Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުއްގިރި ހިޔާނާތް

ބޮންޑާގެ ހެކިބަސް: ފުއްގިރީގެ އަގު ކުޑަކުރީ ބޭރުގެ ކުންފުނިން ރަށުގެ އަސްލު އަގުގައި ގަންނަން ތައްޔާރަށް އޮއްވައި

އެ މުއާމަލާތާއި ގުޅިގެން 150،000 ޑޮލަރު އިނިޝަލް ޕޭމަންޓެއްގެ ގޮތުން ބޭރުގެ ކުންފުނިން ދެއްކި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 ޖުލައި 2023 | ބުރާސްފަތި 05:32
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ފުރަތަމަ ހެކިވެރިއެއްގެ ގޮތުން ހާޒިރުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) އެވެ.

Advertisement - newsAdvertisement

ބޮންޑާ ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތް ހިނގިއިރު އޭނާއަކީ އަމިއްލައަށް މަސައްކަތް ކުރާ ފަރާތެއް ކަމަށާއި، އޭނާ ހުރީ ދައުލަތުގެ ނުފޫޒެއް ފޯރާ ހިސާބެއްގައެއް ނޫން ކަމަށެވެ.

އޭރު ކުންފުންޏެއް (އައިބީއާރް މޯލްޑިވްސް) ރަޖިސްޓްރީ ކޮށްގެން ޓޫރިޒަމާ ގުޅުންހުރި މަސައްކަތްތަކެއް ކުރަމުން ދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުއްގިރީގެ ކޮންސެޕްޓް ޑިޒައިނިންގ އާއި އީއައިއޭއާ ގުޅޭ ކަންކަމުގައި ބޭރުގެ ކްލަސިކް ސިޓީ ދުބާއީ ކުންފުނީގެ މަންދޫބެއްގެ ގޮތުން އޭނާގެ ކުންފުނިން ފައިސާ ދައްކާފައިވާނެ ކަމަށާއި، އެ ފައިސާއަކީ ބޭރުގެ ކުންފުނިން ފޮނުވި ފައިސާކަމަށް ބޮންޑާ ވިދާޅުވިއެވެ. އެގޮތުން އެ މުއާމަލާތާއި ގުޅިގެން 150،000 ޑޮލަރު އިނިޝަލް ޕޭމަންޓެއްގެ ގޮތުން ބޭރުގެ ކުންފުނިން ދެއްކިކަމަށް ބޮންޑާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީއަށް އެ ފައިސާ ޖަމާކުރުމަށް އަލީ ސަލީމް ނަމަކަށް ކިޔާ މީހެއް އަތަށް ޗެކެއް ދީފައިވާނެކަމަށް ބޮންޑާ ވިދާޅުވިއެވެ. އަލީ ސަލީމަކީ ކްރިކް ރިޒާއާއެކު އުޅޭމީހެއްގެ ގޮތުގައި ފެނިފައިވާކަމަށްވެސް ބޮންޑާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އަހުމަދު ކްރިކް ރިޒާއަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް އޮވެގެން ނުވާނެކަމަށްވެސް ބޮންޑާ ވިދާޅުވިއެވެ. އޭރު ކްރިކް ރިޒާ އުޅުނީވެސް އެސްޓީއޯގައިކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މުއާމަލާތުގެ 6 ވަރަކަށް ދުވަސް ފަހުން ބޭންކް ސްޓޭޓްމަންޓެއް ނަގައިގެން ބެލިއިރު، އެމްއެމްޕީއާރްސީއަށް ދެއްކި އެ ފައިސާ ޖަމާވެފައި އޮތީ އެސްއޯއެފަށް ކަމަށާއި، އެކަމާ އޭރު ސުވާލު އުފައްދައި އޭސީސީއަށްވެސް އެކަން ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ބޮންޑާ ވިދާޅުވިއެވެ.

އޭގެ ފަހުން ޤާނޫނީ ގޮތުން ލޯފާމް މެދުވެރިކޮށް ހިނގި ކަންކަމުގައި މެނުވީ އޭނާގެ ކުންފުނިން ރަށާ ގުޅޭ މަސައްކަތެއްގައި އުޅެފައިނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޮންޑާ އިތުރަށް ވިދާޅުވީ، އަގެއް ކަނޑައެޅުމަށްފަހު، ކުއްލިއަކަށް ރަށުގެ އަގު ކުޑަވުމުން ބޭރުގެ ކުންފުނިންވެސް އެ ސުވާލު އުފެއްދި ކަމަށާއި، ކުންފުނިންވެސް އޮތީ ރަށުގެ އަސްލު އަގުގައި ރަށް ގަންނަ ގޮތަށް ކަމަށެވެ. ރަށުގެ އަގު ކުޑަވުމުން އެކަމުގައި ގޯސްތަކެއް ހުރިކަމަށް ޝައްކު ކުރެވޭކަން އޭރު ބޭރުގެ ކުންފުނީގެ ސަމާލުކަމަށްވެސް ގެނެވިފައިވާނެކަމަށް ބޮންޑާ ވިދާޅުވިއެވެ.

ރަށާ ގުޅޭ އެއްވެސް ކަމެއްގައި ދުވަހަކުވެސް އަހުމަދު އަދީބާ ބައްދަލު ކުރައްވާފައިނުވާނެކަމަށް ބޮންޑާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ދެވަނަ ހެއްކެއްގެ ގޮތުން ހާޒިރުވި އަހުމަދު ޝާއިރަކީ ތިމާވެށީގެ ދާއިރާގެ ކޮންސަލްޓެންސީ މަސައްކަތް ކުރާ ކުންފުންޏެއްގައި މަސައްކަތް ކުރައްވާ ފަރާތެކެވެ. އޭނާއަކީ އެ ކުންފުނީގެ ސީއީއޯއެވެ.

އޭނާ ވިދާޅުވީ، ފުއްގިރީގެ މުއާމަލާތާއި ގުޅިގެން ރާއްޖޭގެ މަންދޫބެއްގެ ގޮތުން ބޮންޑާ އޭނާއާ ބައްދަލު ކުރެއްވި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

10 އެޕްރީލު 2017
ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށްބުނެ ހައްޔަރުކުރި ހަނީފް ގޭބަންދު ކޮށްފި

ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށްބުނެ ހައްޔަރުކުރި ހަނީފް ގޭބަންދު ކޮށްފި

08 އެޕްރީލު 2017
ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން

ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން

03 އެޕްރީލު 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު