Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސްކިތްތައް ބިނާކުރުން

މިސްކިތްތައް ބިނާކުރަން ސަރުކާރުން ކުރާ މަސައްކަތާ އެއްވަރަށް ކޮންޓްރެކްޓަރުންވެސް މަސައްކަތްކުރަންޖެހޭ- މިނިސްޓަރު

އައްޑޫ ސިޓީ މީދޫގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 700 މީހުންގެ ޖާގައިގެ މިސްކިތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖުލައި 2023 | ހޯމަ 08:07
އައްޑޫ ސިޓީ މީދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު

އައްޑޫ ސިޓީ މީދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު

މިސްކިތްތައް ބިނާކުރަން ސަރުކާރުންކުރާ މަސައްކަތާ އެއްވަރަށް ކޮންޓްރެކްޓަރުންވެސް މަސައްކަތްކުރަންޖެހޭކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ އައްޑޫ ސިޓީ މީދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖެއަށް ވަރަށްގިނަ ޢުމްރާނީ ތަރައްޤީ ގެންނަވާފައިވާކަމަށެވެ.

އަދި މިހުރިހާ ކަމެއްގެ ތެރެއިން، ދީނީ ޝިޢާރުގެގޮތުގައި މިފެންނަ މިސްކިތްތަކުންވެސް އެ ތަރައްޤީގެ އަސަރުތައް ފެންނަކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރުގެ މިސްކިތްތަކުގެ ޑިޒައިންތަކަށް ބައްލަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު މިހާރުގެ މިސްކިތްތަކުގެ ޑިޒައިން ތަފާތުވާނެކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު، އައު ޑިޒައިންތަކަށް އިމާރާތްކުރާ މިސްކިތްތައްކަމަށެވެ.

މިހާތަނަށް 12 މިސްކިތެއްގެ މަސައްކަތް ނިމިފައިވާއިރު 19 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެގްރީމަންޓް ހަދާ ކޮންމެ މިސްކިތަކީ 1 އަހަރުދުވަހުގެތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މިސްކިތްތަކެއް ކަމަށެވެ.

އަދި މިހާރު މަސައްކަތް ކުރަމުންދާ 19 މިސްކިތުގެ މަސައްކަތް ނިންމުމަށްވެސް ދީފައިވަނީ ހަމަ އެ މުއްދަތުކަމަށާއި މުއްދަތުގެތެރޭގައި މިސްކިތްތަކުގެ މަސައްކަތް ނިންމިނަމަ އެ މިސްކިތްތައްވެސް މިއަދު މިހާހިސާބަށް ހުންނާނީ ނިމި، ރައްޔިތުންނަށް ބޭނުންކުރެވޭވަރުވެފައިކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން މި ކުރައްވާ މަސައްކަތްކުރިއަށް ގެންދިޔުމަށްޓަކައި، މަސައްކަތުގެ ކޮންޓްރެކްޓަރުންވެސް  އެހީތެރިކަންދީ، އެއްބަސްވެފައިވާ މުއްދަތަށް އެ މަސައްކަތް ނިންމަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިސްކިތްތަކަކީ ރަށެއްގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް އެކަމުގައި އެކުލެވިގެންވާ ބިނާއަކަށްވާއިރު މިސްކިތްތައް ބިނާކުރުމަށް ދެވޭ މުއްދަތަކީވެސް ވަކިގޮތަކަށް ބަލައިގެންދެވޭ މުއްދަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން އެރަށެއްގައި ބިނާކުރުމަށް ކަނޑައެޅޭ މިސްކިތުގެ ޖާގަކުޑަވުމުގެ މައްސަލަ ދިމާވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ކަނޑައަޅާފައިވާ މުއްދަތަށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ މުހިންމުކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީ މީދޫގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، މި މަޝްރޫޢުއަކީ 13,947,943.70 (ތޭރަ މިލިއަން ނުވަލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ލާރި)ގެ މަޝްރޫއެކެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިންމަންޖެހެނީ 365 ދުވަހުގެ ތެރޭގައެވެ.

މިސްކިތްއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
29 ނޮވެމްބަރު 2025

ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު

29 ނޮވެމްބަރު 2025
ރާއްޖޭގައި ބިނާ ކުރަމުންދާ ފަނަރަ ވަރަކަށް މިސްކިތް ރަމަޟާން މަހުގެ ކުރިން ނިންމާނަން: ރައީސް މުއިއްޒު
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
25 ނޮވެމްބަރު 2025

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް

25 ނޮވެމްބަރު 2025
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު