Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސެންސަސް 2022

އާމްދަނީ ހޯދުމަށް މަސައްކަތް ކުރަނީ 64 އިންސައްތަ މީހުން، އަންހެނުންގެ އަދަދު މަދު

12 ޖުލައި 2023 | ބުދަ 08:03

މަސައްކަތުގެ އުމުރުފުރާގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން 63 އިންސައްތަ އަކީ ފިރިހެނުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 ޖުލައި 2023 | ބުދަ 08:03
އެމްޕީއެލް ބަނދަރުގައި އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފެއް މަސައްކަތް ކުރަނީ

އެމްޕީއެލް ބަނދަރުގައި އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފެއް މަސައްކަތް ކުރަނީ

ރާއްޖޭގައި މަސައްކަތް ކުރާ އުމުރުފުރާގެ އާބާދީގެ ތެރެއިން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަނީ 64 އިންސައްތަ މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު މުޅި ރާއްޖޭގައި ކުރިޔަށްގެންދިޔަ ބޯހިމެނުމުގެ ރިޕޯޓު އަންގާރަ ދުވަހު އާއްމުކޮށްފައިވާއިރު އެ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި މަސައްކަތު އުމުރުފުރާގެ އާބާދީއަކީ މުޅި ޖުމްލަ އާބާދީގެ 80 އިންސައްތައެވެ. އެއީ 411،219 މީހުންނެވެ. މަސައްކަތް ކުރާ މީހުންގެ އުމުރުފުރާ ކަމުގައި ބަލަނީ އުމުރުން 15 އަހަރުން މަތީގެ ފަރާތްތަކެވެ.

Advertisement - newsAdvertisement

ބޯހިމެނުމުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަސައްކަތުގެ އުމުރުފުރާގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން 63 އިންސައްތަ އަކީ ފިރިހެނުންނެވެ. އެއީ 259،068 ފިރިހެނުންނެވެ. އަދި އަންހެނުންގެ ނިސްބަތް 37 އިންސައްތައިގައި ހުރިއިރު އެއީ 152،151 އަންހެނުންނެވެ. އަދި މި އާބާދީގެ 68 އިންސައްތަ ދިވެހިން ހިއްސާކުރާއިރު 32 އިންސަައްތަ ހިއްސާ ކުރަނީ ބިދޭސީންނެވެ.

މަސައްކަތުގެ އުމުރުފުރާގެ އާބާދީގައި ހަތަރުލައްކައަށްވުރެ ގިނަ މީހުން ތިބި ނަމަވެސް އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މީހުންގެ ނިސްބަތަކީ ނުވަތަ ލޭބަރ ފޯސްގެ ޕާޓިސިޕޭޝަން ރޭޓަކީ 64 އިންސައްތައެވެ. މީގެ ތެރެއިން އަންހެނުންނާއި ފިރިހެނުންގެ ފަރަގު ވަރަށް ބޮޑު ކަމަށް ބޯހިމެނުމުން ދައްކައެވެ.

އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ އުމުރުފުރާގައި ހިމެނޭ ފިރިހެނުންގެ ތެރެއިން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަނީ 80 އިންސައްތަ މީހުންނެވެ. އަދި މި އުމުރުފުރާގައި ހިމެނޭ އަންހެނުންގެ ތެރެއިން މަސައްކަތް ކުރަނީ 49 އިންސައްތަ މީހުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އުމުރުފުރާގެ އާބާދީގައި ވަޒީފާއެއް ހޯދުމަށް މަސައްކަތް ކޮށް، ވަޒީފާ ނުލިބެނީ ފަސް އިންސައްތަ މީހުންނަށެވެ. މި އާބާދީގައިވެސް ފިރިހެނުންނަށް ވެސް އަންހެނުން ގިނައެވެ. އެގޮތުން ވަޒީފާ ނުލިބި ތިބި އަންހެނުންގެ އަދަދު ހަ އިންސައްތައަށް އަރާއިރު ފިރިހެނުން ހިއްސާ ކުރަނީ ފަސް އިންސައްތައެވެ.

ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން މަސައްކަތް ކުރާ އާބާދީގެ ތެރެއިން ގިނަ މީހުން މަސައްކަތް ކުރަނީ އެކޮމޮޑޭޝަން އަދި ފުޑް އިންޑަސްޓްރީ އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ޑިފެންސް ދާއިރާގައެވެ. މި ދެ ދާއިރާގައި ވެސް އާބާދީގެ 15 އިންސައްތަ މީހުން މަސައްކަތް ކުރެއެވެ.

ރާއްޖޭގައި އެކި ދާއިރާތަކުން ވަޒީފާތަކަށް އަންހެނުން ނެރުމަށް ސަރުކާރުންނާއި ކުންފުނިތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަންނީ ދާއިރާތަކުން ވެސް އަންހެނުން ނެރުމަށް ގިނަ އަދަދެއްގެ ތަމްރީން ޕްރޮގްރާމްތައް ބައެއް ކުންފުނިތަކުން މިހާރު ހިންގައެވެ. ނަމަވެސް އަދިވެސް އެކަށީގެންވާވަރަށް ތަފާތު ދާއިރާތަކުން އަންހެނުން ނުފެންނަ ކަމަށް އެ ދާއިރާތަކުން ފާހަގަކުރެއެވެ.

ރާއްޖޭގައި އަންހެނުން އެންމެ ގިނައިން މަސައްކަތް ކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ތައުލީމާއި ސިއްހީ ދާއިރާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް