Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އަސެންސިއޯ އަދި މިލާން ސްކްރިނިއާ ޕީއެސްޖީއަށް ސޮއިކޮށްފި

7 ޖުލައި 2023 | ހުކުރު 02:25

އަސެންސިއޯގެ އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރު ދުވަސް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 7 ޖުލައި 2023 | ހުކުރު 02:25
މާކޯ އަސެންސިއޯ

މާކޯ އަސެންސިއޯ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން ރެއާލް މެޑްރިޑްގެ ތަރި މާކޯ އަސެންސިއޯ އަދި އިންޓަ މިލާންގެ ޑިފެންޑަރު މިލާން ސްކްރިނިއާ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސްޕެއިންގެ އަސެންސިއޯއާއެކު ޕީއެސްޖީން ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އާރުސީޑީ މަޔޯކާގެ ޒުވާން ޓީމުން ކެރިއަރު ފެށި އަސެންސިއޯ ރެއާލް މެޑްރިޑަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. ރެއާލް މެޑްރިޑާ ގުޅުމަށްފަހު އޭނާ ފުރަތަމަ ލޯނު އުސޫލުން ބަދަލުވީ އެސްޕެންޔޯލަށެވެ. ކެޓަލޯނިއާގެ ކުލަބަށް ކުޅުނު 37 މެޗުން އޭނާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

ރެއާލް މެޑްރިޑަށް ކުޅުނު ހަތް ސީޒަނުގައި އޭނާ ވަނީ ތިން ޗެމްޕިއަންސް ލީގު ހިމެނޭހެން ޖުމްލަ 16 ތަށި ކާމިޔާބުކޮށްފައެވެ. މީގެއިތުރުން 2016 ވަނަ އަހަރު އަސެންސިއޯ އަށް ވަނީ ސްޕެއިންގެ ގައުމީ ޓީމުންވެސް ޖާގަ ލިބިފައެވެ. އޭނާ ވަނީ ސްޕެއިން އާއެކު 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅެފައެވެ.

މީގެއިތުރުން ޕީއެސްޖީން ސްކްރިނިއާ ގެންދިޔައީ ހިލޭ ޓްރާންސްފަރ އެއްގައި ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ސްލޮވޭކިއާގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ އިންޓަ އަށް ފަސް އަހަރު ކުޅެފައިވާއިރު، އޭނާ ވަނީ އިންޓަ އާއެކު 2020-21 ވަނަ އަހަރުގެ ސީޒަންގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ޕީއެސްޖީން ސްކްރިނިއާގެ ސޮއި ހޯދީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ލިވަޕޫލުން ވެސް އެ ކުޅުންތެރިޔާއަށް ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނަމުން ދިޔަ ދަނޑިވަޅެއްގައެވެ.

ޕީއެސްޖީން މި ދެ ކުޅުންތެރިންގެ ސޮއި ހޯދީ، އައު ކޯޗު ލުއިސް އެންރީކޭ އާއެކު ސޮއިކުރިތާ އެއް ދުވަސް ފަހުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް