Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލް

މުއްދަތު ހަމަވިއިރު، އެމްޕީއެލް ކޮމިއުނިޓީ ފަންޑަށް 49 އެޕްލިކޭޝަން

8 ޖުލައި 2023 | ހޮނިހިރު 03:45

ކުދި 8 ޕްރޮޖެކްޓަށް 50،000 ރުފިޔާ އަދި ބޮޑު 2 ޕްރޮޖެކްޓަށް 100،000 ރުފިޔާ ދޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 ޖުލައި 2023 | ހޮނިހިރު 03:45
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓު ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވިއިރު 49 އެޕްލިކޭޝަން ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މުޖުތަމައަށް ފައިދާ ހުރި އެކި ޕްރޮޖެކްޓުތައް ހިންގަން މާލީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެމްޕީއެލުން ހާއްސަ ފަންޑެއް ތައާރަފުކުރީ މެއި މަހުގެ ތެރޭގައެވެ. މެއި 31ގެ ނިޔަލަށް މި ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެމްޕީއެލުން ބުންޏެވެ. އެގޮތުން، 49 އެޕްލިކޭޝަން ލިބުނުއިރު އޭގެ ތެރެއިން އިވެލުއޭޝަން މަރުހަލާއަށް 31 އެޕްލިކޭޝަން ޝަރުތު ހަމަވާކަމަށް އެ ކުންފުނިން ބުންޏެވެ.

Advertisement - newsAdvertisement

އެމްޕީއެލުން ބުނީ ފަންޑަށް އެދި އެންމެ ގިނަ އެޕްލިކޭޝަންތައް ހުށަހަޅާފައިވަނީ ޖަމިއްޔާތަކުން ކަމަށެވެ. އެގޮތުން 27 ޖަމިއްޔާއަކުން ފަންޑަށް އެދިފައިވާއިރު، 13 ސްކޫލަކުންނާއި ފަސް ކައުންސިލަކުން އަދި އަމިއްލަ 4 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައި ވާކަމަށް އެ ކުންފުނިން ބުންޏެވެ.

ޕޯޓު ކޮމިއުނިޓީ ފަންޑުގެ ދަށުން ފައިސާ ދޫކުރާނީ އެޕްލިކޭޝަންތައް ރިވިއު ކުރުމަށްފަހު ހޮވައިލެވޭ މަޝްރޫއުތަކަށެވެ. މިހާރު ކުރިއަށްދަނީ އިވެލުއޭޝަން ދެ މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ކަމަށް އެމްޕީއެލުން ބުނެއެވެ.

މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާހުރި އެކި ޕްރޮޖެކްޓުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދޭއިރު އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލްކުރަން ހުށަހަޅާ މަޝްރޫއުތަކަށް އިސްކަންދެއެވެ. އެފަދަ ޕްރޮޖެކްޓުތަކަށް 40 އިންސައްތަ ޕޮއިންޓް ލިބޭނެކަމަށް ވަނީ ބުނެފައެވެ. އަދި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 އިންސައްތަ، ޕްރޮޖެކްޓް ޕްލޭން އަދި އިމްޕްލިމެންޓް ކުރާ ގޮތަށް 30 އިންސައްތަ، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 އިންސައްތަ މާކްސް ދޭނެއެވެ.

މި ފަންޑުގެ ދަށުން އަހަރަކު 10 މަޝްރޫއަށް އެހީދޭން އެމްޕީއެލުން ވަނީ ނިންމާފައެވެ. އެގޮތުން، ކުދި 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 50،000 ރުފިޔާ، އަދި ބޮޑު ދެ ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 100،000 ރުފިޔާ ދޭނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް