Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ސިޔާސީ ޕާޓީތައް

މިއަދު އޮތް ވެރިކަމަކީ ރައްޔިތުންނަށް ޖެހިފައިވާ ބޮޑު ގިލަންވެރިކަމެއް: ސިފާ

މަޖިލީހުން 45 މެންބަރުން ނުކުތުން އެއީ ވަރަށް ބޮޑު ކަމެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 ޖުލައި 2017 | ހުކުރު 22:00
މާލޭ ސިޓީގެ މޭޔަރ ސިފާ: މެންބަރުންގެ ގޮނޑި ދިފާއުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި

މާލޭ ސިޓީގެ މޭޔަރ ސިފާ: މެންބަރުންގެ ގޮނޑި ދިފާއުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި

މިއަދު އޮތް ވެރިކަމަކީ ރައްޔިތުންނަށް ޖެހިފައިވާ ވަރަށްބޮޑު ގިލަން ވެރިކަމެއް ކަމަށާއި ރައްޔިތުން އެންމެ ތާއީދުކުރާ ލީޑަރުން ގުޅިގެން މަސައްކަތް ކުރަން ފެއްޓެވީ އެ ސަބަބަށްޓަކައި ކަމަށް މާލޭގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބ. އަތޮޅު ތުޅާދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސިފާ ވިދާޅުވީ އިސްލާހީ ހަރަކާތުގައި އިދިކޮޅު ލީޑަރުން ގުޅިގެން ކުރާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުން ނުކުތުން އެއީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެބޭފުޅުންގެ ގޮނޑި ގެއްލިގެން ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ސިފާ ވިދާޅުވީ ޖުލައި 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާއިރު މުޅި ރާއްޖެއިން މީހުން މާލެއަރާ މަޖިލިސް ދޮށުގައި އެ މެންބަރުންނަށް ހިތްވަރު ދޭން ޖެހޭ ކަމަށެވެ.

"45 އެއް ހަމަވީމާ މިވަޑައިގަތީ ވައްކަމެއް ކުރުމަށް ކޯޓަށް ހަމަ ޕީޕީއެމް އަތުލައިގެން ގޮތަށް. މިއީ ދަރުބާރު ފެކްޝަނެއް ވެސް ނޫން ގަދަބާރު ފެކްޝަން. އެފެކްޝަނަށް ތައްޔާރުނުވެވިގެން ލޯކަލް ކއުންސިލް އިންތިޚާބު ފަސްކުރީ. ހަމަ އެގޮތައް މިފަހަރު ވެސް ކޯޓަށް ވަޑައިގަތީ. ކޮންމެ ގޮތަކަށް އެތަނުން އެއްޗެއް ނެރުނަސް ރައްޔިތުން ޤަބޫލެއް ނުކުރޭ،" ސިފާ ވިދާޅުވިއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ދަރިވަރުން ހޯދި ކާމިޔާބީއަށް އިޝަރާތް ކުރައްވާ ސިފާ ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި ކުދިން ބާކީ ނުކުރާވަރަށް ކުދިން ބާކީކޮށްފައިވާ އަހަރެއް ކަމަށެވެ. އެގޮތުން ސިފާ ވިދާޅުވީ ރަނގަޅު ނަތީޖާ ނެރެފައި ވަނީ ގިނަ ކުދިން ބާކީކުރުމަށް ފަހު މޮޅު ކުދިންކޮޅު އެކަނި އިމްތިހާނުގައި ބައިވެރިކޮށްގެން ކަމަށެވެ.

ރައީސް ޔާމީންއަށް ތާއީދު ހޯދުމަށް ދައްކަމުންދިޔަ އެއްވެސް ވާހަކައެއް ހަޤީގަތަކަށް ނުވި ކަމަށާއި ބޭނުނ ކުރެއްވި އެއްވެސް ނަމެއް ނުވިއްކުނު ކަމަށެވެ. އެގޮތުން ސިފާ ވިދާޅުވީ ފުރަތަމަ އުޅުއްވީ އިކޮނޮމިސްޓެއް ކަމަށް ބުނެ އެމަނިކުފާނު ވިއްކަން ކަމަށާއި އެނަމުގައި ނުވިއްކުނީމާ ދެން ދެން މަސައްކަތްކުރި ބިޔަ ޕްރޮޖެކްޓް ގެންނަވާ ބޭފުޅެއްގެ ގޮތުގައި ވިއްކުމަށް ކަމަށެވެ. އެނަން ވެސް ނުވިއްކި ލޯކަލް ކައުންސިލް އިނތިޚާބުން ބަލިވީ ކަމަށް ސިފާ ވިދާޅުވިއެވެ.

ސިހުރު ފަންޑިތަ ޤަބޫލް ނުކުރައްވަމާ ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ ސިފާ ވިދާޅުވީ ސިހުރު ފަންޑިތައަކީ ޤަބޫލު ނުކުރައްވާ އެއްޗެއް ކަމަށް ރައީސް ޔާމީން ވިދާޅުވާއިރު ޤުރުއާންގައި ސިހުރު ފަންޑިތައިގެ ވާހަކަ އެބައޮތް ކަމަށެވެ. އެހެންކަމަށް ވާނަމަ ޤުރުއާން ދޮގުކުރައްވަނީތޯ ސިފާ ވަނީ ސުވާލު އުފައްދަވާފައެވެ.

"ކީއްވެތޯ އާ ސަހަރާ ބަންދު ކޮށްގެން ގެންގުޅުނީ. ކާކުވަޅުލަފާނެތީތޯ. ކީއްވެތޯ ހަތަރު އަނގޮޅިތައް ބަންދުކޮށްގެން އުޅުނީ. ކީއްވެތޯ ފެންފޯއް ރުއްތައް ރޯމާ ދުވާލު ކަނޑާލީ" ސިފާ ސުވާލު އުފެއްދެވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު