Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޓޫރިޒަމް އެވޯޑްސް

ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި

މިއަހަރުގެ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 3 ވަނަ ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 ޖުލައި 2023 | އާދީއްތަ 03:29
2022 ގެ ޓޫރިޒަމް އެވޯޑްސްގައި ރައީސް އެވޯޑް ހަވާލުކުރައްވަނީ

2022 ގެ ޓޫރިޒަމް އެވޯޑްސްގައި ރައީސް އެވޯޑް ހަވާލުކުރައްވަނީ

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2023އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ޖޫން މަހު މި ފުރުސަތު ހުޅުވާލީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އެގޮތުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި ވާ ހޯމަ ދުވަހުގެ މެންދުރު 1:00 އެވެ.

މި އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އަގު ވަޒަންކުރުން ކަމަށް ސަރުކާރުން ދޭ އެވޯޑެކެވެ. މިއަހަރު ތަފާތު ކެޓަގަރީތަކަކުން ޖުމްލަ 59 އެވޯޑް ދިނުމަށް ނިންމާފައިވާއިރު ކޮންމެ ކެޓަގަރީއަކުން އެވޯޑްތައް ދިނުމަށް ވަކި ޕެނަލެއް ވަނީ އެކުލަވާލާފައެވެ.

މިއަހަރު އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޓޫރިސްޓް ރިސޯޓުތަކަށާއި، މެރީނާތަކަށާއި، ޓޫރިސްޓް ހޮޓެލްތަކަށާއި، ގެސްޓްހައުސްތަކަށާއި، ސަފާރީ އުޅަނދުތަކަށާއި އަދި ޓްރެވަލް އެޖެންސީތަކަށެވެ. އަދި ޑައިވް ސެންޓަރުތަކަށާއި ވޯޓަރ ސްޕޯޓްސް ސެންޓަރުތަކަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރިސޯޓުތަކަށް ޖުމްލަ 16 ދާއިރާއަކުން އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ގެސްޓްހައުސްތަކަށް 15 ދާއިރާއަކުން، ޓޫރިސްޓް އުޅަނދުތަކަށް ޖުމްލަ 13 ދާއިރައަކުން އަދި، ޓްރެވަލް އެޖެންސީތަކާއި ޑައިވް ސެންޓަރުގެ އިތުރުން ވޯޓަރ ސްޕޯޓްސް ސެންޓަރުތަކަށް 5 ދާއިރާއިން އެވޯޑަށް ކުރިމަތިލެވޭނެއެވެ.

މީގެއިތުރުން ޓޫރިޒަމް ޕްރޮފެޝަނަލުންނަށް 10 ދާއިރާއަކުން ވަނީ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އެވޯޑަށް ކުރިމަތިލުމުގެ ގައިޑްލައިން އާންމުކޮށްފައެވެ. އެވޯޑަށް ކުރިމަތިލާން ޖެހޭނީ އޮންލައިންކޮށެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް، ޓޫރިޒަމް މިނިސްޓްރީން އަލަށް ދޭން ފެށީ މިދިޔަ އަހަރުގައެވެ. މިއަހަރުގެ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 3 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު