Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީނަށް އިންތިޚާބުގެ ދޮރު ބަންދުވެ، ޕީޕީއެމްގެ މިސްރާބު އެހެން ދިމާލަކަށް ދަނީބާ؟

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު މަރުހަލާ ހައި ކޯޓުގައި ދަނީ ކުރިޔަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 ޖުލައި 2023 | އަންގާރަ 14:20
ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބައްދަލުކުރުން

ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބައްދަލުކުރުން

ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަނީއެވެ. އިންތިޚާބުގެ ކެމްޕެއިން ޕާޓީތަކުން ފަށާފައިވާއިރު ޔަގީނުންވެސް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކެންޑިޑޭޓުން ގެންދަވަނީ އެ ކެންޑިޑޭޓުންގެ މެނިފެސްޓޯ ހާމަކުރައްވާ ފޯރިއާއެކު ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް/ޕީއެންސީން އަދިވެސް ގެންގުޅެނީ ޔަގީންނުވާ ކެންޑިޑޭޓެކެވެ. އެކޯލިޝަނުން ވަނީ މާކުރިން އެކޯލިޝަންގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށް ކަނޑައަޅާ ރިޔާސީ ޓިކެޓްވެސް ޔާމީނާ ހަވާލުކޮށްފައެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރެއްވުމަށް ޔާމީނަށް ވަނީ ބޮޑު ހުރަހެއް ކުރިމަތިވެ ވަދައިގެންފައެވެ. ޖަލު ހުކުމެއްގައި މިހާރުވެސް ހުންނެވި ޔާމީން ޖަލުން ސަލާމަތްވެގެން ނޫންގޮތަކަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ގޮތެއް ނެތެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުގައި އަންނަނީ ހިނގަމުންނެވެ. ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ހަމައެކަނި ގޮތަކީ ހައި ކޯޓު މަރުހަލާއިން ޔާމީން މިނިވަންވުމެވެ. އިންތިޚާބުގައި ވާދަކުރެއްވުމުގެ ދޮރު އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ބަންދުވާނެއެވެ. އޭގެކުރިން ޔާމީން ޖަލުން ސަލާމަތްވާންޖެހެއެވެ. އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ކުރިޔަށްދަނިކޮށް އެމައްސަލަ ބައްލަވާ ހައި ކޯޓުގެ ދެ ފަނޑިޔާރަކު މިވަނީ ޗުއްޓީ ނަންގަވާފައެވެ. އެއާއެކު މިމަހުގެ ތެރޭގައި ދެން އެމައްސަލައިގެ އަޑުއެހުމެއް ކުރިޔަށްދާނެ ކަމުގެ އުންމީދެއްނެތެވެ. ހައި ކޯޓުގައި މިމައްސަލަ އަވަސް ކުރުމަށް އިދިކޮޅު ޕީޕީއެމް އިން އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އައުމާއެކު ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުންނާއި ޔާމީންގެ ސަޕޯޓަރުން އެންމެ ބޮޑަށް ކުރަން ފެށި ސުވާލަކީ ދެން އޮތް ޕްލޭނަކީ ކޮބައިހެއްޔެވެ؟ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކެންޑިޑޭޓެއް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރަނީ ހެއްޔެވެ؟ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދާ ހަމައަށްވެސް އެޕާޓީގެ މެމްބަރުންނާއި ޔާމީންގެ ސަޕޯޓަރުންނާއި އާންމުކޮށް ހުރިހާ ދިވެހިންނަށްވެސް ދެމުން އަންނަ ޔަގީންކަމަކީ އެކޯލިޝަންގެ ކެންޑިޑޭޓަކީ ޔާމީން ކަމެވެ. އެހެން ޕްލޭނެއް ނެތެވެ. ޕްލޭން އޭއިން ފެށިގެން އިނގިރޭސި ހުރިހާ އަކުރެއް ހުސްވަންދެންވެސް އެކޯލިޝަން ގެންގުޅޭ ޕްލޭންގައި އޮތީ އިންތިޚާބުގައި ވާދަކުރައްވާނީ އެކޯލިޝަންގެ ފަރާތުން ޔާމީނެވެ. އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވާތަން ފެނުނު ނަމަވެހެވެ. ދޮރު ބަންދުވަންދެން އެކޯލިޝަނުން އެނޫން އެއްޗެއް ނުބުނާނެކަން އެއީ ޔަގީންކަމެކެވެ.

ނަމަވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީގައި އެނޫން ގޮތްތައްވެސް އޮންނަންޖެހޭނެކަމަށް ދެކޭ މީހުންވެސް ގިނައެވެ. ޔާމީން ނޫން ގޮތެއް ޕީޕީއެމް ޕީއެންސީ ކޯލިޝަނުގައި އޮންނަންޖެހެއެވެ. އެ އަމާޒަށް ކޮންމެސް ވަރެއްގެ މަސައްކަތްތަކެއް ޕާޓީގެ ތެރެއިން ކޮންމެސް ބަޔަކު ކުރިތަންވެސް ފެނިގެންދިޔައެވެ. ނަމަވެސް ޔާމީންގެ އިރުޝާދާއެކު އެއަޑުތައް ވަނީ ކެނޑިފައެވެ. ނުވަތަ ކަނޑުވާލާފައެވެ.

ދެން ޖެހިލަންޖެހެނީ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އައުމުން ރަށު ތެރޭގައި ވަރަށް ގަދަ އަށް ދެކެވުނު ވާހަކައަކަށެވެ. އެއީ ޔާމީން ނޫން ކެންޑިޑޭޓެއް ނެރެން ޔާމީން ބޭނުންފުޅު ނުވާކަމުގެ ވާހަކައެވެ. އެމްޑީޕީ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވީ ގޮތް ވާން ޔާމީން ބޭނުންފުޅެއް ނުވެއެވެ. އެހެންކަމުން ޔާމީން ނޫން އެހެން ކެންޑިޑޭޓެއް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނުނެރޭނެއެވެ. އިންތިޚާބުގައި ޔާމީނަށް ވާދަނުކުރެވިއްޖެނަމަ ޕީޕީއެމް އަރާނީ އިދިކޮޅު އެހެން ޕާޓީއެއްގެ ފަހަތަށެވެ. އެޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކޮށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރޭނީ ނައިބު ރައީސްކަމުގެ މަގާމަށް މީހެކެވެ. އެވާހަކަތަކަށް އޭރުވެސް އަދި މިހާރުވެސް އެކޯލިޝަނުން ދޭ ޖަވާބަކީ އިންތިހާބުގައި ޔާމީން ވާދަކުރާނެއެވެ.

ނަމަވެސް ވަގުތު ކުޑަތަންވަމުން އަންނަތަން އެންމެންނަށްވެސް އެބަފެނެއެވެ. ދޮރު ގާތްގަނޑަކަށް ބަންދުވާކަމުގެ އިހުސާސް އެބަކުރެވެއެވެ. އެހެންކަމުން ކޮންމެސް ގޮތެއް އެބަ ހޯދަން ޖެހެއެވެ. އެގޮތަކީ ކުރީގައި އަޑު ފެތުރުނު ގޮތްކަމަށް ވުމަކީ ވެދާނެކަމުގެ މަންޒަރެއް މިއަދު މިވަނީ ފެނިފައެވެ. ޔާމީންގެ ލަފާފުޅާއެއްގޮތަށް އެކޯލިޝަނުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކުރައްވާފައިވާ ގާސިމް އިބްރާހީމް އާ ބައްދަލުކޮށްފައެވެ. އެބައްދަލުވުން ބާއްވާފައިވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށް ބުނުން ފިޔަވައި އެބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތެއް ނުދެއެވެ. ސަންއައިލެންޑް ރިސޯޓްގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި ގައުމުގައި ހުރި ބޮޑެތި މައްސަލައަށް ވާނީ ކުރިޔަށް އޮތް އިންތިޚާބުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ބަލިކުރާނެ ފޯމިޔުލާއެއް ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ޖުމްހޫރީ ޕާޓީ ގުޅިގެން ހޯދުންކަމުގައި ވުމަކީ ކައިރިކަމެކެވެ.

މިހާތަނަށްވެސް ޕީޕީއެމް/ޕީއެންސީން ބުނަމުން ގޮސްފައިވަނީ އިންތިޚާބުގައި ޔާމީން ވާދަކުރާނެކަމަށާއި އެހެން ޕާޓީތަކުން ޔާމީންގެ ފަހަތަށް އެރުމަށެވެ. އަނެއްކޮޅުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވާ އުފައްދަވާފައިވާ ޑިމޮކްރަޓްސް އާ ދެމެދުވެސް އަންނަނީ ވާހަކަތައް ދެކެވެމުންނެވެ. އެވާހަކަތައް ކުރިޔަށްދާއިރު ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އިންތިޚާބުގައި ޔާމީން ވާދަނުކުރެއްވުމަށް ގޮވާލައްވާފައެވެ. އެޖަލްސާގައި ނަޝީދު ވަނީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގައި އެންމެ ރަނގަޅުގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނާއި، ރައީސް ޔާމީންވެސް ވާދަނުކުރައްވައި، އޭގެ ބަދަލުގައި ދެބޭފުޅުންވެސް އެކުގައި ބާރަށް މަސައްކަތް ކުރައްވައިގެން ރާއްޖޭގެ ރައްޔިތުން އެދޭގޮތް ހޯދައިދެއްވުންކަމަށް ވިދާޅުވެފައެވެ.

ސިޔާސީ މަޝްރަހަށް މިއަންނަމުންދާ ބަދަލުތަކާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މީގެކުރިން ދައްކަމުން އައި ވާހަކަތަކުގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުވެގެންދިޔުމަކީ ހަމަވެދާނެކަމެއްކަމަށް މިހާރު ކަންކަން ހުރި ގޮތުން ގަބޫލުކުރެވެއެވެ. ޔާމީން ނޫން އެހެން ގޮތެއް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ނެތްނަމަ ދެން އޮތްގޮތަކީ އެހެން ޕާޓީއެއްގެ ފަހަތަށް އެޕާޓީ އެރުމެވެ. އޭގެފަހުން ދެން ކަންކަންވާނެ ގޮތް އެއީ ދެން އެހެން މައުލޫއެއްތާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

ޕީޕީއެމްގެ ޕީޖީ ބިރު ފަހަނައަޅައި އިންސާފާއި ދިމާލަށް!

29 ޖޫން 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ކުނޫޒް ދޮރުމަތީގައި ސިހުރު ވަޅުލުން!!؟

ކުނޫޒް ދޮރުމަތީގައި ސިހުރު ވަޅުލުން!!؟

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު