Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން

ހައުސިންގ މަޝްރޫއުތައް ކުރިއަށްގެންދަނީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭ ގޮތަށް: މިނިސްޓަރު އަސްލަމް

6 ޖުލައި 2023 | ބުރާސްފަތި 14:16

ހައުސިންގ މަޝްރޫއުތަކަށް ޑިމާންޑް އެބައޮތް

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖުލައި 2023 | ބުރާސްފަތި 14:16
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މި ސަރުކާރުން ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދަނީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭ ގޮތަށް ކަމަށް, މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

''ވަން ސެންޓްރަލް ޕާކް ރެޒިޑެންޝަލް ބިލްޑިންގ'' މަޝްރޫއު ނިންމައި، އެޕާޓްމެންޓްތައް ގަތް މީހުންނާ ތަޅުދަނޑި ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއަކީ 2010 ވަނަ އަހަރުގެ ތެރޭގައި ސޮއިކުރެވުނު މަޝްރޫއެއް ކަމަށާއި، މިމަޝްރޫއުގެ މަސައްކަތް ފެށުނީ މިސަރުކާރުގައި ކަމަށެވެ. އަދި މީގެ ދެއަހަރުގެ ކުރިން މި މަޝްރޫއުގެ ބިންގާއެޅި، އަމަލީ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ދެކޭ ގޮތުގައި މުޖުތަމައުއެއް ބިނާ ވެފައި އޮންނަނީ އެއްގިންތިއަކަށް އެއްވަރަކަށް އާމްދަނީ ލިބޭ ރައްޔިތުންގެ މައްޗަކަށް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. މިއީ އެކި ގިންތިތަކަށް ބެހިފައިވާ އާއްމު ރައްޔިތުން ދިރިއުޅޭ ގައުމަކަށްވާއިރު، ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ހައުސިން މަޝްރޫއުތަކަށް ޑިމާންޑް އޮތްކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ހުރިހާ ފަންތިތަކަށް ޚާއްސަކުރާ ކަމަށެވެ. އެގޮތުން ސޯޝަލް ހައުސިންގއިން ފެށިގެން އެންމެ މަތީ ފެންވަރަށް ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ވަކި ޕްލޭނެއްގެ ދަށުން ކަމަށާއި، މިސަރުކާރުގެ ޚާއްސަ ތަސައްވުރެއް އެބައޮތް ކަމަށެވެ. ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ބިމުގެ އިތުރުން ފްލެޓް ދޭނެކަމަށާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތަކުލީފުތަކަށް ލުއިތައް ގެނެސްދޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ރައްޔިތުންނަށް މިހާރު އޮތީ ދެޗޮއިސް: ޢަބަދުﷲ ކަމާލުއްދީން

01 އެޕްރީލު 2017
ރައްޔިތުންނަށް މިހާރު އޮތީ ދެޗޮއިސް: ޢަބަދުﷲ ކަމާލުއްދީން
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް