Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަންހެނުންގެ ވޯލްޑްކަޕް

އަންހެނުންގެ ވޯލްޑްކަޕް: ފޭވަރިޓުންނަކީ ކޮބާ؟

13 ޖުލައި 2023 | ބުރާސްފަތި 21:45

އެމެރިކާ، ސްޕޭން، އިންގްލޭންޑް، ޖާމަނީ ވަރުގަދަވާނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 13 ޖުލައި 2023 | ބުރާސްފަތި 21:45
އަންހެނުންގެ ވޯލްޑްކަޕުގައި ވާދަކުރާ ބައެއް ކުޅުންތެރިން

އަންހެނުންގެ ވޯލްޑްކަޕުގައި ވާދަކުރާ ބައެއް ކުޅުންތެރިން

އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފަށާނެ އެވެ. އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑްގައި 32 ގައުމު ވާދަކުރާ މުބާރާތުގައި މިފަހަރު ތައްޓަށް ވާދަކުރާ ގިނަ ޓީމުތަކެއް ފެނިގެންދާނެ އެވެ.

އެމެރިކާ އަކީ އަންހެނުންގެ ވޯލްޑްކަޕުގެ އެންމެ ކާމިޔާބު ޓީމެވެ. މިހާތަނަށް އެ ގައުމު ވަނީ ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިވަގުތު ދުނިޔޭގެ ރޭންކިންގެ އެއްވަނަ ގައުމަކީ ވެސް އެމެރިކާ އެވެ. މުބާރާތުގެ ހޮޓް ފެވަރިޓުންނަކީ އެމީހުންނެވެ.

ނަމަވެސް ޔޫރަޕުގެ ގައުމުތަކުން މިފަހަރު ކުރިއަށްވުރެ ވަރުގަދަ ވާދައެއް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މި ގޮތުން އެންމެ ވަރުގަދަ ޓީމަކަށް ޔޫރަޕުގައި އޮތީ 2022ގެ ޔޫރޯ ފައިނަލް ކުޅުނު ޖަރުމަނުވިލާތެވެ. އެމީހުންނަނީ ޔޫރަޕުގެ ގައުމަކަށް ވޯލްޑްކަޕް އެއްފަހަރަކަށްވުރެ ގިނައިން ހޯދުނު ހަމައެކަނި ގައުމެވެ. ޖުމުލަ ދެ ފަހަރު ވަނީ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އިނގިރޭސިންގެ ގިނަ ތަރިންނަށް ހާނިއްކަވެފައިވީ ނަމަވެސް އެމީހުންނަކީ ވެސް ތައްޓަށް ވާދަކުރާނެ ޓީމެއް ކަމަށް ބެލެވެ އެވެ. ކެނެޑާ ޓީމަކީ 2021ގެ އޮލިމްޕިކް ގޯލްޑް މެޑަލް ދުނިޔޭގެ ރޭންކިންގެ ތިން ވަނަ ސްވިޑްން ބަލިކޮށް ހޯދި ޓީމެވެ. މިހެންވެ ހައިރާންކުރުވަނިވި ޓީމަކަށް ކެނެޑާ ވާނެ ކަމަށް ގިނަބަޔަކު އުއްމީދުކުރެ އެވެ.

ސްޕޭން ޓީމުގައި ގިނައިން ތިބީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބާސެލޯނާގެ ކުޅުންތެރިންނެވެ. މީގެ ތެރޭގައި ފާއިތުވެދިޔަ ދެ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެލެޒިއާ ޕުޓެޔާސް ހިމެނެ އެވެ. މުބާރާތުގެ ކުރިން ކޯޗާ މައްސަލަޖެހި ބައެއް ކުޅުންތެރިން ޓީމުން ބާކީކުރި ނަމަވެސް ސްޕޭން މިފަހަރު ތައްޓަށްވާދަކުރާނެ ކަމަށް ބެލެވެ އެވެ.

ފްރާންސް ޓީމަކީ މުޅިން އައު ކޯޗަކާއެކު ޒުވާން ކުޅުންތެރިން ގިނަ ޓީމެކެވެ. އެމީހުން ވަނީ މުބާރާތަށް ތައްޔާރުވާން ކުޅުނު މެޗުތަކުގައި ވަރުގަދަ ޓީމުތަކާ ކުޅެ ގިނަ މެޗުތަކެއް ކާމިޔާބުކޮށްފަ އެވެ.

ބްރެޒިލް އަކީ ދުނިޔޭގެ ރޭންކިންގެ ނުވަވަނަ ޓީމެކެވެ. ނަމަވެސް އެމީހުން ހީނުކުރާފަދަ ނަތީޖާއެއް ނެރެފާނެކަމަށް ބަލަންޖެހެ އެވެ. ޓީމުގައި ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މާޓާ ވެސް ވަނީ ފަހ ވަގުތ ހިމަނައިފަ އެވެ. އޮސްޓްރޭލިޔާ ޓީމުގެ ވިދުމަކީ ޗެލްސީގެ ތަރި ސޭމް ކާ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!
09 ޖުލައި 2017

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ޖީ20 އަކީ ކޮބާ؟
28 ޖޫން 2017

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟
15 ޖޫން 2017

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟
10 ޖޫން 2017

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
25 އެޕްރީލު 2017

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017
ދިރާގު ޓީވީއަކީ ކޮބާ؟
18 މާރިޗު 2017

ޑަންޑަނާ ބޭންޑް ކޮބާ؟

18 މާރިޗު 2017
ޑަންޑަނާ ބޭންޑް ކޮބާ؟
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް