Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރަންނަމާރި ޗެލެންޖު

ހޫދު، ރަންނަމާރި ޗެލެންޖު ކާމިޔާބު ކޮށްފި

ފިރިހެން އޯޕަން ބައިގެ ފައިނަލްގައި ހޫދު ވާދަކޮށްފައި ވަނީ ކަޔާން ޢަބްދުﷲ ޢަރީފްއާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2024 | ހޮނިހިރު 04:51
ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ހޫދު އަށް ވަޒީރު ރާފިޢު ޓްރޮފީ ހަވާލު ކޮށްދެއް ވަނީ

ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ހޫދު އަށް ވަޒީރު ރާފިޢު ޓްރޮފީ ހަވާލު ކޮށްދެއް ވަނީ

ރަންނަމާރި ޗެލެންޖު 1446 ގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޫދު އަޙުމަދު (ހޫބްސް) ހޯދައިފި އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކުރިއަށް ގެންދާ ދިވެހި ސާފް ލީގުގެ ފަހު މުބާރާތަކީ ރަންނަމާރި ޗެލެންޖެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ހީޓު ތަކާއި، ފައިނަލް ހީޓު ކުރިއަށް ދިޔައީ ހުކުރު ދުވަހު އެވެ. ވަރުނުލާ ރާޅު ގަނޑު ސަރަހައްދުގައި ކުރިއަށް ދިޔަ މުބާރާތުގެ ފިރިހެން އޯޕަން ބައިގެ ފައިނަލްގައި ހޫދު ވާދަކޮށްފައި ވަނީ ކަޔާން ޢަބްދުﷲ ޢަރީފްއާ އެވެ. ފައިނަލް ހީޓުގައި ހޫދުގެ ސްކޯ އަކީ 11.25 އެވެ. އަދި ކަޔާންގެ ސްކޯ އަކީ 10.05 އެކެވެ.

މުބާރާތުގެ 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔަސީން އަޙުމަދު ނާޝިދު އެވެ. އެއީ ފައިނަލްގައި ކަޔާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް ހީޓުގައި ޔަސީން ވަނީ 11 ޕޮއިންޓުގ ސްކޯއެއް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ ކަޔާން އަށް ލިބުނީ 9.70 ގެ ސްކޯ އެކެވެ.

މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ. އެއީ ފައިނަލް ހީޓުގައި ޝާޒިޔާ ސައީދުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް ހީޓުގައި އާޔާގެ ސްކޯ އަކީ 10.25 އެކެވެ. އަދި ދެ ވަނަ އަށް ދިޔަ ޝާޒްގެ ސްކޯ އަކީ 6.50 އެކެވެ. މިއީ އާޔާ އަންހެން ބައިގެ ޗެމްޕިއަންކަން ޖެހި ޖެހިގެން ހޯދި ހަތަރު ވަނަ ފަހަރެވެ.

މީގެ އިތުރުން ރަންނަމާރި ޗެލެންޖުގައި ކުރިއަށް ދިޔަ މަރުޙަބާ ކަޕް ކާާމިޔާބު ކޮށްފައި ވަނީ މާލެ ޓީމުންނެވެ. މާލެ ޓީމުން މަރުޙަބާ ކަޕް ކާމިޔާބު ކޮށްފައި ވަނީ ފައިނަލްގައި ރ.ރަސްމާދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލްގައި މާާލެ ޓީމުން ވަނީ 27.26 ގެ ސްކޯއެއް ހޯދައިފަ އެވެ. އަދި ރަސްމާދޫ އަށް ލިބުނީ 25.89 ގެ ސްކޯއެކެވެ.

މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޔަސީން، ކަޔާން އަދި އިނާން

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޔަސީން، ކަޔާން އަދި އިނާން

28 އޮކްޓޯބަރު 2024
ގައުމީ ސާފިން ކޯޗަކަށް އިބޫ

ގައުމީ ސާފިން ކޯޗަކަށް އިބޫ

06 ފެބުރުއަރީ 2024
"ރާޅު ރާއްޖެ" ކެމްޕެއިނާއެކު ޤައުމީ ޓީމުތަކަށް އިތުރު ހިތްވަރެއް!

"ރާޅު ރާއްޖެ" ކެމްޕެއިނާއެކު ޤައުމީ ޓީމުތަކަށް އިތުރު ހިތްވަރެއް!

20 ޖުލައި 2023
އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ގައުމަކަށް ޖަޕާން

އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ގައުމަކަށް ޖަޕާން

18 ޖުލައި 2023
އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި ބޮޑީބޯޑިން ވޯލްޑް ޓުއާ ރާއްޖޭގައި ބާއްވަނީ

އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި ބޮޑީބޯޑިން ވޯލްޑް ޓުއާ ރާއްޖޭގައި ބާއްވަނީ

03 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު