Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

އަލީ ވަޙީދުގެ ފުރަތަމަ ފޯކަސް ފުޓުބޯޅަ އަށް، އިސްލާޙީ މަސައްކަތަށް އިތުރު ހިތްވަރެއް؟

އެފްއޭއެމް އިސްލާހު ކުރުމަށް ފުޓުބޯޅައިގެ ފަރާތްތަކުން ފެށި މަސައްކަތަށް އަލީ ވަޙީދު ނިކުންނަވާނެ ކަމަށް އުންމީދު ކުރެވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖުލައި 2023 | އަންގާރަ 16:05
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަަދި ނިއު ރޭޑިއަންޓުގެ ޗެއާމަން އަލީ ވަޙީދު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަަދި ނިއު ރޭޑިއަންޓުގެ ޗެއާމަން އަލީ ވަޙީދު

ދެ އަހަރު ދުވަހަށްވުރެ ގިނަ ދުވަހަށްފަހު ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަޙީދު އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ޚަބަރު ވެގެންދިޔައީ އެ ދުވަހުގެ އެންމެ ހޫނު އެއް ޚަބަރަށެވެ. ސިޔާސީ މައިދާނުގައި "އަޑު ގަދަ" ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ އަލީ ވަޙީދު ރާއްޖެ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވެސް ވިދާޅުވީ، އެނބުރި ޤައުމަށް ވަޑައިގެންނެވީ ފުޓުބޯޅައިގެ މީހެއްގެ ގޮތުގައި ކަމަށެވެ. ހަމައެއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ފުޓުބޯޅައިގެ ބޮޑު ޕްރޮޖެކްޓެއް އިއުލާން ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ދިވެހި ފުޓުބޯޅައިގެ ޙާލަތު ގޯސްވެފައިވާ މި ދަނޑިވަޅަކީ، ފުޓުބޯޅައިގެ ނަން ކިޔާ ބައެއް ފަރާތްތަކުން "ސޭވް އެފްއޭއެމް"ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ވެސް ފަށައިގެން އުޅޭ ވަގުތެކެވެ. އެހެންކަމުން މިއީ، އެފްއޭއެމް ބަދަލު ކުރުމަށް، ނުވަތަ ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި އަލީ ވަޙީދު ބައިވެރިވާނެ ވަގުތަަކަށް ވެސް ވެދާނެ އެވެ. ޔަޤީނުން ވެސް އަލުން ކުލަބު ފުޓުބޯޅައިގެ ތެރެއަށް ނިކުންނާނެ ކަމަށް އަލީ ވަޙީދު ވަނީ އިއުލާންކުރައްވާފަ އެވެ. ފުޓުބޯޅައިގައި"ބަލަކް" ގެ ނަމުން މަޝްހޫރުވެފައިވާ އަލީ ވަޙީދު އަކީ ކުލަބު ފުޓުބޯޅަ ހިންގުމުގައި ތަޖުރިބާ ބޮޑު ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 2012 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަންކަމާ ހަވާލުވެފަ އެވެ. ޖެހިގެން އައި ހަތަރު އަހަރުގެ ތެރޭގައި ނިއު އިން ހޯދި ކާމިޔާބީތަކުގައި އަލީ ވަޙީދު ވަނީ ބޮޑު ޤުރުބާނީ އެއް ވެސް ވެފައެވެ.

އަނެއްކޮޅުން އަލީ ވަޙީދު އަކީ ކޯޗިންގެ ދާއިރާގައި ވެސް ތަޖުރިބާ ހުރި ބޭފުޅެކެވެ. އިނގިރޭސިވިލާތުގައި ހުންނެވި ދުވަސްވަރު އޭނާ ވަނީ، އިނގިރޭސިވިލާތުގެ ލަންޑަނުގެ ޑިސްޓްރިކްޓް ލީގުގެ ސެންޗަނަރީ ކަޕްގެ ޗެމްޕިއަންކަން ހޯއްދަވާފަ އެވެ. މީގެ އިތުރުން އިނގިރޭސި އެފްއޭ އިން ހޮވި ސައުތު ލަންޑަންގެ އެންމެ މޮޅު ކޯޗަަކަށް ހޮވުނީ ވެސް އޭނާ އެވެ. އެހެންކަމުން ދިވެހި ފުޓުބޯޅައިގެ ކޯޗިންގެ ތެރެއަށް ނިކުންނަވައި، އެފްއޭއެމް ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ވެސް އަލީ ވަޙީދު ކުރެއްވުމަކީ ގާތް ކަމެެކެވެ.

މިވަގުތަށް ބަލާއިރު، އެފްއޭއެމް ހަމަ މަގަށް އެޅުވުމުގެ މަސައްކަތަށް އަލީ ވަޙީދު ނިކުންނެވުމަކީ ވެސް ހެޔޮ ފާލެކެވެ. ސަބަބަކީ ކުޅިވަރުގައި މިހާތަނަށް އަލީ ވަޙީދު ކުރައްވާފައިވާ ކޮންމެ މަސައްކަތަކީ ވެސް ވަރަށް ކަމާވެގެން، ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވާފައިވާ މަސައްކަތަކަށް ވުމުންނެވެ. އެކަން ކުޅިވަރުގައި އުޅުއްވާ ބައެއް ބޭފުޅުން، އަދި ފުޓުބޯޅައިގެ ބައެއް ބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. ދިވެހި ފުޓުބޯޅައިގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅަކު ވިދާޅުވީ، އެފްއޭއެމްގެ އިސްލާހު ކުރުމުގެ މަސައްކަތަށް އަލީ ވަޙީދު ނިކުންނަވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އަލީ ވަޙީދު އާއެކު އެ މަސައްކަތް އެންމެ ބޭނުންވާ ސްޕީޑުގައި ކުރިއަށް ގެންދިޔުމަށް ވެސް ފަސޭހަ ވާނެ އެވެ.

އަނެއްކޮޅުން ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު ވެސް އަލީ ވަޙީދު ވަނީ ކުޅިވަރުގެ މަސައްކަތް ކުރައްވާފަ އެވެ. ވަގުތީ ގޮތުން ކުޅިވަރު ވުޒާރާ ހިންގުމަށް ލިބުނު ފުރުސަތުގައި އަލީ ވަޙީދު ވަނީ ދުނިޔޭގެ ބޮޑެތި ލީގުތަކުގައި ދިވެހިރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ވެސް ކުރައްވާފަ އެވެ. އެހެންކަމުން ހުރިހާ ގޮތަކުން ބެލިކަމުގައިވީ ނަމަވެސް، އަލީ ވަޙީދު އަކީ ދިވެހި ފުޓުބޯޅައަށް ފަރިތަ މޫނެކެވެ. ދިވެހި ފުޓުބޯޅަ ދަންނަ، ތަޖުރިބާ ބޮޑު ބޭފުޅެކެވެ.

އަނެއްކަމަކީ މިހާރު މި އޮތް ޙާލަތުގައި އެފްއޭއެމްގެ ރައީސްކަމަށް ނިކުންނަވަން އަލީ ވަޙީދު ނިންމަވައިފި ނަމަ، ކުލަބުތަކުން އޭނާ އަށް ތާއީދު ކުރުން ވެސް ގާތެވެ. ސަބަބަކީ އެފްއޭއެމްގެ މިހާރުގެ މެނޭޖުމަންޓާމެދު ފުޓުބޯޅައިގައި އުޅޭ އެންމެން ވެސް ނުރުހުންވެފައި ވާތީ އެވެ. މިހާތަނަށް އެންމެން ދައްކަމުން އައި ވާހަކަ އަކީ އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް އަދީލް ޖަލީލުއާ ވާދަކޮށްލަން ނިކުންނާނެ މީހަކު ނެތް ވާހަކަ އެވެ. ނަމަވެސް، މިހާލަތުގައި އެކަމަށް އަލީ ވަޙީދު އިސްނެގުމަކީ ވެސް ހެފޮ ފާލަކަށް ވެދާނެ އެވެ.

ކޮންމެ ގޮތެއްވީ ނަމަވެސް، ފުޓުބޯޅައިގައި އަލީ ވަޙީދުގެ ބޮޑު ޕްރޮޖެކްޓު އިއުލާން ކުރާނެ ދުވަހެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެއީ އަލީ ވަޙީދުގެ އުފަން ދުވަސް ކަމުގައިވާ މިހިނގާ ޖުލައި މަގުގެ 20 ވަނަ ދުވަހެވެ. އެ ދުވަހަށް ހުރިހާ ނޫސްވެރިންނަށް ވެސް އަލީ ވަޙީދު ވަނީ ދައުވަތު ދެއްވާފަ އެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ދިވެހި ފުޓުބޯޅަ އަޑިއަޅާލައިވާ މިވަގުތުގައި ފުޓުބޯޅައިގެ ކަންކަމަށް އަލީ ވަޙީދު ނިކުންނެވުމަކީ ރަނގަޅު ވިސްނުމެކެވެ.

މިވަގުތު އަލީ ވަޙީދުގެ ވިސްނުން ހުރީ ސިޔާސީ ކަންކަމުން ފެޔަށް ޖެހި ވަޑައިގެން، ފުޓުބޯޅައިގެ ކަންކަމުގައި އުޅުއްވުންކަން ސާފެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ފުޓުބޯޅަ އިސްލާހު ކުރުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަ ވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

11 ޖެނުއަރީ 2018
މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

08 ޖެނުއަރީ 2018
ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

22 ޑިސެމްބަރު 2017
ދިވެހި ފުޓުބޯޅައަށް ބޮޑު ލަދެއް؛ ހިރުވާތަން ކަހާލާނަމޭވެސް ބައްސާމްގެ ހިތްޕުޅަށް ނާރާ!

ދިވެހި ފުޓުބޯޅައަށް ބޮޑު ލަދެއް؛ ހިރުވާތަން ކަހާލާނަމޭވެސް ބައްސާމްގެ ހިތްޕުޅަށް ނާރާ!

16 ނޮވެމްބަރު 2017
ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު