Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީން

ސާފު ރީތި ފޭރާންލުމަކީ މުހިންމު ކަމެއް، އެފޭރާމުން ބޮޑާކަމުގެ ޝިކާރައަކަށް ވެގެން ނުވާނެ: ޚުތުބާ

7 ޖުލައި 2023 | ހުކުރު 07:59

ސާފުތާހިރުކަމަކީ އީމާންކަމުގެ އެއްބައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖުލައި 2023 | ހުކުރު 07:59
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

އިންސާނާ ސާފުތާހިރުވުމަށް ސާފު ރީތި ފޭރާންލުމަކީ މުހިންމު ކަމެއް ކަމަށާއި، އެފޭރާމުން ބޮޑާކަމުގެ ޝިކާރައަކަށް ވެގެން ނުވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީން'' މިމައުޟޫއަށް އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމްދީނަކީ އާލަމްތަކަށް ރަހުމަތެއް ގޮތުގައި ﷲ ބާވައިލައްވާފައިވާ މާތް ދީން ކަމަށާއި، އެ ދީނުގައި ވަރަށް މަތިވެރި އަސާސްތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އިންސާނާގެ މުޅި ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބޭނުންވާނެ ހަމަތަކާއި އުސޫލުތައް ލައްވާފައިވާއިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަތިވެރި އެއްސިފައަކީ ސާފުތާހިރުކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މާތްﷲއަށްޓަކައި މުސްލިމުން އަދާކުރަންޖެހޭ އަޅުކަން ސައްހަވަނީ ދެ ހަދަސުން ތާހިރުވެ، ސާފުތާހިރުކަންމަތީ ހުރެ އެޅުކަން އަދާ ކުރުމުން ކަމަށާއި، ސާފުތާހިރު ފޭރާމެއްގައި އެ އަޅުކަން އަދާކުރުމުން ކަމަށެވެ. ޚުތުބާގައި ބުނީ ނަމާދު ކުރުމާއި، ތަވާފު ކުރުމަށް ނަޖިހުން ތާހިރުވުމާއި، ހިނައިގަތުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ޝަރުއު ކުރެވިގެންވާ ކަންކަމެއް ކަމަށެވެ. އަދި ސާފުތާހިރުކަމަކީ އީމާންކަމުގެ އެއްބައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިންސާނާ ސާފުތާހިރު ވުމަށްޓަކައި ސާފު ރީތި ފޭރާންލުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެފޭރާމުގެ ސަބަބުން އޭނާ ކަންދެއްކުމާއި، ބޮޑާކަމުގެ ޝިކާރައަކަށް ވެގެންނެއް ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަޅުކަމަކީ އިންސާނާއަށް ރޫހާނީ ސާފުތާހިރުކަމެއް ގެނެސްދޭ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ތިމާގެ ހަށިގަނޑާއި ފޭރާމާއި ދިރިއުޅޭ ވެށީގެ ސާފުތާހިރުކަމަކީ އަޅުކަން ގަބޫލުވުމާއި މާތްﷲ ގެ ރުއްސެވުމާއި އެކިއެކި ބަލިމަޑުކަމުން ރައްކާތެރިވުމުގެ ވަސީލަތެއް ކަމަށެވެ.

ޚުތުބާގައި ބުނީ ފަރުދީ ސާފުތާހިރު ކަމަކީ ވެސް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެއް ކަމަށެވެ. އެގޮތުން ނިޔަފަތި ކެނޑުމާއި، ކިހިލި ފަށްދަށުން އިސްތަށި އުފުރުމާއި، މަތިމަސް ކުރު ކުރުން ފަދަ ކަންކަމަކީ ފަރުދީ ސާފުތާހިރުކަމުގެ ތެރޭގައިވާ ކަންކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ކުޑަކަމުދާ ހިނދު ގަޔަށް، ބުރައިގެންނުދާ ގޮތަށް ކުޑަކަމު ދިއުމާއި، ކުޑަކަމު ދިއުމަށްފަހު ތާހިރުވުމަށް ދީނުގައި އަމުރު ކޮށްފައިވާ ކަމަށެވެ. އަދި ކުޑަކަމު ދިއުމަށްފަހު ރަނގަޅަށް ތާހިރުނުވާ މީހުންނަށް ކަށްވަޅުގެ އަޒާބު ލިބޭނެކަން ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ހުރިހާ ހާލަތެއްގައި ވެސް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ އިސްލާމީ ސަގާފަތުގެ ތެރެއިންވާ ކަމެއް ކަމަށެވެ. އަދި މަގުމައްޗަށާއި، ހިޔާލިބޭ ގަސްގަހުގެ ދަށަށާއި، މީހުން ހިނގާ ބިނގާވެ އުޅޭ ތަންތަނަށް ކުޑަކަމު ދިއުމާއި، ގަޟާހާޖަތް ކުރުމާއި، ކުޅު ޖެހުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަންތައްތައް ކަމަށެވެ. ފެން ނުލިބޭ ހާލަތަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ ފެން ނުލިބިގެން ނުވަތަ އެހެން ސަބަބަކާއި ހުރެ ވިޔަސް ހިނައިގަތުމަށާއި، ވުޟޫ ކުރުމަށް ފެން ބޭނުންކުރުމަށް ނުކުޅެދިގެންވާ މީހުން ވެސް ނަމާދު ކުރުމާއި، ތަވާފުކުރުމަށް ތާހިރުވުމަށް ދީނުގައި އަންގަވާފައިވާ ކަމަށެވެ. އެއީ ތަޔައްމުމު ކުރުން ކަމަށާއި، މިކަމުން އިސްލާމް ދީނުގައި ސާފުތާހިރު ކަމަށް ދެއްވާފައިވާ މުހިންމުކަން ދޭހަވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމްދީނުގައި ސާފުތާހިރުކަމުގެ ދާއިރާ ވަރަށް ފުޅާ ކަމަށާއި، މަގުމަތި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ވެސް އަޅުކަމެއް ކަމަށެވެ. އަދި ވަރަށް ބޮޑު ޒީނަތެއް ކަމަށާއި، މަގުމަތީގެ ސާފުތާހިރުކަމަކީ އެތައް ބަލިތަކަކުން މުޖުތަމައު ރައްކާތެރި ކޮށްދޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އިމާންކަމުގެ ތެރެއިންވާ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް