Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ބައްސާމް ދެއްވަނީ ޚިޔާނާތެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ނުހިނގާ ކަމުގެ ޔަގީންކަން!

އޭނާ ވިދާޅުވީ އިދާރާތަކުން ހަދަމުން އަންނަ އޯޑިޓުތަކުން މައްސަލައެއް ފެންމަތިވެފައިވާނަމަ، މިއަހަރު އެފްއޭއެމަށް ބެޖެޓު ނުދޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖުލައި 2023 | އަންގާރަ 12:38
އެފްއޭއެމްގެ ރައީސް ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް

ފުޓުބޯޅަ އެސޯސިއޭޭޝަން އޮޕް މޯލްޑިވްސް (އެފްއޭއެމް)ގައި ޚިޔާނާތެއް ނުވަތަ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިނގާނެ ކަމުގެ ޔަގީންކަން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވައިފިއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ބައްސާމަށް ތުހުމަތު ކުރަމުން އަންނަ ކަންކަމާ ގުޅޭގޮތުން ވެސް ސުވާލު ކޮށްފައެވެ. އެގޮތުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާއާއި އޭއެފްސީއާއި ސަރުކާރުންވެސް އެފްއޭއެމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، އެއިން އެއްވެސް ކަމަކަށް ޚިޔާނާތެއް ވެފައިވާނެތޯ ނޫސްވެރިން ސުވާލުކުރިއެވެ. ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ އެ ޒާތުގެ އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އެކަން އެފްއޭއެމްގެ އޯޑިޓް ރިޕޯޓުތަކުން ފެންނަން ހުންނާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބައްސާމް މަގާމާ ހަވާލުވުމުގެ ކުރިން އެފްއޭއެމްގައި އެފަދަ ކަންކަން ހިނގާފައި އޮތް ގޮތެއް ނޭންގޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް އޭނާ ވިދާޅުވީ އިދާރާތަކުން ހަދަމުން އަންނަ އޯޑިޓުތަކުން މައްސަލައެއް ފެންމަތިވެފައިވާނަމަ، މިއަހަރު އެފްއޭއެމަށް ބެޖެޓު ނުދޭނެ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް އެއިން އެއްވެސް އޯޑިޓަކުން ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެފްއޭއެމަކީ ގަވާއިދުން ބަރާބަރަށް އޯޑިޓު ކުރަމުން އަންނަ އިދާރާއެއްކަން ފާހަގަކުރައްވައި ބައްސާމް ވިދާޅުވީ، ފީފާއިން އޯޑިޓުކުރުން ކުރިއަށް ގެންދަނީ އެފްއޭއެމަށް އެންގުމަށްފަހު ނޫން ކަމަށެވެ. އެގޮތުން އެ އިދާރާއިން "ސަޕްރައިޒް" އޯޑިޓުތަކެއް ކުރިއަށް ގެންދާ ކަމަށާއި، ދާދި ފަހުންވެސް އެކަން ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ފީފާއާއި އޭއެފްސީން އެފްއޭއެމަށް ދެމުން އަންނަ ފައިސާތައް ޚަރަދު ކުރަމުން އަންނަ ގޮތް ބަރާބަރަށް އެ ފަރާތްތަކަށް ފެންނަން އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފުޓުބޯޅައިގެ ބައެއް ކަންކަން ގޯސްވެފައި ވީނަމަވެސް، އަދިވެސް ރާއްޖޭގެ އެއްވަނަ ކުޅިވަރަކީ ފުޓުބޯޅަ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެހެންކަމުން އެހެން ކުޅިވަރުތަކާ ޚިލާފަށް ފުޓުބޯޅައިގެ ނަތީޖާ ދަށްވުމުން އެކަމުގެ ވާހަކަ އެންމެންވެސް ވަރަށް ގަދަޔަށް ދައްކާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ދާދި ފަހުން ނިމުނު ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ދިވެހި ޓީމުގެ ފަރާތުން ފެނުނީ އެންމެ އެދެވޭ ކުޅުން ނޫން ކަމަށްވެސް ބައްސާމް ޤަބޫލު ކުރައްވައެވެ. އެހެންކަމުން އެކަންކަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު