Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާގެ އެތެރޭގެ ހަމަޖެހުން

ރަޝިޔާގެ އެތެރޭގައި ހަމަޖެހުން އޮތްކަމުގެ ޔަގީންކަން ޕުޓިން ދެއްވައިފި

6 ޖުލައި 2023 | ބުރާސްފަތި 02:13

ރަޝިޔާގެ ރައްޔިތުން މިއިން ދުވަހަކު އެއްބައިނުވާ މިންވަރަށް އެއްބައިވެފައިވާކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޖުލައި 2023 | ބުރާސްފަތި 02:13
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އެސްސީއޯ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވަނީ

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އެސްސީއޯ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވަނީ

ރަޝިޔާގެ ކުލީ ސިފައިންގެ ގްރޫޕްކަމަށްވާ ވެގްނަރ ގްރޫޕުން ހިންގި އަސްކަރީ ނާކާމިޔާބު ހަރަކާތާއެކުވެސް ރަޝިޔާގެ އެތެރޭގައި ހަމަޖެހުން އޮތްކަމުގެ ޔަގީންކަން އެގައުމުގެ ރައީސް ވްލަޑްމިއަރ ޕުޓިން ދެއްވައިފިއެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ބައްދަލުވުމުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ އޭޝިޔާގެ ގައުމުތަކުގެ ވެރިންނަށް ރަޝިޔާގެ އެތެރޭގައި ހަމަޖެހުން އޮތްކަަމަށާއި ރަޝިޔާގެ ރައްޔިތުން މިއިން ދުވަހަކު އެއްބައިނުވާ މިންވަރަށް އެއްބައިވެފައިކަމަށް ވިދާޅުވެފައެވެ.

ޔޫރޭސިއަންގެ ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި އިންޑިޔާ ހިމެނޭއިރު މި ގްރޫޕުން އެންމެ ބޮޑަށް އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ބައިނަލްއަގްވާމީ ސަލާމަތާއި، ދިފާއީ ކަންކަމާއި އިގްތިޞާދީ އަދި ސިޔާސީ ކަންކަން ހިމެނެއެވެ.

ޕުޓިން ވިދާޅުވީ އަސްކަރިއްޔާ އާ ދެކޮޅަށް ބަޔަކު ހަތިޔާރާއެކު ތެދުވުމުން ރަޝިޔާގެ ސިޔާސީ ފަރާތްތަކާއި ރައްޔިތުން ވަނީ އެކުވެރިކަމާއި އެއްބައިވަންތަކަން ކުރިއަށްނެރިފައި ކަމަށެވެ. ޕުޓިން ވަނީ ރަޝިޔާގެ ގާނޫނީ ވެރިކަން ދަމަހައްޓާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޕުޓިން ކުރެއްވި މަސައްކަތްޕުޅަށް އެސްސީއޯގެ މެންބަރު ގައުމުތަކުން ތާއީދުކުރިކަމަށްޓަކައި އެގައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޕުޓިން އިތުރަށް ވިދާޅުވީ ހުޅަނގުގެ ޕްރެޝަރާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް ރަޝިޔާ ތެދުވާނެކަމަށެވެ. އަދި އެސްސީއޯގެ މެންބަރު ގައުމުތަކާއެކު އިގްތިޞާދީ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2018

ސައުދީ، އެމެރިކާ އަދި އިޒްރޭލުން ދަނީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރަމުން: އިރާން

08 ޖެނުއަރީ 2018
ސައުދީ، އެމެރިކާ އަދި އިޒްރޭލުން ދަނީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރަމުން: އިރާން
22 ނޮވެމްބަރު 2017

ޒިމްބާބްވޭ އަލުން ކޮމަންވެލްތާ ގުޅުމަށް ތާއިދު އޮތްކަމުގެ އިޝާރާތެއް އިނގިރޭސި ވިލާތުން ދީފި

22 ނޮވެމްބަރު 2017
ޒިމްބާބްވޭ އަލުން ކޮމަންވެލްތާ ގުޅުމަށް ތާއިދު އޮތްކަމުގެ އިޝާރާތެއް އިނގިރޭސި ވިލާތުން ދީފި
05 ނޮވެމްބަރު 2017

ސާދް ހަރީރީގެ އިސްތިއުފާ އަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމުގެ ރޭވުމެއް: އީރާން

05 ނޮވެމްބަރު 2017
ސާދް ހަރީރީގެ އިސްތިއުފާ އަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމުގެ ރޭވުމެއް: އީރާން
02 ސެޕްޓެމްބަރު 2017

އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކަނޑުގެ ގައުމުތަކުން: އިންޑިއާގެ ޚާރިޖީ ވަޒީރު

02 ސެޕްޓެމްބަރު 2017
އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކަނޑުގެ ގައުމުތަކުން: އިންޑިއާގެ ޚާރިޖީ ވަޒީރު
23 އޯގަސްޓު 2017

ސުދާން އަށް ކަނޑައަޅާފައިވާ ރަޝިޔާގެ އެމްބެސެޑަރ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

23 އޯގަސްޓު 2017
ސުދާން އަށް ކަނޑައަޅާފައިވާ ރަޝިޔާގެ އެމްބެސެޑަރ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް