Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދަރަނި

ދަރަނީގެ ކަނޑެއްގައި 3 ބިލިއަނަށްވުރެ ގިނަ މީހުން ޣަރަޤުވަނީ!

ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް 2022 ވަނަ އަހަރަކީ ޕަބްލިކް ޑެބްޓް، ރެކޯޑް މިންވަރަކަށް އުފުލިގެންދިޔަ އަހަރެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 ޖުލައި 2023 | ބުރާސްފަތި 10:21
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް

ސިޔާސީ ޕޯޑިއަމްތަކުން އެންމެ ބާރަށް އިވޭ އަޑަކަށް ވެފައި އޮންނަނީ ގައުމު ދަރަނިވެރިވެފައި ވާ ވާހަކައެވެ. ގައުމު ދަރަނިވެރި ކުރަނީ ވެރިކަމުގައި އޮތް ބާރެއްގެ ނާގާބިލުކަން ސާބިތުކޮށްދިނުމަށް އިދިކޮޅުން މަސައްކަތް ކުރާއިރު، އެކަމުގެ ދިފާއަށް ވެރިކަމުގެ ބާރުންވެސް ވާހަކަދައްކައެވެ. މިއީ އަދުގެ ދުނިޔެއަށް ބަލާއިރު ވަކި އެވެނި މިވެނި ގައުމަކަށް ޚާއްޞަ ކަމެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލައިލިކަމުގައި ވީނަމަވެސް މިކަން އޮތީ މިހެންނެވެ. ދަރަނީގެ ތަކުލީފު އުފުލަންނުޖެހޭ ގައުމެއް މަދެވެ. އދ.ން އެންމެ ފަހުން އާންމުކުރި ރިޕޯޓްވެސް އެކަމަށް ހެކިދެއެވެ.

އދ.ގެ ރިޕޯޓް ބުނާގޮތުގައި، މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް 2022 ވަނަ އަހަރަކީ ޕަބްލިކް ޑެބްޓް، ރެކޯޑް މިންވަރަކަށް އުފުލިގެން ދިޔަ އަހަރެކެވެ. ޕަބްލިކް ޑެޓްގެ މާނައަކީ ތަރައްގީގެ ފަންޑު ހިންގުމަށްޓަކައި ސަރުކާރުތަކުން އެ ގައުމެއްގެ އާންމު ރައްޔިތުންނަށް ދަރާފައިވާ ދަރަންޏެވެ. ނުވަތަ ފައިސާގެ މިންވަރެވެ. 2022 ވަނަ އަހަރު، ދުނިޔޭގެ ޕަބްލިކް ޑެބްޓް ވަނީ 92 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) މގެ ބަލިމަޑުކަން ފަދަ ކާރިސާތަކުން އަރައިގަތުމަށް ގައުމުތަކުން ދަރަންޏަށް ނެގި ފައިސާގެ ސަބަބުން ވެގެން އުޅޭ ގޮތެއް ކަން އދ.ން ފާހަގަކުރެއެވެ. މި ކަމުގެ ތަކުލީފު އެންމެ ބޮޑަށް އުފުލަމުންދާ ބަޔަކީ ތަރައްގީވަމުން އަންނަ ގައުމުތައްކަންވެސް އދ.ން ފާހަގަކުރެއެވެ.

ޖުލައި 14އިން ޖުލައި 18ގެ ނިޔަލަށް ކުރިއަށް ގެންދާ ޖީ-20 މެންބަރު ގައުމުތަކުގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންގެ ބައްދަލުވުމާ ދިމާކޮށް އދ.ން ޖުލައި 12 ވަނަ ދުވަހު އާންމުކުރި ރިޕޯޓްގައި ވާގޮތުން، ދޭސީ އަދި ބިދޭސީ ފަރާތްތަކަށް ގައުމުތަކުން ދަރާފައިވާ ދަރަނި ވަނީ މިދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި 5 ގުނައަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ. މިއީ ހޯދުނު އިގްތިސާދީ ކުރިއެރުމާ އަޅައިބަލާއިރު ނުބައްދަލު، ބޮޑު މިންވަރެކެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ، މައްސަލައެއް އުޅޭކަން ބާޒާރުމަތިން ފާހަގަ ނުވެދާނެ ކަމަށާއި، ނަމަވެސް އެންމެ ފަގީރު ގައުމުތަކަށް ބަލައިލުމުން، އެ ގައުމުތަކަށް އޮތީ ދަރަނި ޚަލާސް ކުރުމާއި ރައްޔިތުންނަށް ޚިދުމަތްކުރުމާމެދު ގޮތެއް އިޚުތިޔާރުކުރަން މަޖުބޫރުވެފައިކަން ފާހަގަކުރައްވާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން، ސަރުކާރުތަކުން އާންމު ރައްޔިތުންނަށް ދަރާފައިވާ ދަރަނީގެ ގާތްގަނޑަކަށް 30 ޕަސެންޓް ހިއްސާކުރަނީ ތަރައްގީވަމުން އަންނަ ގައުމުތަކުންނެވެ. އޭގެ 70 ޕަސެންޓް ހިއްސާކުރަނީ ޗައިނާ، އިންޑިއާ އަދި ބްރެޒިލެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 59 ގައުމަކީ، އެ ގައުމެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ރޭޝިއޯއަށް ބަލާއިރު، 60 ޕަސެންޓް ދަރަނި ބޮޑުވެފައިވާ ގައުމެކެވެ. މިއީ ދަރަނިވެރިވެއްޖެކަމަށް ބަލާ މިންގަނޑަށްވުރެ މަތީ އަދަދެކެވެ.

ދުނިޔޭގެ މާލީ ނިޒާމު މި ވަގުތު ފަރުމާކޮށްފައި އޮތް ގޮތަށް ބަލާއިރު، މާލީ އެހީ ހޯދުމަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަތްފޯރާ ހިސާބެއްގައި އޮތް ފުރުސަތެއް ނޫންކަމަށް އދ.ން ބުނެއެވެ. ހަލުއިކަމާއެކު ކުރިއަރަމުން އަންނަ 50 އިޤްތިޞާދަކަށް ބަލާއިރު، އިންޓްރެސްޓްގެ ގޮތުގައި އެ ގައުމުތަކުން ދައްކަންޖެހޭ މިންވަރަކީ، އާމްދަނީއަށްވުރެ 10 ޕަސެންޓް ބޮޑު މިންވަރެއްކަންވެސް އދ.ން ވަނީ ފާހަގަކޮށްފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށްގެންދާ އިދާރާތަކުން މިހާރު އަމަލު ކުރަމުންދާ އުސޫލުތަކަށް ބަދަލުތަކެއް ގެނެސް، މާލީ ނިޒާމުގެ ފުރުސަތުތައް ވީހާވެސް ފަހިކުރުމަށް އދ.ން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު