Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ެއެފްއޭއެމް

ފެއިލްވެ އިސްތިއުފާ ދޭން ޖެހޭ ކަމަށް ބައްސާމް ޤަބޫލެއް ނުކުރައްވާ!

މާލީ ގޮތުން ހުރި މައްސަލަތާ، ވަށައިގެން ހުރި މައްސަލަތަކާއެކު ދަތިތަކެއް ހުރި ކަމަށާއި، އެހެން ނަމަވެސް އެކަމުން އަރައި ގަނެވިއްޖެ ނަމަ މުސްތަޤުބަލު އުޖާލާވާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖުލައި 2023 | އަންގާރަ 12:29
އެފްއޭއެމްގެ ރައީސް ބައްސާމް މީޑިއާތަކާ ބައްދަލު ކުރައްވަނީ

އެފްއޭއެމްގެ ރައީސް ބައްސާމް މީޑިއާތަކާ ބައްދަލު ކުރައްވަނީ

ދިވެހި ފުޓުބޯޅަ އަށް ކުރަމުން އަންނަ މަސައްކަތުގައި ފެއިލްވެ، އިސްތިއުފާ ދޭން ޖެހޭ ހާލަތެއް އޮތް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް މިހެން ވިދާޅުވީ ގަލޮޅު ރަސްމީ ދަނޑުގައި އަންގާރަ ދުވަހުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ފުޓުބޯޅައިގެ ނަތީޖާ ދަށްވެ، ބައްސާމް އެފްއޭއެމާ ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ކަމަށާއި، އެކަމުގައި ދެކިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ނޫސްވެރިޔާ ވަނީ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ، ފުޓުބޯޅައިގެ ކަންކަން ފާއިތުވި ދެ އަހަރު ދުވަހަށް ބަަލައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން ފުޓުބޯޅައިގެ ކަންކަން ބައްލަވަން ވާނީ އެފްއޭއެމްގެ ރައީސްކަމަށް އޭނާ އެންމެ ފުރަތަމަ އިންތިޚާބުވީ އަހަރުން ފެށިގެން ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ރައީސްކަމުގައި ހޭދަކުރެއްވި ފުރަތަމަ ދައުރުގައި ކުރެވުނު ކާމިޔާބު ކަންކަމަށް ބައްސާމް ވަނީ އަލިއަޅުވާލައްވާފަ އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ދިވެހިރާއްޖެ އިން ކާމިޔާބު ކުރުމާއި، ފުރަތަމަ ފަހަރަށް ޤައުމީ އަންހެން ޓީމުން މެޑަލެއް ހާސިލް ކުރުމުގެ އިތުރުން، ފުރަތަމަ ފަހަރަށް ޒުވާން ޤައުމީ ޓީމު މެޑަލެއް ހާސިލްކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން ދެ ވަނަ ދައުރުގައި ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުން ކަމަށް ފާހަގަ ކުރެއްވި އެވެ. އެގޮތުން އެ ދުވަސްވަރު ވެސް އެފްއޭއެމުން ކުލަބުތަކަށް ބަރާބަރަށް ފައިސާ ފޯރުކޮށްދެމުން އައި ކަމަށާއި، ހަމައެހެންމެ މުވައްޒަފުން މަދު ނުކޮށް ބަރާބަރަށް ފައިސާ ދެމުން އައި ކަމަށް ވިދާޅުވި އެވެ. އެ ދުވަހު އެ ކުރި ކަންކަމަކީ މިއަދު މާލީ ގޮތުން ދަތިކަމަކާ ކުރިމަތިލާން ޖެހުނު ސަބަބެއްގެ ގޮތުގައި ބައްސާމް ވަނީ ސިފަކުރައްވާފަ އެވެ.

އުންމީދު ކުރި ގޮތަށް ބައެއް ކަންކަން ކުރިއަށް ނުދިޔަ ނަމަވެސް، އޭނާގެ މުޅި ދައުރަށް ބަލާނަމަ، އެއީ ނާކާމިޔާބެއްގެ ގޮތުގައި ބައްސާމް ދެވިވަޑައިނުގަންނަވައެވެ. މާލީ ގޮތުން ހުރި މައްސަލަތާ، ވަށައިގެން ހުރި މައްސަލަތަކާއެކު ދަތިތަކެއް ހުރި ކަމަށާއި، އެހެން ނަމަވެސް އެކަމުން އަރައި ގަނެވިއްޖެ ނަމަ މުސްތަޤުބަލު އުޖާލާވާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

އިތުރުން ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ، ފުޓުބޯޅައިގެ އެކި ކަންކަމުގައި ގެންނަން ޖެހޭ ބަދަލުތަކުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޓެކްނިކަލީ ގެންނަން ޖެހޭ ބައްދަލުތަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ހިއްސާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އެކަންކަމާއެކު ކުރިއަށް އޮތް ތަނުގައި ފުޓުބޯޅަ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެއްވެސް މީހަކަށް "ޖާދުލެއް" ނުހެދޭނެ ކަމަށެވެ. އެހެންނަމަވެސް އެކަންކަމާއެކުވެސް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ފުޓުބޯޅައިގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ރައީސްކަމުގައި ހުންނަވަނީ ކުލަބުތަކުން ބޭނުންވެގެން ކަމަށާއި، އޭނާ އަށް ކުލަބުތަކުގެ އިތުބާރު ނެތް ކަމަށް ކުލަބުތަކުން ބުނެފި ނަމަ، މަގާމުގައި ހުންނަން ބޭނުންނުވާ ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު