Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝާހިދު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު

ފޮރިން މިނިސްޓަރު ޝާހިދު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރާއްޖެއާއި އިންޑިއާއާ ދެމެދު އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި 9 އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖުލައި 2023 | ބުރާސްފަތި 21:46
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދާއި މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.އެސް ޖައިޝަންކަރު ރަސްމީ މަޝްވަރާކުރެއްވުން

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދާއި މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.އެސް ޖައިޝަންކަރު ރަސްމީ މަޝްވަރާކުރެއްވުން

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދުގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް. ޖައިޝަންކަރުއާ ބައްދަލުކުރައްވާފަ އެވެ. އަދި ދެޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމާގުޅޭ އެންމެހައި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ދެޤައުމުގެ މެދުގައިވާ ތާރީޚީ ގުޅުމުގެ މައްޗަށް މިބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދެޤައުމަށް ވެސް މުހިއްމު، ޙައްސާސް މައްސަލަތަކުގައި އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުންދީ ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް އެފަދަ މައްސަލަތަކުގައި އެކުގައި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވަނީ ދެޤައުމުންވެސް ދީފައެވެ. ތަރައްޤީއާއި ފަތުރުވެރިކަމުގެ ދާއިރާއާއި އިންސާނީ ވަޞީލަތްތައް ކުރިއެރުވުމުގަ އާއި ބައިނަލްއަޤުވާމީ ކަންކަމުގަ އާއި ދެޤައުމުގެ ރައްޔިތުންނަށް ކުރިމަތިވާ ކަންކަމުގައި ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެވަޒީރުންގެ ޚިޔާލުތައް ވަނީ މިބައްދަލުވުމުގައި ފާޅުކުރައްވާފަ އެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ އައު ދާއިރާތަކާއި ގޮތްތައް ދިރާސާކޮށް ދެނެގަތުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރު ޝާހިދު އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި 9 އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

ހަމައެއާއެކު، މިނިސްޓަރު ޝާހިދު ވަނީ އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒުން ބޭއްވި 43 ވަނަ ސަޕްރޫ ހައުސް ލެކްޗަރގައި ތަޤުރީރުކުރައްވާފައެވެ. "ދަ ޕަވަރ އޮފް ސްމޯލް – ދަ މޯލްޑިވްސް ސްޓޯރީ"ގެ ޞުރުހީގެ ދަށުން ދެއްވި ތަޤުރީރުގައި މިނިސްޓަރު ޝާހިދު ވަނީ ކުޑަ ޤައުމެއްގެ ގޮތުގައި އޮވެ ބައިނަލްއަޤުވާމީ ޑިޕްލޮމަސީގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރުމަށް ދިވެހިރާއްޖެއިން ބޭނުންކޮށްފައިވާ އިސްތިރާތީޖިއްޔާތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

އަދި، މިދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ ޝަރަފުގައި އިންޑިއާގައި ހުންނަ ހައި ކޮމިޝަނުން ބޭއްވި ޙަފުލާގައި ބައިވެރިވެވަޑައިގަންނަވައި މިނިސްޓަރު ޝާހިދު ވަނީ ނިއު ދިއްލީގައި ތިއްބަވާ އެކި ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ ބައްދަލުކުރައްވާފައެވެ.

މީގެއިތުރުން، މިނިސްޓަރު ޝާހިދު ވަނީ ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތް ކުރައްވައި އެ މިޝަނުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނާއި އެހެނިހެން މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ އެކި މީޑިއާތަކާ ބައްދަލުކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމާއި ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރާއި އެތަޞައްވުރުގައި އިންޑިއާގެ މުހިއްމު ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރު ޝާހިދަށް އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިބްރާހީމް ޝަހީބް އާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، އައި.އޯ.އާރު. މރ. ޕުނީތް އަގަރްވާލް އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު