Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އައު ސީޒަނަށް ބާސެލޯނާ ކުޅުންތެރިންގެ ނަންބަރުތަކަށް ބަދަލު ގެންނަނީ

11 ޖުލައި 2023 | އަންގާރަ 02:23

ތިނެއް، ފަހެއް، އަށާރައިގެ ޑިމާންޑް ބޮޑު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 11 ޖުލައި 2023 | އަންގާރަ 02:23
ބާސެލޯނާގެ ކުޅުންތެރިން: ގިނަ ކުޅުންތެރިންގެ ނަންބަރުތައް ބަދަލުވާނެ

ބާސެލޯނާގެ ކުޅުންތެރިން: ގިނަ ކުޅުންތެރިންގެ ނަންބަރުތައް ބަދަލުވާނެ

އަންނަ މަހު ފަށާ ޔޫރަޕުގެ އައު ފުޓްބޯޅަ ސީޒަނަށް ބާސެލޯނާގެ ކުޅުންތެރިންގެ ޖާޒީ ނަންބަރުތަކަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

މިކަން ކުރަނީ ޓީމުގައި ތިބި މުހިންމު ބައެއް ކުޅުންތެރިން އެހެން ކުލަބުތަކަށް ބަދަލުވުމުންނާއި އައު ސީޒަނަށް އެކުލަވާލާ ޓީމުގެ ކުޅުންތެރިން ނަންބަރު ބަދަލު ކުރަން ބޭނުންވާތީ އެވެ.

ކެޕްޓަން ސާޖިއޯ ބުސްކެޓްސް ބޭނުންކުރި ފަސް ނަންބަރާއި ޖޯޑީ އަލްބާގެ 18 ނަންބަރު ޖާޒީ އާއި ޖެރާޑް ޕީކޭ ބޭނުންކުރި ތިން ނަންބަރު ޖާޒީ އަކީ އެންމެ ޑިމާންޑް ބޮޑު ނަންބަރުތަކެވެ.

އައު ސީޒަނަށް ގަވީ ބޭނުންކުރާނީ ހަ ނަންބަރެވެ. ލެވޮންޑޯސްކީ އާއި ޕެޑްރީ އާއި ރޮނަލްޑް އަރައުހޯ އާއި އޮސްމާނޭ ޑެމްބެލޭ އާއި ފްރޭންކީ ޑިޔޮންގް އަދި ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން އާއި އަންސޫ ފަޓީގެ ޖާޒީ ނަންބަރު ބަދަލު ނުކުރާނެ އެވެ.

ނަމަވެސް ޒުވާން ވާތުބެކް އަލްހަންދްރޯ ބަލްޑޭ ބޭނުންވަނީ ޖޯޑީ އަލްބާގެ 18 ނަންބަރެވެ. ބަލްޑޭ މިހާރު ކުޅެނީ 16 އަށެވެ. ޓީމަށް އަލަށް ގެނައި އިކާއީ ގުންޑޮގަން އޭނާގެ ކެރިއަރުގައި ގިނައިން ބޭނުންކުރީ އަށް ނަންބަރެވެ. ނަމަވެސް އެއީ ޕެޑްރީގެ ނަންބަރުކަމުން އެ ނަންބަރެއް ނުލިބޭނެ އެވެ. ގުންޑޮގަން އަށް ދޭނެ ކަމަށް ލަފާކުރަނީ 14 ނަންބަރެވެ. އެއީ ބޮރޫޝިޔާ ޑޯޓްމުންޑްގައި އޭނާ ކުޅުނު ނަންބަރެކެވެ. މި ނަންބަރު ބޭނުންނުވާނަމަ ގުންޑޮގަން އަށް ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ ބުސްކެޓްސް އާއި ކާލޮސް ޕުޔޯލް ބޭނުންކުރި ފަސް ނަންބަރު ވެސް ދޭން ބާސެލޯނާ އޮތީ ތައްޔާރަށެވެ.

އަލަށް ގެނައި އިނިގޯ މާޓިނޭޒް އޭނާގެ ކެރިއަރުގައި ބޭނުންކުރީ ހަޔަކާއި ހަތަރަކެވެ. ނަމަވެސް މި ދެ ނަންބަރަކީ ސީނިއާ ދެ ކުޅުންތެރިއަކު ބޭނުންކުރާ ނަންބަރުތައް ކަމުން އޭނާ އަށް ތިނެއް ދިނުން އެކަށީގެންވެ އެވެ. ނަމަވެސް ޖެރާޑް ޕީކޭ ބޭނުންކުރި ތިން ނަންބަރު ހޯދުމަށް ކްރިސްޓިއަންސަން ވެސް ބޭނުންވެ އެވެ. މިހެންވެއްޖެނަމަ މާޓިނޭޒަށް އޭނާ ސޮސިއެޑާޑްގެ ޔޫތު ޓީމުގައި ކުޅުނު 12 ނަންބަރު ދީފާނެ އެވެ.

އަލަށް ގެންނަ ބްރެޒިލްގެ ޒުވާން ވިޓޯ ރޮކޭ އަށް ނުވަ ނަންބަރު ނުލިބޭނެ އެވެ. އެއީ ލެވޮންޑޯސްކީގެ ނަންބަރެވެ. މިހެންވެ ރޮކޭ އަށް ދޭނެ ނަންބަރެއް ލަފާކުރަން ވެސް ދަތިކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ. ކަނާތު ބެކް ހޫލްސް ކޫންޑޭ ބޭނުންވަނީ 23 ނަންބަރު ދޫކޮށް ތިނެއް ނުވަތަ ފަހަކަށް ބަދަލުވާށެވެ. އެރިކް ގާސިއާ ވެސް ބޭނުންވަނީ 24ގެ ބަދަލުގައި ތިނެއް ނުވަތަ 14 އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

08 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް