Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވަންގަވް ލޯންޗުކުރުން

ސަރުކާރުގެ އިދާރާތަކުގެ ޚިދުމަތް ހޯދަން ކަނޑު ހުރަސްކޮށްފައި މާލެ އަންނަން ޖެހުން ނިމުމަކަށް!

މީގެ ކުރިން ސަރުކާރުގެ ޚިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށްފައި އަންނަންޖެހެނީ މާލެއަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 ޖުލައި 2023 | ހޯމަ 09:32
ވަންގަވް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން

ވަންގަވް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން

އަބަދުވެސް ސަރުކާރުގެ އިދާރާތައް މަރުކަޒުވެފައި ހުންނަ ތަނަކީ ވެރިރަށް މާލެއެވެ. މިއީ އެންމެ ކުރިންވެސް އަދި މިހާރުވެސް މިކަން އޮންނަ ގޮތެވެ. ސަރުކާރުގެ އިދާރާއަކުން ހޯދަންޖެހޭ ޚިދުމަތެއް ހޯދަން ބޭނުންނަމަ އަންނަންޖެހެނީ ސީދާ މާލެއަށެވެ. މިއީ މާލޭގައި ދިރިއުޅޭ މީހުންނަށް މާ އުނދަގޫ ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް މިކަން ވަނީ ވަރަށް ބޮޑު ތަކުލީފަކަށެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހުންނަ މީހާ ނުވަތަ އެންމެ ދެކުނުގައި ހުންނަ މީހާއަށްވެސް މާލެ ނައިސް ފަރުޖެހޭނެ އެއްވެސް ގޮތެއް ނޯވެއެވެ. މޫސުން ކިތަންމެ ގޯހަސް، ކަނޑުތައް ގަދަވެގެން ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައި އޮތަސް އަތޮޅުތަކުގެ ރައްޔިތުންނަށް ހަމަ އެ ކަނޑުމައްޗަށް އެރުން ނޫން ގޮތެއް ނޯވެއެވެ. ކުޑަކުޑަ ޚިދުމަތެއް ހޯދާލަން އެ ކޮށްލަނީ ވަރަށް ބޮޑު ޚަރަދެކެވެ. ޚިދުމަތެއް ހޯދުމަށް އަތުން ދާ އެއްޗަކަށްވުރެ ބޮޑު އެއްޗެއް މާލެ އައުމަށާއި، މާލެ އައިސް ތިބުމަށް އެމީހުން އަތުން ދެއެވެ.

އެތައް އަހަރަކު އަތޮޅުތެރޭގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް މިއަދު މިވަނީ ހައްލެއް ލިބިފައެވެ. ސަރުކާރުގެ ޚިދުމަތްތައް ރާއްޖޭގެ ކޮންމެ ތަނަކު ހުރެގެންވެސް ހޯދޭނެ ގޮތް މިއަދު މިވަނީ ފަހިވެފައެވެ. ޕޯޓަލްއެއް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުން ލިބޭ ހުރިހާ ޚިދުމަތެއް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ. "ވަންގަވް"ގެ ނަމުގައި ޕޯޓަލްއެއް މިވަނީ ލޯންޗުކޮށްފައެވެ.

ވަންގަވްއިން ޚިދުމަތްތަކަސް އެދުމަށްވެސް ދައްޗެއް ނެތެވެ. ފަސޭހައިން ފޯމުތައް ފުރާލެވި، ހުށަހަޅަންޖެހޭ ޑޮކިއުމަންޓުތައް ހުށަހެޅޭނެއެވެ. އަދި ސަރުކާރު ބަންދު ގަޑިއެއް ނުވަތަ ބަންދު ދުވަހަކު މި ޚިދުމަތް މެދެއް ނުކެނޑެއެވެ. ކޮންމެ ގަޑިއަކުވެސް ޚިދުމަތްތަކަށް އެދެވޭއިރު މިއީ އަތޮޅުތެރޭގެ ރައްޔިތުންނަށް މި ސަަރުކާރުން ހޯދައިދެއްވި ބޮޑު ފަސޭހައެކެވެ.

އަދި މިއާއެކު ދަތުރުހަދައިގެން މާލެ އަންނަން ޖެހުނު ދުވަސް މިހާރު މިވަނީ މާޒީވެ ގޮސްފައެވެ. އަދި ޚިދުމަތް އެއްކޮށް ނިމެންދެން މާލޭގައި މަޑުކުރަން ޖެހުނު ދުވަސްވެސް މިވަނީ މާޒީވެ ގޮސްފައެވެ.

މިހާރު ވަންގަވް މެދުވެރިކޮށް ސަރުކާރުގެ 5 އިދާރާއަކުން ލިބޭ ޚިދުމަތްތައް ލިބޭނެއެވެ. ފަށައިގަތީވެސް މުހިންމު އިދާރާތަކަކާއެކުއެވެ. ކުރިއަށްއޮތްތަނުގައި މި ޕޯޓަލްއިން ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ޚިދުމަތްތައް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
15 ޖުލައި 2017

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!
25 ޖޫން 2017

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
12 މެއި 2017

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު