Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަޒްޕިލިކުއެޓާ

11 އަހަރު ޗެލްސީގައި ހޭދަކުރުމަށްފަހު އަޒްޕިލިކުއޭޓާ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެ

7 ޖުލައި 2023 | ހުކުރު 02:30

އޭނާ ވަނީ ޗެލްސީ އާއެކު ލިބެން ހުރި ހުރިހާ ޝަރަފެއް ހޯދާފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 7 ޖުލައި 2023 | ހުކުރު 02:30
އަޒްޕިލިކުއޭޓާ ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލަނީ

އަޒްޕިލިކުއޭޓާ ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލަނީ

ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ އެ ކުލަބުގައި ކާމިޔާބު 11 އަހަރު ހޭދަކުރުމަށްފަހު، އެތުލެޓިކޯ މެޑްރިޑާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ސްޕެއިންގެ ޑިފެންޑަރު ޗެލްސީ އާއެކު ލިބެން ހުރި ހުރިހާ ޝަރަފެއް ހޯދިއިރު އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ދެ ތަށި އަދި ޗެމްޕިއަންސް ލީގު ހިމެނެއެވެ. އޭނާ އެތުލެޓިކޯއަށް ސޮއިކުރިއިރު، ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތެވެ.

ކުޑައިރުގެ ކުލަބު އޮސަސޫނާ އިން ކެރިއަރު ފެށި އަޒްޕިލިކުއޭޓާ ވަނީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހު ޗެލްސީއަށް 6.5 މިލިއަން ޕައުންޑުގެ ބަދަލެއް ފުރިހަމަ ކުރުމުގެ ކުރިން މާސޭގައި ދެ އަހަރު ހޭދަކޮށްފައެވެ.

އޭނާ ވަނީ ޗެލްސީއަށް 508 މެޗު ކުޅެދީ، 17 ލަނޑު ޖަހައިދީފައެވެ. އަދި 2019 ވަނަ އަހަރު ގެރީ ކޭހިލް ވަކިވުމާއެކު ޓީމުގެ ކެޕްޓަންކަން ލިބުނީ އަޒްޕިލިކުއެޓާއަށެވެ. އޭނާ އަކީ ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ލީގު ކަޕާއި ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އެންމެ ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އަދި އޭނާ ކަޕް ފައިނަލުގައި ކުޅުނު 13 މެޗަކީ ކްލަބް ރެކޯޑެކެވެ.

2022 ވަނަ އަހަރުގެ އޮގަސްޓް މަހު ޗެލްސީއާއެކު އައު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ބާސެލޯނާއިންވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތްކޮށްފައެވެ. އޭނާ ވެފައިވަނީ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން މި ހޫނު މޫސުމުގެ ތެރޭގައި ބާސެލޯނާ ދޫކޮށްލި އެންމެ ފަހުގެ ސީނިއާ ކުޅުންތެރިޔާއަށެވެ.

އައު ސީޒަނާ ދިމާކޮށް ޗެލްސީއިން ގިނަ ކުޅުންތެރިންތަކެއް ވަނީ ދޫކޮށްލާފައެވެ. އޭގެތެރޭގައި މޭސަން މައުންޓް، ކައި ހަވާޓްޒް، އެންގޯލޯ ކާންޓޭ، ކަލިދޫ ކުލިބާލީ، އެޑުއާޑް މެންޑީ އަދި މަޓެއޯ ކޮވަސިޗް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް