Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް އަންނަ ފަތުރުވެރިން

އެއްމިލިއަންވަނަ ފަތުރުވެރިއަކަށް އިނގިރޭސިވިލާތުގެ ރައްޔިތެއް!

އޭނާ ޗުއްޓީ ހޭދަ ކުރާނީ ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 ޖުލައި 2023 | އާދީއްތަ 08:05
އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓަރު ހަދިޔާ ހަވާލުކުރައްވަނީ

އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓަރު ހަދިޔާ ހަވާލުކުރައްވަނީ

މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރައިފިއެވެ.

އާދީއްތަ ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރާފައިވާއިރު އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެއް މިލިއަން ވަނަ ފަތުރުވެރިއަކަށް ވެފައިވަނީ ބްރިޓިޝް އެއަރވޭސް އިން ރާއްޖެ އައި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އެންޓޮން ޕަވްލޮވްއެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ނަމަވެސް ރަޝިއާގެ މީހެއް ކަމަށް އޭނާ ބުނެއެވެ.

ޕަވްލޮވް ރާއްޖެއާއި އަނބިމީހާ އާއި ދަރިފުޅާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އެ އާއިލާ ޗުއްޓީ ހޭދަކުރާނީ ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގައެވެ. ރާއްޖޭގައި ހަފުތާއެއް ހޭދަކުރާނެ ކަމަށް އޭނާ ބުންޏެވެ.

ޕަވްލޮވް ބުނި ގޮތުގައި މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. މި ދަތުރުގައި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެގެންދިއުމުން އުފާވާ ކަމަށާއި ދިވެހިންގެ މެހެމާންދާރީއަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު އާއި އެމްއެސީއެލް އަދި އިމިގްރޭޝަނުގެ އިސް ބައެއް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ. އިމިގްރޭޝަނުން ވަނީ އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ބޯޑަރ މައިލްސްގެ "އައިދަ" ދަރަޖަ އަރުވާފައެވެ. މީގެ އިތުރުންވެސް ތަފާތު އެކި ހަދިޔާތައް އޭނާއަށް ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ އެއް މިލިއަން ފަތުރުވެރިޔާއާއެކު މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިންގެ ޓާގެޓަށް ދިއުމުގެ މަގު ތަނަވަސްވެފައިވާ ކަމަށެވެ. މިއަހަރު ފަތުރުވެރިންގެ އަދަދު ގުނި ނަމަވެސް ސަރުކާރުން ސަމާލުކަން ދެނީ ފަތުރުވެރިކަމުން ދައުލަތަށް އަދި ރައްޔިތުންނަށް ލިބޭ މަންފާގެ މައްޗަށް ކަމަށާއި މިއަހަރު ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު ވިދާޅުވީ ލަފާ ކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވެފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮގަސްޓް މަހު އެއްމިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔާފައިވާއިރު މިއަހަރުގެ ޖުލައި މަހުގައި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަކީ ރަނގަޅު ފާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސަރުކާރުގެއާއި އެމްއެމްޕީއާރުސީގެ މިއަހަރުގެ ޓާގެޓުތައް އެބަހުރި ކަމަށާއި އަހަރު ނުނިމެނީސް އެ ޓާގެޓުތައް ހާސިލްކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ތޮއްޔިބު ވިދާޅުވިއެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. ދެވަނައިގައި ރަޝިއާ އޮތް އިރު އިނގިރޭސިވިލާތާއި ޗައިނާ އާއި ޖަރުމަނާއި އިޓަލީ އަދި އެމެރިކާފަދަ ޤައުމުތަކުން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.

މިއަހަރު ފެށިއިރު މިއަހަރު ތެރޭ ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރިއެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލައި މިއަހަރު 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މިހާރު ވަނީ ލަފާ ކޮށްފައެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2018

އިނގިރޭސިވިލާތުގެ ޕާލިމެންޓް ދެ މެމްބަރަކު އައީ އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް: އިލެކްޝަންސް

27 އޯގަސްޓު 2018
އިނގިރޭސިވިލާތުގެ ޕާލިމެންޓް ދެ މެމްބަރަކު އައީ އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް: އިލެކްޝަންސް
23 އޯގަސްޓު 2018

ސަރުކާރު ދިފާއުގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޕާލިމެންޓް މެމްބަރަކު އިލެކްޝަންސް ކޮމިޝަނަށާއި އެންސީއައިޓީއަށް!

23 އޯގަސްޓު 2018
ސަރުކާރު ދިފާއުގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޕާލިމެންޓް މެމްބަރަކު އިލެކްޝަންސް ކޮމިޝަނަށާއި އެންސީއައިޓީއަށް!
18 މާރިޗު 2018

ކޮންމެ ރައްޔިތެއްގެ ވާޖިބަކަށް ވެފައިވަނީ މުސްލިމް ދައުލަތެއްގެ ސިފަ ގެނައުން: އަހުމަދު ޢަބްދުﷲ

18 މާރިޗު 2018
ކޮންމެ ރައްޔިތެއްގެ ވާޖިބަކަށް ވެފައިވަނީ މުސްލިމް ދައުލަތެއްގެ ސިފަ ގެނައުން: އަހުމަދު ޢަބްދުﷲ
23 ޖެނުއަރީ 2018

ފަތުރުވެރިއަކަށް އެއްވެސް ހިދުމަތެއް މެދުކެނޑޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ކުރުމަކީ ރަނގަޅު ކަމެއް ނޫން: ކްރައުން ނަޒީރު

23 ޖެނުއަރީ 2018
ފަތުރުވެރިއަކަށް އެއްވެސް ހިދުމަތެއް މެދުކެނޑޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ކުރުމަކީ ރަނގަޅު ކަމެއް ނޫން: ކްރައުން ނަޒީރު
01 ޖެނުއަރީ 2018

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކަށް އިނިގިރޭސިވިލާތުގެ ޖޯޖިނާ

01 ޖެނުއަރީ 2018
މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކަށް އިނިގިރޭސިވިލާތުގެ ޖޯޖިނާ
27 ޑިސެމްބަރު 2017

ޤައުމީ ރޫހާއި އެކުވެރިކަން ކުރިއަށް ނެރުއްވުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެއް: ރައީސް ޔާމީން

27 ޑިސެމްބަރު 2017
ޤައުމީ ރޫހާއި އެކުވެރިކަން ކުރިއަށް ނެރުއްވުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެއް: ރައީސް ޔާމީން
15 ނޮވެމްބަރު 2017

ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ، ކޮންމެ ރައްޔިތެއްގެ ބޮލަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު ދަރަންޏެއް!

15 ނޮވެމްބަރު 2017
ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ، ކޮންމެ ރައްޔިތެއްގެ ބޮލަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު ދަރަންޏެއް!
09 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް
15 ޖުލައި 2017

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕުން ބައްދަލުކޮށްފި!

15 ޖުލައި 2017
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕުން ބައްދަލުކޮށްފި!
24 މާރިޗު 2017

ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް

24 މާރިޗު 2017
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު