Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސާފިން އެސޯސިއޭޝަން

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ޔަސީން، ކަޔާން އަދި އިނާން

28 އޮކްޓޯބަރު 2024 | ހޯމަ 03:59

މޯލްޑިވްސް ސާފިން އެސޯސިއޭޝަން އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތް ބާއްވާފައި ވަނީ ތިން އުމުރުފުރާ އަކަށް ޚާއްސަކޮށްގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޮކްޓޯބަރު 2024 | ހޯމަ 03:59
މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ޔަސީން އަދި އެ ހީޓުގެ އެހެން ވަނަތަކަށް ދިޔަ ސާފަރުން

މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ޔަސީން އަދި އެ ހީޓުގެ އެހެން ވަނަތަކަށް ދިޔަ ސާފަރުން

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ޔަސީން އަޙުމަދު ނާޝިދު، ކަޔާން ޢަބްދުﷲ ޢަރީފް އަދި މުޙައްމަދު އިނާން ޢަބްދުލް ޙަންނާން ހޯދައިފި އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތް ބާއްވާފައި ވަނީ ތިން އުމުރުފުރާ އަކަށް ޚާއްސަކޮށްގެންނެވެ. އެއީ 14 އަހަރުން ދަށުގެ އުމުރުފުރާ، 16 އަހަރުން ދަށުގެ އުމުރުފުރާ އަދި 18 އަހަރުން ދަށުގެ އުމުރުފުރާ އެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ޔަސީން ހޯދީ ފައިނަލް ހީޓުގައި 9.83 ގެ ސްކޯއެއް ހޯދައިގެންނެވެ. ފައިނަލް ހީޓުގައި ޔަސީންއާ ވާދަކުރި ނޫހު މުޙައްމަދު ދުނައިމް ވަނީ 6.57 ގެ ސްކޯއެއް ހޯދައިފަ އެވެ. މިދިޔަ އަހަރު އޮތް ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ޗެމްޕިއަން އަކީ ވެސް ޔަސީން އެވެ.

މީގެ އިތުރުން ޔަސީން ވަނީ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލް ހީޓުގައި ވެސް ވާދަކޮށްފަ އެވެ. ނަމަވެސް، 16 އަހަރުން ދަށުގެ ފައިނަލް ހީޓުގައި ޔަސީން ވަނީ ނާކާމިޔާބުވެފަ އެވެ. ޔަސީންގެ މައްޗަށް ކުރި ހޯދައި 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ކަޔާން އެވެ. އެއީ 11.33 ގެ ސްކޯއެއް ހޯދައިގެންނެވެ. މި އުމުރުފުރާގެ ފައިނަލް ހީޓުގައި ޔަސީން އަށް ލިބިފައި ވަނީ 7.24 ގެ ސްކޯއެކެވެ. މިދިޔަ އަހަރުގެ މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔަސީން އެވެ.

މީގެ އިތުރުން މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އިނާން އެވެ. ފައިނަލް ހީޓުގައި އިނާންގެ ސްކޯ އަކީ 10.17 އެކެވެ. އިނާންއާ ވާދަކުރި ޔޫސުފް ކަޔާން ހަމްދާން ޒަކީ އަށް ލިބިފައި ވަނީ 7.50 ގެ ސްކޯއެކެވެ.

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްމޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
02 ނޮވެމްބަރު 2024

ހޫދު، ރަންނަމާރި ޗެލެންޖު ކާމިޔާބު ކޮށްފި

02 ނޮވެމްބަރު 2024
ހޫދު، ރަންނަމާރި ޗެލެންޖު ކާމިޔާބު ކޮށްފި
06 ފެބުރުއަރީ 2024

ގައުމީ ސާފިން ކޯޗަކަށް އިބޫ

06 ފެބުރުއަރީ 2024
ގައުމީ ސާފިން ކޯޗަކަށް އިބޫ
20 ޖުލައި 2023

"ރާޅު ރާއްޖެ" ކެމްޕެއިނާއެކު ޤައުމީ ޓީމުތަކަށް އިތުރު ހިތްވަރެއް!

20 ޖުލައި 2023
"ރާޅު ރާއްޖެ" ކެމްޕެއިނާއެކު ޤައުމީ ޓީމުތަކަށް އިތުރު ހިތްވަރެއް!
18 ޖުލައި 2023

އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ގައުމަކަށް ޖަޕާން

18 ޖުލައި 2023
އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕް: އެންމެ ކާމިޔާބު ގައުމަކަށް ޖަޕާން
03 ފެބުރުއަރީ 2022

އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި ބޮޑީބޯޑިން ވޯލްޑް ޓުއާ ރާއްޖޭގައި ބާއްވަނީ

03 ފެބުރުއަރީ 2022
އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި ބޮޑީބޯޑިން ވޯލްޑް ޓުއާ ރާއްޖޭގައި ބާއްވަނީ
23 ނޮވެމްބަރު 2021

100 އަށްވުރެ ގިނަ ރާޅާއެޅުންތެރިންނާއެކު ގައުމީ ރާޅާއެޅުމުގެ މުބާރާތް ފަށައިފި

23 ނޮވެމްބަރު 2021
100 އަށްވުރެ ގިނަ ރާޅާއެޅުންތެރިންނާއެކު ގައުމީ ރާޅާއެޅުމުގެ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް