Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅީގެ ތަރައްޤީގެ މަޝްރޫޢުތައް

ގުޅި އަށް ރައީސް ދެއްވީ ހެޔޮ ޚަބަރުތަކެއް - ބިން ހިއްކުމާއި އޭޓީއެމްގެ ޚިދުމަތް އަދި ސިއްޙީ މަރުކަޒުގެ މަސައްކަތުގެ ހެޔޮ ފާލު

އޭޓީއެމް ގާއިމްކުރަން ހަމަޖެހިފައިވާ ރަށްތަކުގެ ލިސްޓުގެ ކުރީގައި ކ.ގުޅި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ޖުލައި 2023 | ބުރާސްފަތި 10:07
ރައީސުލްޖުމްހޫރިއްޔާ ގުޅީ އެމްޑީޕީ ޖަގަހަ ހުޅުއްވައިދެއްވުން

ރައީސުލްޖުމްހޫރިއްޔާ ގުޅީ އެމްޑީޕީ ޖަގަހަ ހުޅުއްވައިދެއްވުން

ގުރައިދޫ ދާއިރާގެ ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެ ކަމަށާއި މީގެ ކުރިން ވެސް އެ ދާއިރާގެ ރަށްރަށުގެ ރައްޔިތުން އެދުނު ކަންކަން ކޮށްދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކ.ގުޅި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތަކީ އެ ރަށުން އެންމެ ބޮޑަށް އެދެމުން އައި މަސައްކަތް ކަމަށެވެ. އެ މަސައްކަތަށް އިސްކަން ދެއްވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ގުޅީގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފަށާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އޭޓީއެމް ގާއިމްކުރަން ހަމަޖެހިފައިވާ ރަށްތަކުގެ ލިސްޓުގެ ކުރީގައި ކ.ގުޅި އޮތް ކަމަށް ވިދާޅުވިއެވެ. އެ ރަށުގެ ސިއްހީ މަރުކަޒުގެ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކުގެ ތެރޭގައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭޓީއެމްގެ ޚިދުމަތަކީ ގުޅީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ޚިދުމަތް ކަމަށް އެ ރަށުގެ އާއްމުން ބުނެއެވެ. އަދި ރަށުގެ ޒަމާންވީ ބިމުގެ ދަތިކަމުގެ މައްސަލަ އަށް ސަރުކާރުން ހައްލު ހޯދައި ދިނުމަކީ ނުހަނު އުފާ ކުރާ ކަމެއް ކަމަށް އާއްމުން ވަނީ ބުނެފައެވެ.

މާލެ އަތޮޅު (ކ. އަތޮޅު) ގުޅިއަކީ ރާއްޖޭގެ އާންމު ރަށްރަށުގެ ސައިޒާ އަޅާބަލާއިރު އެތައް ގުނައެއް ކުޑަ ރަށެކެވެ. ކުޑަކުޑަ ގުޅީގެ ޖުމްލަ ބޮޑުމިނުގައި ހުރީ އެންމެ 9.19 ހެކްޓަރެވެ.

ރަށްވެހިންގެ ރަޖިސްޓްރީއަށް ބަލާއިރު، ގުޅީގެ ރަޖިސްޓްރީކޮށްފައިވާ އާބާދީގައި ހާހެއް ހަމައެއް ނުވެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ގުޅީގެ އެމްޑީޕީގެ ޖަގަހަ ހުޅުވާދެއްވާފައެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު