Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަނގުރާ އެތެރެކުރުން

މާލެއަށް 264 ބަނގުރާ ފުޅި އެތެރެކުރި މީހާ އިއުތިރާފުވުމުން ޖަލު އަދަބު ޖޫރިމަނާއަށް

12 ޖުލައި 2023 | ބުދަ 05:59

އޭނާގެ މައްޗަށް ކަނޑައަޅާފައިވަނީ 8600 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖުލައި 2023 | ބުދަ 05:59
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

މާލެއަށް 264 ބަނގުރާ ފުޅި އެތެރެކުރި މީހަކު ކުށަށް އިއުތިރާފުވުމުން، އޭނާގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މުއާވިޔަތު އަހުމަދު ސަމީރު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ އިތުރު މީހަކާއެކު ހުޅުމާލޭ ފޭސް 2 ގެ ސަފާރީ ޖެޓީ ކައިރިން ކާރެއްގައި މާލެއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ތުހުމަތުކޮށް ބެލި މައްސަލައެއްގައެވެ.

އެކަމާ ގުޅޭ މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސްއަށް ލިބިގެން ސިނަމާލެ ބްރިޖު ކައިރިން މާލެއަށް ފައިބާ ޓްރެފިކް ލައިޓު ކައިރީގައި ފުލުހުން ވަނީ ޙަރަކާތްތެރިވެފައެވެ. އަދި ކާރު އެހިސާބަށް އައުމުން ކާރު މަޑުކޮށް، ބަލައި ފާސްކުރިއިރު ކާރުގެ ޑިކީ ތެރެއިން ވަނީ 264 ފުޅި ބަނގުރާ ފެނިފައެވެ.

ވުމާއެކު، މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައާ ގުޅިގެން ދައުވާއަށް ޖަވާބު ދިނުމުގެ މަރުޙަލާގައި އޭނާ ކުށަށް އިއުތިރާފުވެފައިވެއެވެ. އަދި އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައިވެސް އިއުތިރާފު ދަމަހައްޓާފައިވާތީ ޝަރީއަތުން ވަނީ އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅާފައެވެ.

އޭގެ އިތުރުން، މިއީ އެކަށީގެންޥާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ މައްސަލައެއްކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.

އޭނާގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމާމެދު އިއުތިރާޒެއް ނެތްކަން ދައުލަތުން އަދަބާ ގުޅޭގޮތުން ފާހަގަކުރިއެވެ.

މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އޭނާ އިއުތިރާފުވެފައިވާތީ އަދަބުގެ އަސާސީ މިންގަނޑު ދަށް ކުރުމުން ކަނޑައެޅޭ އަދަބަކީ 1 މަހާއި 13 ދުވަހުގެ ޖަލު ޙުކުމެކެވެ.

ޝަރީއަތުން ވަނީ އޭނާގެ މައްޗަށް ޖަލު އަދަބު ނޫން އަދަބެއް ކަނޑައެޅުމުގެ މަސްލަޙަތު މާ ބޮޑުކަމަށް ފާހަގަކޮށް، ދައުލަތުންވެސް އިއުތިރާޒު ނުކުރާތީ އޭނާގެ ޖަލު ޙުކުމް ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފައެވެ.

ވުމާއެކު، އޭނާގެ މައްޗަށް ކަނޑައަޅާފައިވަނީ 8600 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ. އެ ފައިސާ ދެމަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ޙުކުމުގައިވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
08 މާރިޗު 2017

ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!

08 މާރިޗު 2017
 ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!
26 ފެބުރުއަރީ 2017

ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް