންނަމަ، ކެލާ ވާނީ ރާއްޖޭގެ އެންމެ ފުދުންތެރި އެއް ރަށަށް - ރައީސް

20 ޖުލައި 2023
ތަކަންދޫ ރައްޔިތުންގެ ވިސްނުން ވަރަށް ސާފު، 2018ގައި ތަކަންދޫން އަޅުގަނޑަށް ވޯޓު ދިނީ ދަތި އުނދަގުލާއި ބިރުވެރިކަމުގައި - ރައީސް

ތަކަންދޫ ރައްޔިތުންގެ ވިސްނުން ވަރަށް ސާފު، 2018ގައި ތަކަންދޫން އަޅުގަނޑަށް ވޯޓު ދިނީ ދަތި އުނދަގުލާއި ބިރުވެރިކަމުގައި - ރައީސް

20 ޖުލައި 2023
ވެރިކަންތައް ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން، އެކަން ބަދަލުކުރަން ޖެހޭ - ރައީސް

ވެރިކަންތައް ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން، އެކަން ބަދަލުކުރަން ޖެހޭ - ރައީސް

20 ޖުލައި 2023

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު