Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕާކިސްތާނާއި ސޫރިޔާ އަދި މިޞްރުން ދަތުރު ކުރަމުން

ބޯޓު ފެތުނު ހާދިޘާގައި ގެއްލުނު ކޮއްކޮގެ ހިލަމަކަށް ބޭބެއަކު ކުރަމުންދާ ދިގު އިންތިޒާރު

އާދިލު ވަނީ ހާދިޘާއިން ސަލާމަތް ވި މީހުން ގެންދިޔަ ކޭމްޕަށް ގޮސް، މަތުލޫބުގެ ޚަބަރެއް ވޭތޯވެސް ބަލާފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 ޖުލައި 2023 | ހޯމަ 01:36
އާދިލް

އާދިލް

އުޖާލާ ދިރިއުޅުމުގެ ފޮނި ޢުއްމީދުގަ އިންތިހާ ދަތި ޙާލުގައި ދަތުރަށް ފުރި ހިޖުރަވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް ގްރީސްގެ ރަށްބޭރަށް މިދިޔަ މަހު ބޯޓު ފެތުނު ފަހުން އާދިލު ޙުސައިން، އެތެންސްގައި ހުންނަ އޭނާގެ ގޭގެ ދޮރޯށި ހުޅުވާލައިގެން އެ އިންނަނީ ބޯޓުން ދަތުރު ކުރި އޭނާގެ ކޮއްކޮގެ ހަށިގަނޑު ފެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ބޯޓު ފެތުނު ފަހުން، ކޮއްކޮ މަތުލޫބުގެ ޚަބަރެއް ނުވެއެވެ. ވީ ތަނެއްވެސް ނޭނގެއެވެ.

ޢުމުރުން 43 އަހަރުގެ މަތުލޫބަކީ ޕާކިސްތާނާއި ސޫރިޔާ އަދި މިޞްރުން ދަތުރު ކުރަމުން ދިޔަ ހިޖުރަވެރިންގެ ތެރެއިން މަރުވި ކަމަށް ނިންމާފައި ވާ އެތައް ސަތޭކަ މީހުންނެއްގެ ތެރެއިން އެކަކެވެ. 700 އަށް ވުރެ ގިނަ މީހުން ގޮވައިގެން ލީބިޔާއިން ފުރައިގެން އިޓަލީވިލާތަށް ދަތުރު ކުރަމުން ދިޔަ އާދައިގެ މަސްބޯޓު، ގްރީސްގެ ރަށް ބޭރަށް ފެތުނީ ޖޫން 14 ވަނަ ދުވަހުއެވެ.

ޢުމުރުން 44 އަހަރުގެ އާދިލްއަކީ ޕާކިސްތާނަށް އުފަން މީހެކެވެ. އެތެންސްގައި އޭނާ ކުއްޔަށް ހިފާފައި ހުރި ގޭ ތެރޭގައި އިނދެ، އާދިލް ދިޔައީ މަތުލޫބުގެ ފޮޓޯތައް ދައްކަމުންނެވެ. ކަރުނަ ހިލިފައި ހުރެ އާދިލް ދިޔައީ އެ ޢާއިލާގެ ހިތުގައި އަޅާ ވޭން، މީޑިއާއާ ހިއްސާ ކޮށްދެވޭތޯ މަސައްކަތް ކުރަމުންނެވެ.

ބޯޓު ފެތުނު ހާދިޘާގައި 104 ފިރިހެނެއްގެ ފުރާނަ ސަލާމަތް ކޮށްފައި ވާ އިރު، 82 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ހާދިޘާއިން ސަލާމަތް ވީ މީހުންގެ ވާހަކަތަކަށް ބަލާއިރު، 750 އެއްހާ މީހުން އެ ބޯޓުން ދަތުރު ކުރަމުން ދިޔައެވެ. ޢާއިލާތަކުން ދަނީ ކަނޑުގެ އެންމެ އަޑިއަށް ފެތިފައި ވާ ބޯޓުގެ ބައިތައް އެއްގަމަށް ނަގާ، ހަށިގަނޑުތައް ހޯދާ ދިނުމަށް، ކަމާ ބެހޭ ފަރާތްތަކުން ގޮވާލަމުންނެވެ. ޢާއިލާތަކުން ޤަބޫލު ކުރާ ގޮތުގައި ބޯޓުގެ އަޑީ ބައިތަކުގެ ދަށުވެފައި އެތައް ބަޔަކު ވާނެއެވެ.

ކަން މިހެން އޮތް އިރު، ގްރީސްގެ އޮފިޝަލު ވިދާޅުވަނީ، ބޯޓުގެ ބައިތައް ނެގުމުގެ ފުރުޞަތު ހަނި ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ބޯޓުގެ ބައިތައް އޮތް ހިސާބުގެ ފުން ކަމެވެ. ބޯޓު ފެތި، އަޑިއަށް ގޮސްފައި ވަނީ 5000 މީޓަރު ފުން ތަނަކަށް ކަމަށް ޚަބަރު ލިބެއެވެ.

އާދިލް ކިޔައިދިން ގޮތުގައި އޭނާގެ ކޮއްކޮއަކީ އިތުރު އެތައް ބަޔަކާއެކު ބޯޓުގެ އެންމެ އަޑީ ޑެކުގައި ފިތި ބާރުވެގެން އިން އެކަކެވެ. އެއީ ބޯޓުގެ މަސް ފިނިކުރާ ނިޒާމު ނުވަތަ ފުރިޖު ކަމަށްވެއެވެ. އެތަނުގައި މަތުލޫބު އިންދާ މީހަކަށް ފެނިފައި ވާ ކަމަށް، ހާދިޘާއިން ސަލާމަތްވީ މީހަކު ވަނީ ބުނެފައެވެ.

އާދިލު ވަނީ ހާދިޘާއިން ސަލާމަތް ވި މީހުން ގެންދިޔަ ކޭމްޕަށް ގޮސް، މަތުލޫބުގެ ޚަބަރެއް ވޭތޯވެސް ބަލާފައެވެ.

ޚުދު އާދިލަކީވެސް އުޖާލާ ދިރިއުޅުމެއްގެ ޢުއްމީދުގައި ނުރައްކާ ދަތުރުކޮށް، ގްރީސްއަށް ދިރިއުޅުން ބަދަލު ކުރި މީހެކެވެ. ތުރުކީވިލާތު މަގުން ކުރި ނާމާން ދަތުރަށް ފަހު، 2007 ވަނަ އަހަރުން ފެށިގެން އާދިލް ގްރީސްގައި މަސައްކަތް ކުރަމުން ދަނީ ބަގީޗާ ބަލަހައްޓާ މީހެއްގެ ގޮތުގައެވެ.

އާދިލްއާއި މަތުލޫބުގެ ދެބެންގެ ތެރެއިން އެންމެ ފުރަތަމަ ގްރީސްއަށް ހިޖުރަ ކުރި މީހަކީވެސް މަތުލޫބެވެ. އެއީ 2005 ވަނަ އަހަރެވެ. ނަމަވެސް އޭރު އޭނާ ދިރިއުޅެމުން ދިޔައީ ޤަވައިދާ ޚިލާފަށެވެ. އެއްވެސް ލިޔެކިޔުމެއް ނެތިއެވެ. އޭނާ ޕާކިސްތާނަށް އެނބުރި ދިޔައީ މީގެ 2 އަހަރެއްހާ ދުވަސް ކުރިންނެވެ. ޕާކިސްތާނުގައި އުފުލަން ޖެހުނު ތަކުލީފުތަކާއެކު އަނެއްކާވެސް ޤައުމު ދޫކޮށްދާން އޭނާ ނިންމިއެވެ. ދަތުރުގެ މަންޒިލަކަށް ހެދީ އިޓަލީވިލާތެވެ. ދަތުރަށް ބޭނުންވާ 7000 ޑޮލަރު ހޯދީ އެކުވެރިންގެ އަތުން ލޯނަށެވެ.

އުފަން ވަޒަނުގައި ކާނޭބޯނެ ފަދައެއް ނެތި، ވަޒީފާއެއް ނުލިބި ހުންނަން ޖެހުނު ކަމުގައި ވީ ނަމަވެސް، ޤަވައިދާ ޚިލާފަށް ހިޖުރަ ނުކުރުމަށް އާދިލް ދަނީ އޭނާގެ ޢާއިލާ މެންބަރުންނަށް ނަޞޭޙަތްތެރިވަމުންނެވެ.

ގްރީސްގެ ރަށްބޭރަށް ބޯޓު ފެތުނު ހާދިޘާއާ ގުޅިގެން މިހާތަނަށް އެކި ޢާއިލާތަކުން ވަނީ 350 އަށް ވުރެ ގިނަ ޑީއެންއޭ ސާމްޕަލް، ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައެވެ. މިހާތަނަށް ފެނުނު 82 ހަށިގަނޑުގެ ތެރެއިން، ކާކުކަން ދެނެގަނެވިފައި ވަނީ އެންމެ 20 މީހެއްގެ ކަމަށް ހާދިޘާގައި ތަޙުޤީޤުގައި އުޅޭ މީހަކު ވަނީ މީޑިއާގައި ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް، ރޮއިޓަރޒްއަށް ކިޔައި ދީފައެވެ. ގްރީސްގެ ޤާނޫނު އޮންނަ ގޮތުން، އެފަދަ މަޢުލުމާތު ހާމަ ކުރުމަކީ މަނާ ކުރުމެކެވެ. 

މަރުވި މީހުންނަކީ ކޮންކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާ ބެހޭ ގޮތުން ގްރީސް ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ. މިހާތަނަށް ފެނުނު ހަށިގަނޑުތައް ބަހައްޓާފައި ވަނީ އެކަމަށް ހާއްސަ ފުރިޖުތަކެއްގައެވެ. އެއީ ލިބިފައި ވާ ޑީއެންއޭ ސާމްޕަލްތަކާ ދިމާ ވަންދެކަށެވެ.

ގިނަ ޢަދަދެއްގެ ބަޔަކު ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް މަސްބޯޓު ފެތެން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަޙުޤީޤުތައް އަދިވެސް ދަނީ ކުރިއަށެވެ. ހާދިޘާއިން ސަލާމަތްވި މީހުންގެ ވާހަކަތަކަށް ބަލާއިރު، ބޯޓު ބަންޑުން ޖަހާ، ފެތުނީ ގްރީސްގެ ކޯސްޓު ގާޑުން އެ މަސްބޯޓު ކަފު ޖަހައިގެން ގެންދަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް ވާހަކަތަކަށް ގްރީސްއިން ކުރަނީ އިންކާރެވެ.

ހާދިޘާ ހިނގިތާ މަހެއް ފުރެން ގާތްވެފައި ވާ އިރު، ގެއްލިފައި ވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ސަރަޙައްދުން ދަތުރު ކުރާ އާންމު އުޅަނދު ފަހަރުތަކުންނެވެ. އެއީވެސް ގްރީސްގެ ކަމާ ބެހޭ ފަރާތްތަކުން އެދިފައި ވާ ބޯޓުތަކުންނެވެ.

މަސް ބޯޓުން ދަތުރުކުރި މީހުންގެ ޢާއިލާތަކުގެ ފަރާތުން ހަރަކާތްތެރިވާ ވަކީލުން ވަނީ، ބޯޓުގެ ބައިތައް އެއްގަމަށް ނެގުމަކީ ހާދިޘާގެ ޝިކާރައަކަށް ވީ މީހުންނާއި އެމީހުންގެ ޢާއިލާ މެންބަރުންގެ ޙައްޤަށްޓަކާ، އަދާ ކޮށްދިނުން ލާޒިމުވާ އަސާސީ ޒިންމާއެއް ކަމަށް ގްރީސްގެ ކަމާ ބެހޭ ފަރާތްތަކަށް ދަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

MH370 ގެއްލުނުތާ 6 އަހަރު: އާއިލާތަކުން ބޭނުންވަނީ ފްލައިޓްގައި ތިބި މީހުން ހޯދުމުގެ މަސައްކަތް އަލުން ފަށަން

MH370 ގެއްލުނުތާ 6 އަހަރު: އާއިލާތަކުން ބޭނުންވަނީ ފްލައިޓްގައި ތިބި މީހުން ހޯދުމުގެ މަސައްކަތް އަލުން ފަށަން

08 މާރިޗު 2020
ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

24 ފެބުރުއަރީ 2019
ކޮށި ދަނޑު ގެއްލި، މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލުނު ސަބްސްޓޭންޑަރޑް ރައީސް!

ކޮށި ދަނޑު ގެއްލި، މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލުނު ސަބްސްޓޭންޑަރޑް ރައީސް!

03 އޮކްޓޯބަރު 2018
ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

03 މެއި 2018
ހަފްތާއެއްވީ އިރު ވެސް ގެއްލުނު ދެ ކުދިން ނުފެންނާތީ ކަންބޮޑުވުންތަކެއް!

ހަފްތާއެއްވީ އިރު ވެސް ގެއްލުނު ދެ ކުދިން ނުފެންނާތީ ކަންބޮޑުވުންތަކެއް!

28 އެޕްރީލު 2018

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު