Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޫދު ކުޅިވަރުގެ މުބާރާތްތައް

އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި ބޮޑީބޯޑިން ވޯލްޑް ޓުއާ ރާއްޖޭގައި ބާއްވަނީ

މޫދު ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތައާރަފުކުރުމަކީ ބޭނުންތެރި ކަމެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ފެބުރުއަރީ 2022 | ބުރާސްފަތި 05:34
މިދިޔަ އަހަރު އޮތް ގައުމީ ސާފިން މުބާރާތުގެ ކަންކަން ރައީސް ބައްލަވާލައްވަނީ

މިދިޔަ އަހަރު އޮތް ގައުމީ ސާފިން މުބާރާތުގެ ކަންކަން ރައީސް ބައްލަވާލައްވަނީ

މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި ބޮޑީބޯޑިން ވޯލްޑް ޓުއާ މުބާރަތެއް ރާއްޖޭގައި ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ‏ދިވެހި ޒުވާނުންނަށް ލިބޭ ހަކަތައަކީ ގައުމުގެ ދުވެއްޔަށް ލިބޭނެ ހަލުވިކަމެއް ކަމަށާއި، އެ ހަލުވިކަން ހޯދުމަށްޓަކާ ކުޅިވަރުގައި ކުރި ފަޅަން ޖެހޭ ކަމަށެވެ. އަދި ތަފާތު މައިދާނުން ތަށި އުފުލާލަން އެދޭ ޒުވާނުން ގިނަ ކަމަށާއި، އަދި ޒުވާނުން ރަންވަނަ ހޯދުމުން ރީތިނަން ލިބެނީ ހުރިހާ ދިވެހިންނަށް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާއިމު ކުރެވޭ ތަފާތު ކުޅިވަރުގެ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް ކުރިއެރުން ލިބި، ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގާ ބާއްވަން ފަހިވާ ކަމަށެވެ. އެގޮތުން މޫދު ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް ރާއްޖެ ތައާރަފުކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ. އެއާއެކު މި އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި ބޮޑީބޯޑިން ވޯލްޑް ޓުއާ މުބާރަތެއް ރާއްޖޭގައި ބާއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ކުޅިވަރިތަކަށް އަލި އަޅުވާލައި ރައީސް ވަނީ ސާފިން އާއި ބޮޑީބޯޑީންގެ ގައުމީ ޓީމުތައް މުޅިން އަލަށް އެކުލަވާލައި، ވާއިދުން މުސާރަދޭން ފަށާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މީގެ އިތުރުން ރައީސްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުންވެސް ހިމެނޭއިރު، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 26 ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެއާއެކު ގައުމީ ފެންވަރުގެ މެޗުތައް ރާއްޖޭގެ އެކިހިސާބުތަކުގާ މިހާރު ކުޅެވޭ ކަމަށާއި، އަދި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ އެކުވެނިތައް ގާއިމުކުރުން މި އަހަރު ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން މި އަހަރަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ދަށުން ގައުމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު ތަރައްގީކުރުން ހިމެނޭ ކަމަށާއި، އަދި ގައުމީ ޓޭބަލް ޓެނިސް، ބާސްކެޓްބޯޅަ، ވޮލީބޯޅަ، ހޭންޑްބޯޅަ އަދި ނެޓްބޯޅަ ކޮމްޕްލެކްސްތައް މާލޭގައި ތަރައްގީކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންމޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
18 މާރިޗު 2025

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި

18 މާރިޗު 2025
އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި
02 ނޮވެމްބަރު 2024

ހޫދު، ރަންނަމާރި ޗެލެންޖު ކާމިޔާބު ކޮށްފި

02 ނޮވެމްބަރު 2024
ހޫދު، ރަންނަމާރި ޗެލެންޖު ކާމިޔާބު ކޮށްފި
28 އޮކްޓޯބަރު 2024

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޔަސީން، ކަޔާން އަދި އިނާން

28 އޮކްޓޯބަރު 2024
ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޔަސީން، ކަޔާން އަދި އިނާން
11 ޖޫން 2024

ރާއްޖޭގެ ޓީމުން ދަނީ މޯލްޑިވްސް ޕްރޯ އަށް ފުރިހަމަ އަށް ތައްޔާރުވަމުން

11 ޖޫން 2024
ރާއްޖޭގެ ޓީމުން ދަނީ މޯލްޑިވްސް ޕްރޯ އަށް ފުރިހަމަ އަށް ތައްޔާރުވަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު