Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޞާލިހު އަށް ޝާހިދުގެ ތައުރީފް

ރައީސް ޞާލިހު އަކީ ކޮންމެ ދުވަހަކު އޮޑި ފުރާލައިގެން ބަނދަރު ކުރައްވާ މޮޅު ކެޔޮޅެއްކަން މިދިޔަ 5 އަހަރު ދުވަހު ސާބިތު ކޮށްދެއްވާފައިވޭ - ޝާހިދު

މިއަދު އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ފިތުނަ އުފެއްދުމަށް ކަމަށާއި އެއީ މިއަދު ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޖުލައި 2023 | އާދީއްތަ 18:56
އުފާވެރި އަމާން ރާއްޖެ ޖަލްސާ ގައި ޝާހިދު

އުފާވެރި އަމާން ރާއްޖެ ޖަލްސާ ގައި ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަކީ ކޮންމެ ދުވަހަކު އޮޑި ފުރާލައިގެން ބަނދަރު ކުރައްވާ މޮޅު ކެޔޮޅެއްކަން މިދިޔަ 5 އަހަރު ދުވަހު ސާބިތު ކޮށްދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޞާލިހު އަކީ ކުރަން ޖެހުނު ކޮންމެ ކެޔޮޅު ކަމެއް ވެސް ކުރެއްވޭނެ ފަދަ ޤާބިލް ކުޅަދާނަ ބޭފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ އެ ކޯލިޝަނާއި އެކުގައި މަސައްކަތް ކުރުމަކީ ލިބިވަޑައިގަންނަވާ ފަޙުރެއް ކަމަށެވެ. ޝާހިދުގެ ވާހަކައިގައި އޭނާ އެންމެ ފަހުން އެ ރަށުގައި ވާހަކަދެއްކެވި އިރު ހިބަރު ވަދެއް ދޫކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި އެ ހިބަރު ވަދުގައި ބޭފުޅަކު ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ. އަދި ވަކި ބޭފުޅެއްގެ ނަން ވެސް ވިދާޅުވެފަ އެއް ނުވެއެވެ. މިއަދުގެ ރައީސަކީ އެފަދައިން ދޫކުރަން ޖެހުނު ކޮންމެ ވަދެއް ދޫކުރައްވާނެ ބޭފުޅެއް ކަމަަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ރައީސް ޞާލިހުގެ ކުޅަދާނަކަން ހާމަކޮށްދެއްވުމަށް މަޖާޒީ ގޮތަަކަށް ވާހަކަދައްކަވަމުންނެވެ. ރައީސް ޞާލިހު އަކީ ކުޅަދާނަ ކައްޕި އެއް ކަމަށް އޭނާ ވަނީ ސިފަ ކުރައްވާފައެވެ. ރައީސްގެ ފަހަތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ކޯލިޝަން އޮތީ އެ ސަބަބާއި ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ. މި އެންމެން ގުޅިގެން މަސައްކަތް ކުރާނީ އަމާން، އުފާވެރި ރާއްޖެ އެއް ހޯދާދިނުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ތަކުރާރުކޮށް އިވެނީ މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ވާހަކަ ކަމަށާއި، މުޅި ރާއްޖެއިން ފެންނަނީ ތަރައްޤީގެ މަޝްރޫޢުތައް ކަމަށް ޝާހިދު ވިދާޅުވިއެވެ. މިއަދު އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ފިތުނަ އުފެއްދުމަށް ކަމަށާއި އެއީ މިއަދު ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު