Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ރާޅާއެޅުމުގެ މުބާރާތް

100 އަށްވުރެ ގިނަ ރާޅާއެޅުންތެރިންނާއެކު ގައުމީ ރާޅާއެޅުމުގެ މުބާރާތް ފަށައިފި

ފުރަތަމަ ފަހަރަށް އަންހެން އޯޕަން ކެޓަގަރީ ތައާރަފުކޮށްފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2021 | އަންގާރަ 11:22
ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތެރެއިން

ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތެރެއިން

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ގައުމީ ރާޅާއެޅުމުގެ މުބާރާތް މުބާރާތް ފަށައިފިއެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ މުބާރާތަކީ ތާރީޚީ މުބާރާތެކެވެ. އެގޮތުން މި އަހަރުގެ މުބާރާތުގައި ރިކޯޑު އަދަދަކަށް ރާޅާއެޅުންތެރިން ބައިވެރިވިއިރު، އާކަންތައްތަކަކާއެކު މި މުބާރާތް ވަނީ ތާރީޚުން ޖާގަ ހޯދާފައެވެ.

"ސީސްޕޯޓްސް ރަންނަމާރި ޗެލެންޖު 1443" ގެ ނަމުގައި ބާއްވާ މި މުބާރާތުގައި މި ފަހަރު 14 ރަށަކަށް ނިސްބަތްވާ ޓީމުތައް ވާދަކުރާއިރު، އޭގެ ތެރޭގައި 25 ރަށަކަށް ނިސްބަތްވާ 102 ރާޅާއެޅުންތެރިން ހިމެނެއެވެ.

އަދި މި ފަހަރުގެ މުބާރާތުގައި ޚާއްސަ ދެ ކަމެއް ފާހަގަކޮށްލެވެއެވެ. އެއީ ޑިޖިޓަލް ސްކޯރިން ސިސްޓަމަކުން އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ސެޓިފައިޑް އަދި ރާއްޖެއަށް ނިސްބަތްވާ ޖަޖުންގެ ޕެނަލަކުން މި ފަހަރުގެ މުބާރާތް އިންސާފުކުރުމާއި، ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގައި އަންހެން އޯޕަން ކެޓަގަރީ ތައާރަފުކުރުމެވެ. ޑިޖިޓަލް ސްކޯރިން ސިސްޓަމަކުން މި ފަހަރުގެ މުބާރާތް ޖަޖުކުރާއިރު، މިއީ މި ގޮތަށް ޑިޖިޓަލްކޮށް ޒަމާނީ ފެންވަރުގައި މާކްސް ގުނާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ޖޫނިއާ ބައިގައި މި ފަހަރު 26 ރާޅާއެޅުންތެރިން ބައިވެރިވިއެވެ. މިއީ މީގެކުރިންވެސް ތަރުހީބު ބޮޑު ޑިވިޝަނެކެވެ. މީގެ އިތުރުން ފިރިހެން ޝޯޓް ބޯޑް އޯޕަން ޑިވިޝަނުގައި 48 ރާޅާއެޅުންތެރިން ވަނީ ބައިވެރިވެފައެވެ.

އަދި މި މުބާރާތުގެ އަންހެން އޯޕަން ޑިވިޝަނުގައި ފަސް ރާޅާއެޅުންތެރިން ބައިވެރިވެފައިވާއިރު، އެންމެ ފޯރިގަދަ ޑިވިޝަން ކަމަށްވާ މާސްޓާސް ޑިވިޝަނުގައި 21 ރާޅާއެޅުންތެރިން ވަނީ ބައިވެރިވެފައެވެ. މި ޑިވިޝަނުގައި ބައިވެރިވަނީ ރާޅާއެޅުމުގައި އެންމެ ފުންނާބު އުސް ރާޅާ އެޅުންތެރިންނެނެވެ.

މި ފަހަރުގެ މުބާރާތުގައި ސާފަރުން ވާދަކުރާ ރަށްތަކަށް ބަލާއިރު، ހއ. ތުރާކުނު، ށ. މިލަންދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ޅ. ނައިފަރު، ބ. އޭދަފުށި، ކ. ހިންމަފުށި، ކ.ގުޅި، އދ. އޮމަދޫ، ތ. ކަނޑޫދޫ، ލ، މާބައިދޫ ގދ. ގައްދޫ، ގދ. ވާދޫ، ރ. ރަސްމާދޫ، ނ. ކުޑަފަރި އަދި ކ. ގުރައިދޫ، މ. މުލައް، މ. މުލި، ދ. ކުޑަހުވަދޫ، ފޭދޫ، ހިމެނެ އެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އެއް ސާފަރަށް ވުރެ ގިނައިން އެއް ރަށަކަށް ނިސްބަތްވާ ސާފަރުން ވާދަކުރާނަމަ ރާޅާއެޅުންތެރިން ގުނާނީ ޓީމެއްގެ ގޮތުގައެވެ. މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ރާޅުގަނޑު ސަރަހައްދުގައެވެ.

ގައުމީ ރާޅާއެޅުމުގެ މުބާރާތްމޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހޫދު، ރަންނަމާރި ޗެލެންޖު ކާމިޔާބު ކޮށްފި

ހޫދު، ރަންނަމާރި ޗެލެންޖު ކާމިޔާބު ކޮށްފި

02 ނޮވެމްބަރު 2024
ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޔަސީން، ކަޔާން އަދި އިނާން

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޔަސީން، ކަޔާން އަދި އިނާން

28 އޮކްޓޯބަރު 2024
ގައުމީ ސާފިން ކޯޗަކަށް އިބޫ

ގައުމީ ސާފިން ކޯޗަކަށް އިބޫ

06 ފެބުރުއަރީ 2024
"ރާޅު ރާއްޖެ" ކެމްޕެއިނާއެކު ޤައުމީ ޓީމުތަކަށް އިތުރު ހިތްވަރެއް!

"ރާޅު ރާއްޖެ" ކެމްޕެއިނާއެކު ޤައުމީ ޓީމުތަކަށް އިތުރު ހިތްވަރެއް!

20 ޖުލައި 2023
އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ގައުމަކަށް ޖަޕާން

އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ގައުމަކަށް ޖަޕާން

18 ޖުލައި 2023

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު