Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީގެ ފަސް ކުޅުންތެރިއަކު ޕްރީ ސީޒަން ސްކޮޑުން ބާކީކޮށްފި

18 ޖުލައި 2023 | އަންގާރަ 07:28

ޕްރީ ސީޒަން ސްކޮޑުގައި ލުކާކޫ، އޮބަޔަން އަދި ޒިޔެކް ނުހިމަނާ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 18 ޖުލައި 2023 | އަންގާރަ 07:28
މައުރީސިއޯ ޕޮޗެޓީނޯ

މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ސްކޮޑް ކުޑަކުރަން މަސައްކަތް ކުރަމުން ދާ ދަނޑިވަޅުގައި އެ ޓީމުގެ ފަސް ކުޅުންތެރިއަކު ޕްރީ ސީޒަން ޕްލޭންތަކުން ބާކީކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ގިނަ ކުޅުންތެރިން ތިބި އިރު، ފުރަތަމަ ޓީމުގެ ޕްރެކްޓިހުގައި ރެގިއުލާކޮށް 33-40 އާ ދެމެދުގެ އަދަދަކަށް ކުޅުންތެރިން ތިބި އިރު، ޖެނުއަރީގައި ސޮއިކުރި ތިން ތަރިން ޗެމްޕިއަންސް ލީގުގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ހަކީމް ޒިޔެކް، ޕިއޭ އެމެރިކް އޮބަމަޔަން އަދި އެނބުރި އަންނަ ރޮމެލޫ ލުކާކޫ ޕްރީ ސީޒަންގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. މި ތިން ކުޅުންތެރިންނަކީ ޕޮޗެޓީނޯގެ ޕްލޭންގައި ނެތް ތިން ކުޅުންތެރިން ކަމަށާއި ޗެލްސީ އެމެރިކާއަށް ފުރިތާ އެއް ދުވަސް ފަހުން އަންގާރަ ދުވަހު ކޮބާމްގައި ޓްރެއިނިންއަށް ރިޕޯޓް ކުރަން އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި ޗެލްސީއަށް އެންމެ ލަނޑެއް ޖަހައިދެވުނު އޮބަޔަން ހޯދުމަށް ފްރާންސްގެ މާސޭ އިން ވަނީ މަސައްކަތް ފަށާފައެވެ. އަދި މެޑިކަލް އިން ފާސްނުވުމުގެ ސަބަބުން ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވުމަށް މަސައްކަތް ކުރި ޒިޔެކަށްވެސް އެ ޓީމަށް ދެވޭ ގޮތެއް ނުވިއެވެ.

ލޯނު އުސޫލުން ލުކާކޫ މިދިޔަ ސީޒަނުގައި ކުޅެފައިވަނީ އިންޓަ މިލާނަށެވެ. އޭނާ ވަނީ އިންޓަ އާއެކު ޗެމްޕިއަންސް ލީގު ފައިނަލް ކުޅެފައެވެ. ނަމަވެސް، އިންޓަ އިން ދާއިމީކޮށް އޭނާ ގެންދިޔުމުގެ ޝައުގުވެރިކަމެއް ނުގެންގުޅެއެވެ. އޭނާ ހޯދުމަށް އިންޓަގެ ވާދަވެރި ޔުވެންޓަސް އާއި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ތިން ކުޅުންތެރިންގެ އިތުރުން، ޗެލްސީގެ ޕްރީ ސީޒަން ސްކޮޑުން ޖާގަ ނުލިބުނީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އޮމަރީ ހަޗިންސަން އާއި ހާވީ ވެލް އަށެވެ.

ސްކޮޑުގެ ސައިޒު ކުޑަ ކުރުމަށް ޗެލްސީން މިހާރުވެސް ވަނީ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާފައެވެ. އޭގެތެރޭގައި ކައި ހަވާޓްޒް، މޭސަން މައުންޓް، އެޑުއާޑް މެންޑީ، ކަލިދޫ ކުލިބާލީ، ކްރިސްޓިއަން ޕުލިސިޗް، ރޫބެން ލޮފްޓަސް ޗީކް، މަޓެއޯ ކޮވަސިޗް، އެންގޯލޯ ކާންޓޭ އަދި ކުރީގެ ކެޕްޓަން އަޒްޕިލިކުއެޓާ ފާހަގަކޮށްލެވެއެވެ.

ޕްރީ ސީޒަންގައި ޗެލްސީން ބްރައިޓަން، ނިއުކާސަލް، ފުލަމް އަދި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ޗެލްސީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
24 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
14 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި

14 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި
31 އޯގަސްޓު 2025

ޗެލްސީ އިން ފުލަމް ބަލިކޮށްފި

31 އޯގަސްޓު 2025
ޗެލްސީ އިން ފުލަމް ބަލިކޮށްފި
23 އޯގަސްޓު 2025

ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް

23 އޯގަސްޓު 2025
ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް