Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ

"ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާ ބާއްވާ، ނަމާއި ކުލަ އާއި ލޯގޯ ފާސްކޮށްފި

6 ޖުލައި 2023 | ބުރާސްފަތި 00:30

ޑިމޮކްރެޓުންގެ ލޯގޯގެ ގޮތުގައި ފާސްކުރީ 'އެސްޓްރިކް'

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޖުލައި 2023 | ބުރާސްފަތި 00:30
"ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

"ޑިމޮކްރެޓްސް" އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވާ ޕާޓީގެ ނަމާއި ކުލަ އާއި ލޯގޯ ފާސްކޮށްފިއެވެ.

މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާއެކެވެ. ޕާޓީ އުފައްދަން ބާއްވާ ޖަލްސާގައި 300 މެމްބަރުން ތިބެންޖެހޭއިރު ގިޔާސުއްދީން ސްކޫލްގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި 400ށް ވުރެ ގިނަ މީހުން ބައިވެރިވިކަމަށް އެޕާޓީން ބުނެއެވެ.

ޖަލްސާގައި އެޕާޓީގެ ފުރިހަމަ ނަން 'ދަ ޑިމޮކްރެެޓްސް'ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި 'ޑިމޮކްރެޓްސް' ކިޔުމަށް ފާސްކުރިއެވެ.

ޑިމޮކްރެޓުންގެ ލޯގޯގެ ގޮތުގައި ފާސްކުރީ 'އެސްޓްރިކް' އެކެވެ. ޕާޓީގެ މުއައްސިސް ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކަ އެވެ.

ޑިމޮކްރެެޓުންގެ ކުލަތަކުގެ ގޮތުގައި ތިން ކުލައެއް ފާސްކުރިއެވެ. އެއީ މަޑު ނޫ (ބޭބީ ބްލޫ) އާއި ހުދު އަދި ކަޅުކުލަ އެވެ. މީގެއިތުރުން، ޕާޓީ ހިންގާނެ ފަރާތްތައް ފާސްކޮށްފައިވާއިރު، ޑިމޮކްރެޓުންގެ ވަގުތީ ޗެއާޕާސަނަކަށް އިންތިހާބުކޮށްފައިވަނީ ހަސަން ލަތީފެވެ.

ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ޝަރަފްވެރި މެހެމާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު އަދި ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފައި ނުވިނަމަވެސް ނަޝީދާއި ގާތް ހުރިހާ ބޭފުޅުން ވަނީ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަންނަވާފައެވެ. އެމްޑީޕީގެ ތެރެއިން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއި ޚިޔާލުތަފާތުވި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތްކުރަމުން އަންނައިރު އެޕާޓީން ބުނެފައިވަނީ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެންޑިޑޭޓެއް ވާދަކުރާނެކަމަށެވެ.

ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އާއި އެމްއާރުއެމްގެ ނައިބު ރައީސް ނާދިރާ ހަސަން އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާޒު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް