Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީސީބީގެ މަސައްކަތްތައް

މިހާރު ރާއްޖޭގެ އެސްއޯއީގެ ނެޓް ވޯރތު 178 ބިލިއަން ރުފިޔާއަށް އަރާ - ޕީސީބީ

6 ޖުލައި 2023 | ބުރާސްފަތި 17:58

ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް އަބަދުވެސް ޕީސީބީން ބާރުއަޅާކަމަށް އޭނާ ވަނީ ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖުލައި 2023 | ބުރާސްފަތި 17:58
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒް

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒް

މިހާރު ރާއްޖޭގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްސޯއީ) ސެކްޓަރގެ އެސެޓް ވެލޫ ނުވަތަ ނެޓްވޯރތު، 178 ބިލިއަން ރުފިޔާއަށް އަރާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސް، މުހައްމަދު ފިރާޒް ވިދާޅުވެއްޖެއެވެ.

އޭނާ އެފަަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެސްއޯއީގެ އެސެޓް ވެލޫގެ ޖުމްލަ އަދަދަކީ ރާއްޖޭގެ ބަޖެޓަށްވުރެ 4-5 ގުނަ އިތުރު އަދަދެއް ކަމަށެވެ. ކުރިއާ އަޅައިބަލާއިރު ކުންފުނިތަކުގެ ހިންގުން ރަނގަޅުކަމަށާއި، އެ ދާއިރާއިން ދަނީ ދުވަހަކަށްވުރެ ދުވަހެއް ބޮޑެތި ކުރިއެރުންތައް ލިބެމުން ކަމަށް އޭނާ ވިދާޅުވިއެވެ. ކުންފުނިތަކުގެ އާމްދަނީއާއި ކުންފުނިތަކުގެ އަހަރީ ރިޕޯޓްތަކަށް ބަލާލުމުން ކުންފުނިތަކަށް ކުރިއެރުން ލިބޭކަން އެނގިގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އެސެޓް ވެލޫ ނުވަތަ އެސެޓްގެ އަގު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމަށް ފިރާޒް ވިދާޅުވިއެވެ. ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް އަބަދުވެސް ޕީސީބީން ބާރުއަޅާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޕީސީބީން މަސައްކަތް ކުރަނީ މިނިވަން ކަމާއެކު ކަމަށާ އެއްވެސް ވެރިއެއްގެ އެއްވެސް ވަރެއްގެ ނުފޫޒެއް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޕީސީބީގެ ބޯޑާއި އެހެން މެމްބަރުންވެސް މަސައްކަތް ކުރަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށާއި، އެންމެންވެސް މަސައްކަތްކުރަނީ އެއް އަމާޒަކަށް ކަމަށް ފިރާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ބޯޑުގެ ކޮންމެ ބޭފުޅަކީވެސް އެ ބޭފުޅެއްގެ ދާއިރާގައި ފުންނާބު އުސް ގާބިލް ބޭފުޅުން ކަމަށެވެ. އެންމެން އެކުގައި މަަސައްކަތްކުރަނީ ކުޅަދާނަ ޓީމަކާއެކު ޕްރޮފެޝަނަލް ހަމަަތަކުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުންފުނިތަކުގެ ހިންގުން ރަނގަޅުކޮށް ހަރުދަނާކުރުމަކީ އެންމެންގެ އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނިތަކުގެ ކަންކަން ހިންގުން މޮނިޓަރކުރުމުގެ މާނައަކީ ނުވަތަ ބޭނުމަކީ އަދަބު ދިނުން ނޫންކަމަށާއި އެކަމުގެ މަގުސަދަކަށް ވެގެންދާން ވާނީ ކުންފުނިތައް ހަރުދަނާކަމާއެކު ހިންގުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކުންފުނިތަކާއެކު ޕީސީބީން މަސައްކަތްކުރަނީ ގާތުން މަސައްކަތްކޮށް، އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ގާއިމްކުރާކަން ޔަގީންކުރުމަށް ކަމަށް ފިރާޒް ވިދާޅުވިއެވެ. ފިރާޒް ވިދާޅުވީ ކުންފުނިތަކަށް މިއަދަށްވުރެ ރަނގަޅު ގޮތެއް ހޯދައިދިނުމަށް ޕީސީބީން އަބަދުވެސް މަސައްކަތްކުރާކަމަށެވެ.

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް