ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް ބަދަލުކުރަމުންދާތީ މިހާރު ޓްރެފިކް ފްލޯ ބަލަހައްޓާނީ މެނުއަލްކޮށް
16 ޖުލައި 2023 | އާދީއްތަ 02:33މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި


ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ބްރިޖުގައި ހުރި ޓްރެފިކް ލައިޓުތައް އެރޯ ޓްރެފިކް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ މިވަގުތު ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ މެނުއަލްކޮށް ކަމަށެވެ.
އެހެންކަމުން ބްރިޖުގައި ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެރޯ ޓްރެފިކް ލައިޓުތަކާއެކު ބްރިޖުގެ ޓްރެފިކް ބެލެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.




