Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގޮވާން އެއްބަސްވުމުން ރަޝިއާ ހަވާސާވުން

"ގޮވާމުގެ އެއްބަސްވުމުން ރަޝިއާ ހަވާސާވުމުގެ އަސަރު، ޛަރޫރީ ކާބޯތަކެތިން ފެންނާނެ"

އިންފްލޭޝަން މައްޗަށް ދިއުމާއި، ހަނގުރަމާއާއި އެކި ކަހަލަ ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުގެ ސަބަބުން ވެރިވެފައި އޮތް ނުތަނަވަސްކަމުން އަރައިނުގަނެވިގެން އުޅޭ ޤައުމުތައް ގިނަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 ޖުލައި 2023 | އަންގާރަ 14:48
ގޮވާން އެއްބަސްވުމުން ރަޝިއާ ހަވާސާވުމުގެ އަސަރު، ޛަރޫރީ ކާބޯތަކެތިން ފެންނާނެ

ގޮވާން އެއްބަސްވުމުން ރަޝިއާ ހަވާސާވުމުގެ އަސަރު، ޛަރޫރީ ކާބޯތަކެތިން ފެންނާނެ

އެތައް ޒަމާނެއް ވަންދެން 2020ގެ ތަޞައްވުރަށް އެތައް ބަޔަކު ކުރަމުން ދިޔަ ފޮނި އިންތިޒާރުގެ ނިމުން އައީ ހިތި ގޮތަކަށެވެ. މީގެ ކުރިން ދުނިޔެ ދެކެފައި ނުވާ ބަލިމަޑުކަމެއްގައި މުޅި ދުނިޔެ އިނދަޖައްސާލިއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން ހިސާބެއްގެ ލުޔެއް ލިބި ހިންދެމި ނުލެވި އުޅެނިކޮށް، ދުނިޔެ ވަށާލީ ހަނގުރާމައިގެ ނަމާން ވިލާގަނޑަކުންނެވެ. ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިންގެ އަމުރުފުޅަށް، އެ ޤައުމުގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އަރާ، ވަރުގަދަ ހަނގުރާމައެއް ފެށިއެވެ.

ފެބުރުއަރީ 2022 ގައި ފެށި ހަނގުރާމަ، ދޮޅު އަހަރަށްވުރެ ދިގުލާ ގޮސްފައި ވާއިރު، އެއީ ހަމަ އެކަނި ޔޫކްރެއިންގެ ސަރަޙައްދީ އިމުގެ ތެރޭގައި އޮތް ނުތަނަވަސްކަމެކޭ ބުނެވޭކަށް ނެތެވެ. ރަޝިއާއާއި ޔޫކްރެއިންއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް، ގޮވާމުގެ ވިޔަފާރީގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ 2 ޤައުމަށް ވާއިރު، ބައިނަލްއަޤުވާމީ ފެންވަރުގައި، ޛަރޫރީ ކާބޯތަކެތީގެ ސަޕްލައިގެ ކަށަވަރު ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ހަނގުރާމަ ހުއްޓިދާނެ ކަމުގެ އަލިމަގެއް އަދިވެސް ފެންނަންނެތް އިރު، ބްލެކް ސީ ނުވަތަ އަސްވަދު ކަނޑުގެ ސަރަޙައްދު ހުރަސްކޮށް ޔޫކްރެއިނުން ގޮވާން އެކްސްޕޯޓް ކުރުމަށް އެއްބަސްވެފައި އޮތް އޮތުމަށް ނިމުން ގެންނާނެ ކަމަށް ރަޝިއާއިން މިހާރު ވަނީ އިޢުލާން ކޮށްފައެވެ. މި ޚަބަރާއެކު، އެންމެ ބޮޑު ނުތަނަވަސްކަމެއް ވެރިވެފައި ވަނީ ފަޤީރު ޤައުމުތަކަށެވެ. އޭގެ ތެރޭގައި، އިންފްލޭޝަން މައްޗަށް ދިއުމާއި، ހަނގުރަމާއާއި އެކި ކަހަލަ ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުގެ ސަބަބުން ވެރިވެފައި އޮތް ނުތަނަވަސްކަމުން އަރައިނުގަނެވިގެން އުޅޭ ޤައުމުތައް ގިނައެވެ.

އަސްވަދު ކަނޑުގެ ސަރަޙައްދު ހުރަސްކޮށް ޔޫކްރެއިނުން ގޮވާން އެކްސްޕޯޓް ކުރުމަށް ފުރުޞަތު ފަހި ކުރާ އެއްބަސްވުމެއް އެކުލަވާލީ އދއާއި ތުރުކީވިލާތުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޖުލައި 2022 ގައެވެ. އެއްބަސްވުން އެކުލަވާލުމާއެކު، ބައިނަލްއަޤުވާމީ ފެންވަރުގައި ކާބޯތަކެތީގެ އަގުތައް ދަށަށް ދިޔައެވެ. ދުނިޔެ އިންތިހާއަށް ބޭނުން ޖެހިފައި އޮތް ދަނޑިވަޅެއްގައި އެތައް ސަތޭކަ ހާސް ޓަނެއްގެ ކާބޯތަކެތި ޚާއްސަކޮށް ގޮވާން ސަޕްލައި ކޮށްދިނުމަށް، އެހީދޭ ޖަމިއްޔާތަކަށްވެސް ފުރުޞަތު ފަހިކޮށްދިނެވެ.

ހަނގުރާމައިގެ ތެރޭގައި ރައްކާތެރި ކަމާއެކު ބްލެކް ސީ ހުރަސްކޮށް ޔޫކްރެއިނުން ގޮވާން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުން އެކުލަވާލުމާއެކު، އެންމެ ބޮޑު ފައިދާއެއް ކުރި އެއް ޤައުމަކީ ސޯމާލިއާއެވެ. މޫސުމީ ނޭދެވޭ ބަދަލުތަކާއެކު ސޯމާލިއާއަށް ވާރޭފެން ދަތިވެފައި އޮންނަތާ 3 އަހަރުދުވަސްވެއްޖެއެވެ. ދައުލަތުގެ ބާރުތަކާއި ހަތިޔާރުއެޅި ހަނގުރާމަވެރިންނާ ދެމެދު ބަދަލު ކުރާ ހަމަލާތަކުގެ ސަބަބުން، އެތައް މިލިއަން ބައެއްގެ އަމިއްލަ ގެދޮރު ވަނީ ގެއްލިފައެވެ.

2022 ވަނަ އަހަރު ޔޫކްރެއިނުން ސޯމާލިއާއަށް އެތެރެކުރި ގޮދަނުގެ މިންވަރު އެކަނިވެސް 84000 ޓަނަށް އަރައެވެ. 2021 ވަނަ އަހަރު އެ ޢަދަދު އުޅުނީ 31000 ޓަނުގައި ކަމަށް ވިޔަފާރިއާ ބެހޭ އދގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ސޯމާލިއާގެ ބައެއް ސަރަޙައްދުތަކުގައި ބަނޑަށް ޖެހުމުގެ ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެގެން ދިޔަ ދިއުމަށް، އެހީދޭ ޖަމިއްޔާތަކުން ވަނީ ހިސާބެއްގެ ތަސައްލީއެއް ހޯދާ ދީފައެވެ.

ޖުލައި 17 ވަނަ ދުވަހު ރަޝިއާ ސަރުކާރުން ވަނީ އަސްވަދު ކަނޑުގެ ސަރަޙައްދު ހުރަސްކޮށް ޔޫކްރެއިނުން ގޮވާން އެކްސްޕޯޓް ކުރުމަށް އެކުލަވާލި އެއްބަސްވުމުން އެ ޤައުމު ވަކިވާން ނިންމާފައި ވާ އިޢުލާން ކޮށްފައެވެ. ސަބަބެއް ކަމުގައި ބަޔާން ކުރީ، ރަޝިއާގައި ހައްދާ ގޮވާމާއި އެ ޤައުމުގައި އުފައްދާ ގަސްކާނާގެ އެކްސްޕޯޓް ވިޔަފާރި، ހެޔޮ ފާލަކަށް އެޅުވުން ކަމަށެވެ. އެ އަމާޒަކީ އަދި ހާސިލު ނުވެ އޮތް އަމާޒެއް ކަމަށެވެ.

ފަޤީރު ޤައުމުތަކާ ހިސާބަށް، އެކަށީގެންވާ މިންވަރެއްގެ ގޮވާމުގެ ސަޕްލައި ފޯރުކޮށްދެވިފައި ނުވާ ކަމުގެ ޝަކުވާއަކީވެސް ރަޝިއާއިން ކުރާ ޝަކުވާއެކެވެ. ނަމަވެސް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އދއާއި ތުރުކީވިލާތުގެ ވާހަކަ ތަފާތެވެ. އދއާއި ތުރުކީވިލާތުން ވަކާލާތު ކުރާ ގޮތުގައި، ދައުލަތްތަކަށް ފައިދާ ވަނީ ކޮށްފައެވެ. ވީ ފައިދާއަކީ، ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވީ ނަމަވެސް 20 ޕަސެންޓަށް ވުރެ ބޮޑު ތަނުން ކާބޯތަކެތީގެ އަގުތައް ދަށަށް ޖައްސާލެވުން ކަމަށް އދއާއި ތުރުކީވިލާތުން ވަނީ ބުނެފައެވެ.

ހަނގުރާމައާއި ހަމަނުޖެހުންތަކުގެ އިތުރުން މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ނުރައްކާ ވެފައި ވާ ސޯމާލިއާ، ޔަމަން އަދި އަފްޣާނިސްތާނު ފަދަ ޤައުމުތަކުގައި ދިރިއުޅޭ މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކާ، ކާބޯތަކެއްޗާ ބެހޭ އދގެ މަޝްރޫޢު (ޑަބްލިއުއެފްޕީ) އިން އެންމެ ބޮޑަށް ބަރޯސާވި އެއް މަސްދަރަކީވެސް ޔޫކްރެއިންގެ ގޮވާމެވެ.

އަސްވަދު ކަނޑުގެ ސަރަޙައްދު ހުރަސްކޮށް ޔޫކްރެއިނުން ގޮވާން އެކްސްޕޯޓް ކުރުމަށް މީގެ އަހަރެއް ކުރިން ވީ އެއްބަސްވުމުން ހަވާސާ ވުމަށް ރަޝިއާއިން ނިންމި ނިންމުމުގެ އަސަރު، ޛަރޫރީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބައެއް ސަމާނުން ފެނިގެންދާނެ ކަމަށް މުޙައްލިލުން ނުވަތަ އެނަލިސްޓުން ވަނީ ވިދާޅުވެފައެވެ. ހަނގުރާމައިގެ ސަބަބުން ގޮވާމުގެ ސަޕްލައިއަށް ބޮޑު ހީނަރު ކަމެއް ކުރިމަތިވެދާނެ ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، ޙަޤީޤަތް އޮތީ މުޅިއަކުން އެހެންނެއް ނޫނެވެ. ރަޝިއާއާއި ބްރެޒީލް ފަދަ ޤައުމުތަކުން ގޮވާމުގެ އެކްސްޕޯޓް ސަޕްލައި ބޮޑުތަނުން އިތުރު ކުރުމާއެކު، ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ އަގުތައް ޖުމުލަ ގޮތެއް ވަނީ ހެޔޮވެފައެވެ.

ރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު